Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ހަރަކާތް

މި ސަރުކާރުން ހުކުރު ހުތުބާއިން ވެސް ވައްކަން ކުރޭ: ޑރ. މަޖީދު

14 ޖުލައި 2017 | ހުކުރު 20:13

ހުކުރު ހުތުބާ ލިޔެފައި އޮންނަ މީހާގެ ނަން ހުންނަނީ ކަނޑާލާފަ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 14 ޖުލައި 2017 | ހުކުރު 20:13
ޑރ. މަޖީދު

ޑރ. މަޖީދު

މި ސަރުކާރުން ހުކުރު ހުތުބާއިންވެސް ވައްކަން ކުރާކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

ހދ. ހަނިމާދޫގައި އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ބާރީ ވިދާޅުވީ ހުކުރު ހުތުބާ ލިޔެފައިވާ މީހުންގެ ނަންތައް ކަނޑާލުމަށްފަހު އިސްލާމިކް މިނިސްޓްރީގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށެވެ. ބާރީ ސިފަ ކުރެއްވީ އެއީވެސް މި ސަރުކާރުން ކޮށްފައިވާ ވައްކަމެއްގެ ގޮތުގައެވެ. އަދި ހުރިހާ މުވައްސަސާއެއްގައިވެސް ކޮރަޕްޝަން އޮތް ކަމުގެ ވާހަކަތައް އިވެމުންދާ ކަމަށް ޑރ. ބާރީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން ޑރ. ބާރީ ވިދާޅުވީ ގައުމަށް މިއަދު ދިމާވެގެން އުޅޭ މައްސަލައަކީ ދިވެހި ދައުލަތް ހިންގުމާ ހަވާލުވެ ތިބި ބަޔަކު މައްސޫލިއްޔަތާއި މެދު ޚިޔާނާތްތެރިވުން ކަމަށެވެ. ސަރުކާރުގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރި މިނިވަން މުވައްސަސާތަކުގެ ބައެއް މެމްބަރުން މަގާމުން ވަކިކޮށްފައިވާއިރު ސިޔާސީ ބައެއް ފަރާތްތައް ޖަލަށް ލާފައިކަން ޑރ. ބާރީ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައސްގެ މަގާމުން އަބްދުﷲ މަސީހްގެ އިތުބާރު ވަކިކުރަން ޖެހެނީ ކަންކަން އިސްލާހް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ނުކުރެވޭތީ ކަމަށްވެސް ޑރ. ބާރީ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު މަސީހް މަގާމުން ދުރުކުރެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވުމަށް ކުރީ ކޮން ކަމެއްތޯ ސުވާލު ކުރާއިރު ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. މި މޭރުމުން ދެއްކެވި ވާހަކައިގައި ކާޑުގެ ސަބްސިޑީ ކަނޑާލުމާއި ކަރަންޓް ބިލްތައް އިންތިހާބަށް ބޮޑުވެގެން ދިއުމުގެ އިތުރުން ވަޒީފާތަކުގެ ބިރުވެރިކަން އިންތިހާ އަށް ބޮޑުކަމުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑރ. މަޖީދު ވިދާޅުވީ ކޯޓުންކުރާ ހުކުމަކުން މަޖިލީހުގެ މެމްބަރުކަން ގެއްލޭނެ އިތުރު ކަމެއް ކަނޑައަޅާނަމަ އެއީ ގާނޫނު އަސާސީއަށް އިތުރުކުރެވޭ އަކުރެއް ކަމަށާއި އެކަން ނުކުރެއްވޭނެ ކަމަށް ގާނޫނީ މާހިރުން ދެކިވަޑައިގަންނަވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް