Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ މަޖީދު އަވަހާރަވުން

ޑރ މަޖީދު ފަސްދާނު ވަޑުވައިފި

23 މެއި 2018 | ބުދަ 08:21

ފަސްދާނު ވެޑުވީ މެންދުރު ނަމާދަށް ފަހު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 23 މެއި 2018 | ބުދަ 08:21
ޑރ މަޖީދުގެ ހަށިކޮޅު ފަސްދާނު ވެޑުވުމަށް ގެންދަނީ

ޑރ މަޖީދުގެ ހަށިކޮޅު ފަސްދާނު ވެޑުވުމަށް ގެންދަނީ

ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ ހަށިކޮޅު ކޮލަންބޯ 4 ގެ ޖާވައްތަ މުސްލިމް ސަހަރާގައި ފަސްދާނު ވަޑުވައިފިއެވެ. އެމަނިކުފާނުގެ މައްޗަށް ކަށުނަމާދު ކުރުމާއި ފަސްދާނުވެޑުވުން އޮތީ މިއަދުގެ މެންދުރު ނަމާދަށް ފަހުއެވެ.

އެމަނިކުފާނުގެ މޫނުފުޅު ބައްލަވައި ޖަނާޒާގައި ބައިވެރިވަޑައިގަތުމަށް މިވަގުތު ކޮޅުނބުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަޑައިގެންފައެވެ. އަދި ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންވެސް ވަނީ މި ޖަނާޒާގައި ބައިވެރިވެފައެވެ.

Advertisement - newsAdvertisement

ކޮޅުނބުގައި އަވަހާރަވި ޑރ. މަޖީދުގެ މޫނުފުޅު ދެއްކުން އޮތީ މިއަދުގެ ހެނދުނު 10:00 ން ފެށިގެން މެންދުރު ވަގުތާ ހަމައަށެވެ.

ޑރ މަޖީދުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން މިރޭ ޢިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.

ޑރ. މަޖީދު އަވަހާރަވީ ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. ސްރީލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް، ސްޓްރޯކެއް ޖެހިވަޑައިގެން ހާލުކޮޅު ކުއްލި ގޮތަކަށް ސީރިއަސްވެ، ލަންކާ ހޮސްޕިޓަލުގައި ޑރ. މަޖީދަށް ފަރުވާ ދޭން ފެށީ މިދިޔަ ހުކުރު ދުވަހުއެވެ.

ޑރ. މަޖީދަކީ މަދީނާ ޔުނިވާސިޓީން ޕީއެޗްޑީ ނެންގެވި ފުރަތަމަ، އަދި ހަމަ އެކަނި ދިވެހި އިލްމުވެރިޔާއެވެ. ޤުރުއާން ތަފްސީރުން ޕީއެޗްޑީ ޙާސިލް ކުރައްވައިގެން ހުންނެވި ޑރ މަޖީދުގެ ތީސީސް ބިނާކުރައްވާފައިވަނީ ރާއްޖޭގެ ޒަކާތުގެ ކަންކަން ހަރުދަނާކުރުމުގެ މައްޗަށެވެ. އަދާލަތު ޕާޓީގެ އެންމެ ފުރަތަމަ ރައީސަކީ ޑރ މަޖީދެވެ. އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފުރަތަމަ ރައީސަކީވެސް އެމަނިކުފާނެވެ. އަދި ރާއްޖޭގައި އުފެއްދި ފުރަތަމަ ފިގުހު އެކަޑަމީގެ ފުރަތަމަ ރައީސަކީވެސް ޑރ މަޖީދެވެ. މީގެ އިތުރުން ރާއްޖޭގައި އުފެއްދި ފުރަތަމަ އިސްލާމިކް ބޭންކު އުފެއްދުމުގައި އަމަލީ ގޮތުން އެމަނިކުފާނު މަސައްކަތް ކުރެއްވިއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން އެމްއެމްއޭގެ ޝަރީއާ ބޯޑުގެ މެންބަރުކަން ޑރ. މަޖީދު ކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 އޯގަސްޓު 2017

އަނިޔާވެރިގޮތަށް ޝަރީއަތްތައް ނުކުރުމަށް ޑރ. މަޖީދު ގޮވާލައްވައިފި

25 އޯގަސްޓު 2017
އަނިޔާވެރިގޮތަށް ޝަރީއަތްތައް ނުކުރުމަށް ޑރ. މަޖީދު ގޮވާލައްވައިފި
30 ޖުލައި 2017

އަންހެނަކަށް ހަމައެކަނި ޤާޒީއަކަށް ވެވޭނީ މަދަނީ މައްސަލަތަކުގައި : ޑރ. މަޖީދު

30 ޖުލައި 2017
އަންހެނަކަށް ހަމައެކަނި ޤާޒީއަކަށް ވެވޭނީ މަދަނީ މައްސަލަތަކުގައި : ޑރ. މަޖީދު
17 ޖުލައި 2017

ޤާނޫން އަސާސީގެ ދިފާއުގައި ނުކުންނަންވީ ވަގުތު ޖެހިއްޖެ: ޑރ. މަޖީދު

17 ޖުލައި 2017
ޤާނޫން އަސާސީގެ ދިފާއުގައި ނުކުންނަންވީ ވަގުތު ޖެހިއްޖެ: ޑރ. މަޖީދު
14 ޖުލައި 2017

މި ސަރުކާރުން ހުކުރު ހުތުބާއިން ވެސް ވައްކަން ކުރޭ: ޑރ. މަޖީދު

14 ޖުލައި 2017
މި ސަރުކާރުން ހުކުރު ހުތުބާއިން ވެސް ވައްކަން ކުރޭ: ޑރ. މަޖީދު
13 ޖުލައި 2017

ސަރުކާރުން މަސައްކަތް ކުރަނީ ކޮރަޕްޝަންގެ ވާހަކަ ދައްކާ މީހުންގެ އަޑު ކަނޑުވާލަން:ޑރ. މަޖީދު

13 ޖުލައި 2017
ސަރުކާރުން މަސައްކަތް ކުރަނީ ކޮރަޕްޝަންގެ ވާހަކަ ދައްކާ މީހުންގެ އަޑު ކަނޑުވާލަން:ޑރ. މަޖީދު
04 ޖުލައި 2017

އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު

04 ޖުލައި 2017
 އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު
02 ޖޫން 2017

ފާރިސްގެ ބޮޑުދައިތާފުޅު ފަސްދާނު ލައްވައިފި

02 ޖޫން 2017
ފާރިސްގެ ބޮޑުދައިތާފުޅު ފަސްދާނު ލައްވައިފި
25 އެޕްރީލު 2017

މަރަށް މަރު ހިފަންވީ، އެކަމަކު އޭގެ ކުރިން އަދުލްއިންސާފު ގާއިމުވާންޖެހޭ: ޑރ. މަޖީދު

25 އެޕްރީލު 2017
މަރަށް މަރު ހިފަންވީ، އެކަމަކު އޭގެ ކުރިން އަދުލްއިންސާފު ގާއިމުވާންޖެހޭ: ޑރ. މަޖީދު
26 މާރިޗު 2017

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017
މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު
23 ފެބުރުއަރީ 2017

ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު

23 ފެބުރުއަރީ 2017
ޕީޕީއެމާއި ގުޅުނަސް ދުނިޔެއާއި އާޙިރަތުގެ މުސީބާތަކުން ސަލާމްކޮށެއް ނުދެވޭނެ: ޑރ މަޖީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް