Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ މަޖީދު އަވަހާރަވުން

ޑރ މަޖީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

24 މެއި 2018 | ބުރާސްފަތި 08:22

ދަފްތަރު ހުޅުވައިދެއްވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 24 މެއި 2018 | ބުރާސްފަތި 08:22
އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ދަފްތަރު ހުޅުވައިދެއްވައި ލިއުއްވަނީ

އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ދަފްތަރު ހުޅުވައިދެއްވައި ލިއުއްވަނީ

މިދިޔަ އަންގާރަ ދުވަހު އަވަހާރަވި ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ ހަނދާނުގައި އިސްލާމިކް މިނިސްޓްރީން ތައުޒިޔާގެ ދަފްތަރެއް ހުޅުވާލައިފިއެވެ.

ބުރާސްފަތި ދުވަހު 11 ޖެހިއިރު އިސްލާމިކް މިނިސްޓްރީގައި އެދަފްތަރު ހުޅުވުމުގެ ގޮތުން ދަފްތަރު ފޮތުގައި ލިއުއްވައި ދަފްތަރު ހުޅުވައިދެއްވީ ކުރީގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް އަދި މިހާރުގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމެވެ. އެއަށް ފަހު އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާޤިރު އެފޮތުގައި ލިއުއްވިއެވެ.

Advertisement - newsAdvertisement

އާދީއްތަ ދުވަހު ހެނދުނު 10:00 މެންދުރު 2:00 އަށް ހުޅުވާލުމަށް ހަމަޖެހިފައިވާ މި ދަފްތަރުގައި ދީނީ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންވަނީ މި ރަސްމިއްޔާތުގައި އެދަފްތަރުގައި ލިއުއްވާފައެވެ.

ދަފްތަރުގައި ލިޔުއްވުމަށް ފަހު އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާޤިރު ވިދާޅުވީ ގެއްލިގެން ދިޔައީ އިލްމީ ޚަޒާނާއެއް ކަމަށާއި ޑރ މަޖީދަކީ ވަރަށް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގައިވެސް ވަރަށްގިނަ ދީނީ އާކަންކަންކުރައްވަން ފެއްޓެވި ބޭފުޅެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"ޑރ އަބްދުލް މަޖީދު ޢަބްދުލް ބާރީއަކީ ވަރަސް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ދީނީ ވަރަށް ގިނަ ކަންކަން ކުރައްވަމުން ގެންދެވި ބޭފުޅެއް. ހަމައެކަނި ދިވެހިރާއްޖެއަކު ނޫން. ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކުގައިވެސް ވާހަކަ ދައްކަވާފައި ހުރި ވަރަށް އިލްމީ ބޭފުޅެއް. މިނިސްޓްރީގައިވެސް ވަރަށް ގިނަ އާކަންކަން ފައްޓަވާފައި ހުންނެވި ބޭފުޅެއް ޑރ މަޖީދަކީ" އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

ޑރ މަޖީދު ސްރީ ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް، ސްޓްރޯކެއް ޖެހިގެން ލަންކާ ހޮސްޕިޓަލްގައި މިމަހުގެ 18 ވަނަ ދުވަހު އެޑްމިޓްކޮށް ފަރުވާދެމުން ގެންދަވަނިކޮށް އަވަހާރަވެވަޑައިގަތީ މެއި 22 ވަނަ ދުވަހުއެވެ. .ފަސްދާނުވެޑުވީ ބުދަ ދުވަހު މެންދުރު ނަމާދަށް ފަހު ކޮޅުނބުގައެވެ.

ޑރ. މަޖީދަކީ މަދީނާ ޔުނިވާސިޓީން ޕީއެޗްޑީ ނެންގެވި ފުރަތަމަ، އަދި ހަމަ އެކަނި ދިވެހި އިލްމުވެރިޔާއެވެ. ޤުރުއާން ތަފްސީރުން ޕީއެޗްޑީ ޙާސިލް ކުރައްވައިގެން ހުންނެވި ޑރ މަޖީދުގެ ތީސީސް ބިނާކުރައްވާފައިވަނީ ރާއްޖޭގެ ޒަކާތުގެ ކަންކަން ހަރުދަނާކުރުމުގެ މައްޗަށެވެ. އަދާލަތު ޕާޓީގެ އެންމެ ފުރަތަމަ ރައީސަކީ ޑރ މަޖީދެވެ. އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފުރަތަމަ ރައީސަކީވެސް އެމަނިކުފާނެވެ. އަދި ރާއްޖޭގައި އުފެއްދި ފުރަތަމަ ފިގުހު އެކަޑަމީގެ ފުރަތަމަ ރައީސަކީ ވެސް ޑރ މަޖީދެވެ. މީގެ އިތުރުން ރާއްޖޭގައި އުފެއްދި ފުރަތަމަ އިސްލާމިކް ބޭންކު އުފެއްދުމުގައި އަމަލީ ގޮތުން އެމަނިކުފާނު މަސައްކަތް ކުރެއްވިއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން އެމްއެމްއޭގެ ޝަރީއާ ބޯޑުގެ މެންބަރުކަން ޑރ. މަޖީދު ކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި

04 އެޕްރީލު 2017
ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި
02 އެޕްރީލު 2017

ތިން ހަފްތާއަށް ފަހު ސްކޫލްތައް ހުޅުވައިފި

02 އެޕްރީލު 2017
ތިން ހަފްތާއަށް ފަހު ސްކޫލްތައް ހުޅުވައިފި
25 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި

25 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި
20 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި

20 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި
18 މާރިޗު 2017

ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

18 މާރިޗު 2017
ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް