Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާ މަޝްރޫއު

ހިޔާ މަޝްރޫއުގެ ބައެއް ކެޓަގަރީތަކުގެ ޝަރުތުތަކަށް ބަދަލު ގެނެސްފި

ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ހާއްސަ ފްލެޓްތަކުގެ ޝަރުތުތަކަށް ވަނީ ބަދަލު ގެނެސްފައި

ރާއްޖެ އެމްވީ | 28 މެއި 2018 | ހޯމަ 12:11
ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފޯމް ދޫކުރުން ދަރުބާރު ގޭގައި ކުރިއަށްދަނީ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފޯމް ދޫކުރުން ދަރުބާރު ގޭގައި ކުރިއަށްދަނީ

ސަރުކާރުން އިއުލާނުކޮށްފައިވާ ހިޔާ މަޝްރޫއުގެ ބައެއް ކެޓަގަރީތަކުގެ ޝަރުތުތަކަށް ސަރުކާރުން އަނެއްކާ ވެސް ބަދަލު ގެނެސްފިއެވެ.

މި މަހުގެ 6 ވަނަ ދުވަހު ފޯމް ދޫކުރަން ފެށި ފަހުން ހައުސިން މިނިސްޓްރީން މީގެ ކުރިން ވެސް ވަނީ ދެ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މައުލޫމާތަށް ބަދަލު ގެނެސްފައި ވަނީ އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނާއި 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ 2 ކެޓެގަރީއަށެވެ. އޭރު ގެނައި އިސްލާހުގައި ބުނެފައި ވަނީ ފޯމު ހުށަހަޅާ ތާރީހާ ހަމައަށް މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރި 30 އޭޕްރިލް 2018 އާ ހަމައަށް 41 އަހަރު ފުރިފައި ނުވުން ކަމަށެވެ. މީގެ ކުރިން މިދެ ކެޓަގަރީގައި ވެސް ބަޔާންކޮށްފައި ވަނީ 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު އަދި އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ ކެޓެގަރީގެ މައުލޫމާތު ކަރުދާހުގެ ޝަރުތުތަކުގެ ތެރެއިން ފޯމު ހުށަހަޅާ ތާރީހާއި ހަމައަށް މީލާދީ ގޮތުން އުމުރުން 18 އަހަރުފުރި 41 އަހަރު ފުރިފައިނުވުމެވެ.

Advertisement - newsAdvertisement

މިއަދު ގެނައި އިސްލާހުތަކުގައިވާ ގޮތުން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ އާއި ޓީޗަރުންނަށް ހާއްސަ ކެޓަގަރީގައި މީހަކާ ކައިވެނިކޮށްގެން އުޅެންޖެހޭ ކަމަށް ބުނާ ޝަރުތު ވަނީ އުނިކޮށްފައެވެ. މި ބަދަލާ ގުޅިގެން މި ދެ ކެޓެގަރީއަށް ފޯމު ހުށަހަޅާ ފަރާތްތަކަކީ ކައިވެނިކޮށްގެން އުޅޭ ފަރާތަކަށް ވުން ލާޒިމެއް ނޫނެވެ. އެހެން ނަމަވެސް، ފުލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް ތައްޔާރުކުރުމާއި ފުލެޓު ހަވާލުކުރުމުގައި މި ދެ ކެޓެގަރީގެ ދަށުން ފޯމު ހުށަހަޅާ ފަރާތްތައް ތަރުތީބުކުރުމުގައި ކައިވެނިކޮށް ޢާއިލާއަކާ އެކު ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވިގެންދާނެއެވެ. އަދި މި ދެ ކެޓަގަރީގައި ކުރިން ކައިވެނީގެ ސެޓްފިކެޓް ހުށަހަޅަންޖެހޭ ގޮތަށް އޮތް ނަމަވެސް މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން ހުށަހަޅާންޖެހެނީ ކައިވެނީގެ ސެޓްފިކެޓުގެ ކޮޕީ ނުވަތަ ވަރިވެފައިވާ ނަމަ ވަރީގެ ސެޓްފިކެޓުގެ ކޮޕީ އަދި އަނބި / ފިރިމީހާ ނިޔާވެފައިވާ ނަމަ ނިޔާވިކަމުގެ ލިޔުމެވެ.

ދެން އިސްލާހު ގެނެސްފައި ވަނީ 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އާއި 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓު އަދި އަލަތު ކައިވެނި ކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްޞަ ކެޓެގަރީ އަށެވެ. އެ ކެޓަގަރީތަކަށް ގެނައި އިސްލާހުގައި ވަނީ މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ފުލެޓަށް އެދޭމީހާ ނުވަތަ ފުލެޓަށް އެދޭމީހާގެ އަނބި/ފިރިމީހާ ވަޒީފާ އަދާކުރުން ނުވަތަ ފުލެޓަށް އެދޭ މީހާގެ އަނބި/ފިރިމީހާ ނުވަތަ، ދަރިން މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅެ، ފުލެޓަށް އެދޭމީހާ ކ. އަތޮޅު އެއްވެސް ރަށެއް ނުވަތަ ރިސޯޓެއްގައި ވަޒީފާ އަދާކުރުމެވެ. ކުރިން އޮންނަނީ މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ފުލެޓަށް އެދޭމީހާ ނުވަތަ ފުލެޓަށް އެދޭމީހާގެ އަނބި/ފިރިމީހާ ވަޒީފާ އަދާކުރަންޖެހޭނެ ކަމަށެވެ.

އަލަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ފުލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް ތައްޔާރުކުރުމާއި ފުލެޓު ހަވާލުކުރުމުގައި މި 3 ކެޓެގަރީގެ ދަށުން ފޯމު ހުށަހަޅުއްވާ ފަރާތްތައް ތަރުތީބުކުރުމުގައި މާލެ/ހުޅުމާލެ/ވިލިމާލޭގައި ޢާއިލާއާ އެކު ދިރިއުޅޭ އަދި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް އިސްކަންދެވިގެންދާނެ ކަމަށެވެ.

މި ތިން ކެޓަގަރީ އަށް ގެނައި އަނެއް އިސްލާހުގައި ވަނީ ފުލެޓަށް އެދޭމީހާ ނުވަތަ އަނބިމީހާ/ފިރިމީހާ (ފުލެޓަށް އެދޭމީހާ ވަޒީފާ އަދާ ނުކުރާ ނަމަ) އަދާކުރި/އަދާކުރަމުންދާ ވަޒީފާ އަދާކުރާ ތަން، މަޤާމް، މުސާރަ އަދި މުއްދަތު ސާފުވާ ލިޔުމެއް (އޮފީހެއް ނުވަތަ ކުންފުންޏެއް ނުވަތަ އަމިއްލަ ފަރާތެއްގެ ދަށުގައި މަސައްތަކް ކުރާ ފަރާތެއްނަމަ އެފަރާތަކުން ދެވޭ ލިޔުމެއް. އަމިއްލަ މަސައްކަތް ކުރާ ފަރާތެއްނަމަ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް، މުސާރަ އަދި މުއްދަތު ސާފުވާ ގޮތަށް ފޯމު ހުށަހަޅާ ފަރާތުގެ ނަމުގައި ސިޓީއެއް) ހުށަހަޅަންޖެހޭނެ ކަމަށެވެ. ކުރިން އޮންނީ (ވަޒީފާ އަދާކުރި އަދި މިހާރު އަދާކުރަމުންދާ ތަން، މަޤާމް، މުސާރަ އަދި މުއްދަތު ސާފުވާ ލިޔުމެއް) ހުށަހަޅަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީ އާއި 18 އާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓެގަރީގެ ދަށުން ދޫކުރާ 1 ކޮޓަރި ފުލެޓްގެ ކެޓަގަރީތަކަށް ވަނީ އިސްލާހެއް ގެނެސްފައެވެ. އެ ގޮތުން މި ދެ ކެޓަގަރީގެ މަޢުލޫމާތު ކަރުދާހުގެ ޕޮއިންޓް ދިނުމަށް ބެލޭ މިންގަނޑުގެ ސުމާރު ނަންބަރު 1 (ފުލެޓަށް އެދޭމީހާ އަދާކުރި/އަދާކުރަމުންދާ ވަޒީފާގެ މުއްދަތު) އަށް ވަނީ އިސްލާހު ގެނެސްފައެވެ. ގެނައި އިސްލާހުގައި ބުނެފައި ވަނީ ފުލެޓަށް އެދޭމީހާ ނުވަތަ އަނބިމީހާ/ފިރިމީހާ (ފުލެޓަށް އެދޭމީހާ ވަޒީފާ އަދާ ނުކުރާ ނަމަ) އަދާކުރި/އަދާކުރަމުންދާ ވަޒީފާގެ މުއްދަތަށް ބެލޭނެ ކަމަށެވެ.

"ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީއަކުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު 7000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ ތެރެއިން ސަރުކާރުގެ ބައެއް ކުންފުނިތަކަށް ހާއްސަ ކެޓަގަރީތަކުގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނާއި މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ހާއްސަ ކެޓަގަރީތަކަށް ވެސް ވަނީ ހުޅުވާލާއެވެ

މި މަޝްރޫއުގެ ތެރެއިން ޖުލައި 31 ގެ ނިޔަލަށް ފޯމު ދޫކުރުމަށް ހަމަޖެހިފައިވާ އިރު ފޯމު ބަލައިގަތުން ކުރިއަށްދާނީ ޖޫން 03 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި އެ މިނިސްޓްރީން ދަރުބާރު ގޭގައި ގާއިމުކޮށްފައިވާ ސެންޓަރުން އެކަނިވެސް މިހާތަނަށް 40،096 ފޯމްދޫކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ފޯމް ޑައުންލޯޑް ވެސް ކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު