Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޮންގ ކޮންގގެ މުޒާހަރާތައް

މުޒާހަރާތަކާއި ގުޅިގެން ބަންދުކުރި ހޮންގކޮންގގެ އެއަރޕޯޓު އަލުން ހުޅުވައިފި

ދެ ދުވަސް ވަންދެން އެއަރޕޯޓުގައި ދަތުރުވެރިން ތިބީ ތާށިވެފައި

އަމަން ހަލީމް
އަމަން ހަލީމް | 14 އޯގަސްޓު 2019 | ބުދަ 08:20
ހޮންގކޮންގގެ އެއަރޕޯޓުގައި ތާށިވެފައި ތިބި ދަތުރުވެރިން

ހޮންގކޮންގގެ އެއަރޕޯޓުގައި ތާށިވެފައި ތިބި ދަތުރުވެރިން

މިހާރު ހޮންގކޮންގގައި ކުރަމުންދާ ވަރުގަދަ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެން އަންގާރ ދުވަހުގެ ރޭ ހިނގި ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހު، ހޮންގ ކޮންގ އެއަރޕޯޓު އަލުން ހުޅުވައިފިއެވެ.

ފުލުހުންނާއި މުޒާހަރާކުރާ ފަރާތްތަކުން ވެސް އެއަރޕޯޓުގެ ޓަރމިނަލް ސަރަހައްދުން ގޮސްފައިވާ އިރު، އަންގާރަ ދުވަހު ހިނގި ކުރިމަތލުންތަކުގައި ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވެއެވެ. މިހާރު އެއަރޕޯޓުގައި މުޒާހަރާކުރި ފަރާތްތަކުގެ ތެރެއިން ތިބީ ވަރަށް މަދު ބައެއް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެއަރޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށާފައިވާ އިރު، މުޒާހަރާތަކާއި ގުޅިގެން އެއަރޕޯޓު ބަންދުކުރަން ޖެހުމުން ގިނަ އަދަދެއްގެ ބަޔަކަށް ނުފުރި އެތަނުގައި ތާށިވެފައި ތިބެން ޖެހުނެވެ. އަދިވެސް އެމީހުންނަށް ފުރޭނީ ކޮން އިރަކުކަން ޔަގީންނުވާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މުޒާހަރާގެ ގިނަ އަދަދެއްގެ ބައިވެރިން އެ ސަރަހައްދު ދޫކޮށްފައި ދިޔަ ނަމަވެސް، ހޮންގކޮންގގެ އެއަރޕޯޓު އޮތޯރިޓީން ވަނީ ޓަރމިނަލް ސަރަހައްދު ހުސްކުރުމަށް ބާރުގެ ބޭނުންކުރުމަށް، އެގައުމުގެ ކޯޓަކުން ވަގުތީ އަމުރެއް ވެސް ހޯދާފައެވެ. މި އަމުރާއި ގުޅިގެން އިތުރަށް މަޝްރަހު އިތުރަށް ގޯސްވެދާނެ ކަމަަށް ބައެއް ފަރާތްތަކުން ބުނަމުން ދާއިރު، އެ އޮތޯރިޓީން ބުނީ އެ އަމުރު ހޯދީ ގާނޫނާ ހިލާފަށް އެއަރޕޯޓުގެ މަސައްކަތްތަކަށް ހުރަަސް އަޅަމުންދާ ފަރާތްތައް ހުއްޓުވުމުގެ ގޮތުން ކަމަށެވެ. ފުލުހުން މިއަމުރު ތަންފީޒުކުރާނެ ކަމާއި މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

އަންގާރަ ދުވަހުގެ ރޭ ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން ވަނީ މުޒާހަރާ ކުރަމުން ދިޔަ ފަރާތްތައް އެސަރަހައްދުން ދުރުކުރުމަށް، ޕެޕަރ ސްޕްރޭ ބޭނުންކޮށް، ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން މުޒާހަރާ ކުރަމުންދިޔަ ފަރާތްތަކުގެ ގައިގައި މުގުރުން ތަޅާ ވީޑިއޯތަކާއި ފޮޓޯތައް އާންމުވެފައިވާ އިރު، ފުލުހަކު އަންހެނެއް ގައިގައި ފަހަތުން އައިސް މުގުރުން ޖެހުމުން، މުޒާހަރާ ކުރަމުން ދިޔަ ބަޔަކު ވަނީ އެ މުގުރުން ފުލުސް މީހާ ގައިގައި ތަޅާ އަންހެން މީހާ ސަލާމަތްކޮށްފައެވެ. ފުލުސް މީހާ ސަލާމަތްވީ ބަޑި އަތަށް ނަގައި އިންޒާރު ދިނުމުންނެވެ.

އެއަރޕޯޓުގެ ޓަރމިނަލް ސަރަހައްދުގައި ކުރަންފެށި މުޒާހަރާތަކާއި ގުޅިގެން، ދުނިޔޭގެ އެންމެ ބާރުބޮޑު އެއް އެއަރޕޯޓު ވަނީ ދެ ދުވަހެއް ވަންދެން މުޅިން އެއްކޮށް ހުއްޓުމަކަށް ގެނެސްފައެވެ.

ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ކުރަމުން އަންނަ މުޒާހަރާތަކުގައި މިލިއަނެއްހާ މީހުން އަންނަނީ މަގުތަކަށް ނިކުމެ ހުއްޓުމެއްނެތި ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. ޗައިނާގެ ސަރަހައްދެއްގެ ގޮތުގައި އޮންނަ ހޮންގކޮންގގެ މައްސަލައިގައި ޗައިނާއިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، އެގައުމުގެ އަސްކަރިއްޔާގެ ސިފައިން ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާވަމުން އަންނަ މަންޒަރު މީޑިއާތަކުން އަންނަނީ ދައްކަމުންނެވެ.

ހޮންގކޮންގގައި މުޒާހަރާކުރަން ފެށުނީ، އެގައުމުގެ ރައްޔިތުންގެ މައްޗަށް ޝަރީއަތް ހިންގުމަށް ޗައިނާއަށް އެކްސްޓްރެޑައިޓް ކުރެވޭ ގޮތަށް ގާނޫނަށް ގެންނަން އުޅުނު ބަދަލަކާއި ގުޅިގެންނެވެ. މުޒާހަރާކުރާ ފަރާތްތަކުން އަންނަނީ އެސަރަހައްދުގެ ވެރިޔަކަށް ހުންނަވާ ކެރީ ލޭމް އިސްތިއުފާ ދެއްވުމަށް ފަހު ރައްޔިތުންނަށް މިނިވަންކަން ދިނުމަށް ގޮވާލަމުންނެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި
05 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ
17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު