Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިއްދޫ ކައުންސިލް ރައީސް

ހއ. ފިއްލަދޫ ކޯޓުން ހާޝިމްގެ ބަންދަށް ފަސް ދުވަސް ޖަހައިފި

24 މެއި 2018 | ބުރާސްފަތި 11:35

ފުލުހުން ވަނީ ހާޝިމްގެ ބަންދަށް ފަސް ދުވަސް ޖެހިކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 މެއި 2018 | ބުރާސްފަތި 11:35
ހާޝިމްގެ ގެ ފުލުހުން ބަލާ ފާސްކުރަނީ

ހާޝިމްގެ ގެ ފުލުހުން ބަލާ ފާސްކުރަނީ

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ޙާޝިމްގެ ބަންދަށް ފިއްލަދޫ ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.

ފުލުހުން ވަނީ ހާޝިމްގެ ބަންދަށް ފަސް ދުވަސް ޖެހިކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފައެވެ.

Advertisement - newsAdvertisement

ފުލުހުން ހާޝިމް ހައްޔަރުކޮށްފައިވަނީ މެއި 22 ވަނަ ދުވަހުގެ މެންދަމު އޭނާ ދިރިއުޅުއްވާ ގެ، ހއ. ދިއްދޫ ބުރުނީވިލާ ބަލައި ފާސްކުރުމަށް ފަހުއެވެ. ހާޝިމް ދިރިއުޅުއްވާ ގެ ބަލާ ފާސްކުރުމަށް ފުލުހުން ގެންދިޔަ ކޯޓު އަމުރުގައިވަނީ ގެ ބަލާ ފާސްކުރަނީ ސައްހަ ނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވި ކައުންސިލް މެންބަރު ވިދާޅުވީ ސައްޙަ ނޫން ލިޔެކިޔުންތަކެއް ކަމަށް ފުލުހުން އެ ބުނާ ލިޔެކިޔުންތަކަކީ ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ނެރުނު އަމުރު ތަންފީޒް ނުކުރުމާ ގުޅިގެން ކައުންސިލުން ނެރެފައިވާ ނޫސްބަޔާން ކަމަށް ބެލެވޭ ކަމަށެވެ. އެ މައްސަލައިގައި ކައުންސިލަށް ފިޔަވަޅު އަޅާފައިވާއިރު ކައުންސިލްގެ އެހެން ބައެއް މެންބަރުންވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ޙާޝިމް ހައްޔަރުކޮށްފައި ވަނީ އޭނާގެ ވަތްގަނޑެއްގައި ބަހައްޓާފައި ހުރި އޭނާގެ 5000 ޑޮލަރު ފުލުހުންގެ އިހުމާލުން ގެއްލިފައިވާ ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ މެންބަރަކު ވިދާޅުވީ ދިއްދޫ ކައުންސިލްގެ އިދާރާ ފުލުހުން ވަދެ ޗެކް ކުރިއިރު ކައުންސިލްގެ ރައީސްގެ ކޮޓަރިކޮޅު ޗެކްކުރީ ރައީސްގެ ޣައިރު ހާޒިރުގައި ކަމަށާއި އޭރު ކައުންސިލް ރައީސްގެ ކަބަޑެއްގެ ވަތްގަނޑުގައި 5000 ޑޮލަރު ހުންނާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އެއީ ކައުންސިލްގެ ރައީސް އަމިއްލަ ކަމަކު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި އެ ދުވަހު ގެނެސް އޮފީހުގައި ބަހައްޓާފައި ހުރި އޭނާގެ އަމިއްލަ ފައިސާ ކަމަށް ކައުންސިލް މެމްބަރު ވިދޅާވިއެވެ.

އެފައިސާ ނެތްކަން އެނގިވަޑައިގަތީ އޮފީސް ޗެކްކުރުމަށްފަހު ކައުންސިލްގެ ރައީސާއި އެހެން މެންބަރުން ސަސްޕެންޑް ކުރުމަށްފަހު އެސަސްޕެންޝަންގެ މުއްދަތު ހަމަވުމުން އޮފީހަށް ނިކުންނެވުމުންނެވެ. އަދި ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވި ކައުންސިލް މެންބަރު ވިދާޅުވީ އެފައިސާ ނެތްކަން އެނގުމުން ދިއްދޫ ފުލުހުންނަށް ރަސްމީކޮށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް