Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޒިމްބާބްވޭ

ޖުލައިގެ ކުރިން ޒިމްބާބްވޭގައި އިންތިޚާބު އޮންނާނެ: ނަންގަގްވާ

ނަންގަގްވާ މިކަން ހާމަކުރައްވާފައިވަނީ ވޯލްޑް އިކޮނޮމިކް ފޯރަމްއަށް ވަޑައިގަން ސްވިޓްޒަލޭންޑްގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 25 ޖެނުއަރީ 2018 | ބުރާސްފަތި 04:26
ޒިމްބާބްވޭގެ ރައީސް އެމަރސަން ނަންގަގްވާ

ޒިމްބާބްވޭގެ ރައީސް އެމަރސަން ނަންގަގްވާ

އަންނަ ޖުލައި މަހުގެ ކުރިން ޒިމްބާބްވޭގައި 'ދެފުށް ފެންނަ' އިންތިޚާބެއް ބާއްވާނެ ކަމަށް އެޤައުމުގެ ރައީސް އެމަރސަން ނަންގަގްވާ ވިދާޅުވެއްޖެއެވެ.

ޒިމްބާބްވޭ އިން މިކަން ހާމަކުރައްވާފައިވަނީ ސްވިޓްޒަލޭންޑްގެ ޑާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައެވެ.

ނަންގަގްވާ ވިދާޅުވީ އަންނަ މަހު އިންތިޚާބު ބޭއްވޭނެ ތާރީޚު އިޢުލާން ކުރެވޭނެ ކަމަށާއި، ޖުލައި އަށް ވުރެ ކުރިން އިންތިޚާބު އޮންނާނެ ކަމަށެވެ. ޢުމުރުފުޅުން 75 އަހަރުގެ ނަންގަގްވާ ދުނިޔޭގެ ވެރިންނާއި ވިޔަފާރިވެރިންނަށް ވިދާޅުވީ "ޒިމްބާބްވޭ އޮތީ ވިޔަފާރިއަށް ހުޅުވާލެވިފައި"ކަމަށެވެ.

"އަހަރެމެން ބޭނުންވަނީ މިނިވަން، އިންސާފުވެރި، ނަތީޖާ ޤަބޫލުކުރެވޭ އަދި ހަމަނުޖެހުމުން އެއްކިބާ ވެފައިވާ އިންތިޚާބެއް ބޭއްވުމަށް،" ނަންގަގްވާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބު އޮބްޒާވްކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

"ޔޫރަޕިއަން ޔޫނިއަން ވެސް އިންތިޚާބު އޮބްޒާރވްކުރުމަށް އަންނަންވީ. އެމީހުންނަށް މަރުހަބާ ކިޔާނަން. އަހަރެމެން އިންތިޚާބުން ބަލިވެއްޖެއްޔާ ދެން އެބަލިވީ. ވެރިކަމުގެ ބާރުތަކާއި ހަވާލުވާނީ އިންތިޚާބު ކާމިޔާބުކުރާ ބައެއް."

ނަންގަގްވާ ޒިމްބާބްވޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތީ 37 އަހަރުވަންދެން އެޤައުމުގައި ވެރިކަންކުރެއްވި ރޮބަރޓް މުގާބޭ އުމުރުފުޅުން 93 އަހަރުގައި މަޖުބޫރީ ހާލަތުގައި މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ނަންނަގްވާ ދިގު މުއްދަތެއްވަންދެން މުގާބޭގެ ނައިބެއްގެ މަޤާމުގައި ހުންނެވިއެވެ. އެހެން ނަމަވެސް ވެރިކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން މުގާބޭ ވަނީ ނަންގަގްވާ މަޤާމުން ދުރުކުރައްވާފައެވެ. އަދި އެހިސާބުން އަސްކަރިއްޔާއިން އެމައްސަލައިގެ ތެރެއަށް ވަދެ، މުގާބޭއަށް މަޤާމުން އިސްތިއުފާދެއްވުމަށް މަޖުބޫރު ކުރުވިއެވެ.

މި އިންތިޚާބަކީ ނަންގަގްވާ މަޤާމުގައި ހުންނަވާ ހުންނެވުން ޤާނޫނުގެ އިމަށް ފައްތަން ލިބިވަޑައިގަންނަވާ ފުރުސަތެކެވެ.

ސްވިޓްޒަލޭންޑްގައި ހުންނަވައިގެން ނަންގަގްވާ ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތުކުރެވުނު މުގާބޭގެ ސަރުކާރުގެ އެއްވެސް ބޭފުޅަކަށް ސިޔާސީ ހިމާޔަތް ނުދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް މަޤާމުން އިސްތިއުފާ ދެއްވުމުގެ ބަދަލުގައި މުގާބޭއަށް ރައްކާތެރިކަމާއި އެހެނިގެން ޢިނާޔަތްތައް ދެއްވި ކަމަށް އެއްބަސްވެވަޑައިގަތެވެ.

އިތުރަށް ކިޔާލަން

08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު