Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރަށް މަރު ހިފުން

މަރަށް މަރު ހިފަންވީ، އެކަމަކު އޭގެ ކުރިން އަދުލްއިންސާފު ގާއިމުވާންޖެހޭ: ޑރ. މަޖީދު

25 އެޕްރީލު 2017 | އަންގާރަ 14:46

ފުރަތަމަ ކަމަކަށް ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓާލަންޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 25 އެޕްރީލު 2017 | އަންގާރަ 14:46
ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ

ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ

ގިޞާސް ހިފުމަކީ އިސްލާމީ ޝަރީއަތުގެ ހުކުމެއް ކަމަށާއި މަރަށް މަރު ހިފުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި ނަމަވެސް އޭގެ ކުރިން އަދުލްއިންސާފު ގާއިމު ކުރަންޖެހޭ ކަމަށް ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މަޖީދު ވިދާޅުވީ ޖިނާއީ ބޮޑެތި މައްސަލަތައް ހާއްސަކޮށް މަރުގެ މައްސަލަތަކުގައި މަރުގެ ހުކުމެއް މީހެއްގެ މައްޗަށް ކުރާއިރު އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާންޖެހޭ ކަމަށެވެ.

"އަޑަށް ބާރުލާފައި އަޅުގަނޑުމެން ގަތުލުގެ ހުކުމް ތައްފީޒު ކުރާނަމޭ ވިދާޅުވިނަމަވެސް، ގަތުލުގެ ހުކުމް ތަންފީޒު ކުރުމަކުން އަދުލްއިންސާފު ފުރިހަމައަށް ލިބެނީކީ ނޫން. ޑރ. އަފްރާޝީމް އަލީގެ ގާތިލަކީ ހުމާމު ކަމުގައި ފަހަރުގައި ވެދާނެ. އެހެންނަމަވެސް ހުމާމާއި އަފްރާޝީމާއި ދޭތެރޭ އޮތީ ކޮން އަދާވާތްތެރިކަމެއްތޯ. މަހުފޫޒު ސައީދުގެ ގަޔަށް ވަޅިޖެހި މީހާއާއި އޭނާއާ ދެމެދު އޮތީ ކޮން އަދާވާތްތެރިކަމެއްތޯ. އަލްހާން ފަހުމީގެ ގަޔަށް ވަޅިޖެހި މީހާއާއި އޭނާއާ ދެމެދު އޮތީ ކޮން އަދާވާތްތެރިކަމެއްތޯ. އެހެންވީމާ މި މީސްމީހުންގެ މައްޗަށް ހުކުމް ތަންފީޒު ކުރުމަކުން އަދުލްއިންސާފު ގައިމު ކުރެވެނީކީ ނޫން. ހުމާމު މަރާލުމުން ފަހަރުގައި އޭގަ އެކުލެވިގެންވާ އެތައްބައިވަރު ހެއްކެއް ފޮރުވިގެން އެ ދިޔައީކަމަށްވެސް ވެދާނެ. އެހެންވީމާ އަދުލްއިންސާފު ގާއިމު ކުރުމަށްޓަކައި ސަރުކާރުން ކުރަންވީކަމަކީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓާލުން،" މަޖީދު ވިދާޅުވި އެވެ.

މަޖީދު ވިދާޅުވީ ގިޞާސް ހުކުމް ތަންފީޒު ކުރެވެންޖެހޭނެ ކަމަށާއި ނަމަވެސް އޭގެކުރިން ކުރަންހުރި ކަންތައްތައް ކުރަންޖެހޭ ކަމަށެވެ.

"އަދުލްއިންސާފު ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން އެބަ ކުރަންޖެހޭ. އުމަރުގެފާނު ވިދާޅުވެފައިވޭ، އެއްވެސް ކަހަލަ ޝައްކެއް އޮވެގެން މީހެއްގެ މައްޗަށް ހައްދެއް ގާއިމު ކުރުމަށްވުރެ، ތިމަންނާގާތުގައި އެމީހާގެ މައްޗަށް މައާފު ދިނުމަށްފަހު ދޫކޮށްލުންވެސް މާހެޔޮވެގެންވޭ،" މަޖީދު ވިދާޅުވި އެވެ.

މީގެއިތުރުން މަޖީދު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށްފަހު، ޝަރުއީ ދާއިރާ ރަނގަޅު ކުރުމަށް މަސައްކަތް ކުރުން މުހިއްމު ކަމަށެވެ. އަދި ޝަރުއީ ދާއިރާ ހިނގަނީ އަދުލްވެރިކަމާއި އިންސާފްވެރިކަމާއެކު ކަމަށް ކަށަވަރުކުރުން މުހިއްމު ކަމަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް