Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަބުރު ފަންޑް

ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި

ނައިފަރުގައި "އަބުރު ފަންޑު" ފޮށި ބަހައްޓާފައިވަނީ ހޮނިހިރު ދުވަހު ހެނދުނު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 25 މާރިޗު 2017 | ހޮނިހިރު 12:37
ނައިފަރުގައި ބަހައްޓާފައި ހުރި އަބުރު ފަންޑު ފޮއްޓަށް އަލީ ނިޔާޒް ފައިސާ ހަދިޔާކުރައްވަނީ

ނައިފަރުގައި ބަހައްޓާފައި ހުރި އަބުރު ފަންޑު ފޮއްޓަށް އަލީ ނިޔާޒް ފައިސާ ހަދިޔާކުރައްވަނީ

ރާއްޖޭގެ އެކި މުއައްސަސާތަކުން ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުން ދާތީ އެ ފައިސާ ދެއްކުމަށްޓަކައި، "އަބުރު ފަންޑު"ގެ ނަމުގައި ފަށާފައިވާ ހަރަކާތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޅ. ނައިފަރުގައި ފަންޑު ފޮއްޓެއް ބަހައްޓައިފިއެވެ.

މި މާޗް މަހުގެ 10 ވަނަ ދުވަހުގެ މެންދުރު ފަހު ރާއްޖެޓީވީން މި ކެމްޕެއިން ލޯންޗްކޮށް، ރާއްޖެ ޓިވީގައި ފަންޑު ފޮއްޓެއް ބަހައްޓާފައިވާއިރު، ނައިފަރުގައި "އަބުރު ފަންޑު" ފޮށި ބަހައްޓާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު އެވެ. ނައިފަރުގައި ފަންޑުފޮށި ބެހެއްޓިއިރު އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕެއިން ޓީމުގެ ފަރާތުން އެރަށުގައި ހަރަކާތްތެރިވަމުންދާ އިސް ބޭފުޅުން ވެސް ވަނީ އަބުރު ފަންޑަށް އެހީދެއްވާފައެވެ.

Advertisement - newsAdvertisement

ޅ. ނައިފަރުގެ އިތުރުން ރ. މާކުރަތު، ބ. ތުޅާދޫ، ގއ. ދެއްވަދޫ، ހއ. ދިއްދޫ އަދި ޅ. ކުރެންދޫގައި ތިބި ރާއްޖެޓީވީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެ ރަށްރަށުގައި ވެސް "އަބުރު ފަންޑު" ހުޅުވާފައެވެ.

ރާއްޖެޓީވީގެ މެނޭޖްމެންޓުން މިފަދަ ފަންޑެއް ހުޅުވުމަށް ނިންމީ އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ 200،000ރ. އިން ޖޫރިނަމާކޮށް، އަދި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔަކު 50،000ރ. އިން ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަން ސާބިތުކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ވިސާމް، ކޮންމެ މީހަކު 28،800ރ. އިން ޖޫރިމަނާކޮށްފައި ވާތީއެވެ.

މީގެ އިތުރުން ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ޝަރީއަތަށް ފަހު އެނާ ވަނީ 3،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވި ގޮތުގައި ރާއްޖެޓީވީ ޖޫރިމަނާކޮށް، އަދި ނޫސްވެރިންނަށް އަދަބުދެމުން ދަނީ ރާއްޖެޓީވީ ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް އެހެން މުއައްސަސާތަކުން ވާގިވެރިވުމުގެ ގޮތުންނެވެ.

ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ޖޫރިމަނާކުރަމުންދާ އިރު، ރާއްޖޭޓީވީ އާއި އެ ސްޓޭޝަނުގެ ނޫސްވެރިންނަށް ކެނޑިނޭޅިދަނީ ބިރުދައްކާ އިންޒާރުދެމުންނެވެ. އަދި މި މައްސަލަތައް ވެސް ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށްގެންދާއިރު މައްސަލަތަކުގައި މާބޮޑު ކުރިއެރުންތަކެއް ހޯދާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު