ޅައިމަގުގައި ވަރަށް ބޮޑަށް ޑެންގީ ފެތުރެނީ
22 މެއި 2018 | އަންގާރަ 08:41150 ދަރިވަރުން ކިޔަވަމުން ދިޔަ ނަމަވެސް ރޯގާ ފެތުރެމުންދާތީ ގިނަ ދަރިވަރުން ސްކޫލަށް ނާދޭ


މަދިރި ނައްތާލުމަށް ރަށުތެރެ ފޮގްކުރަނީ: ފޮޓޯ ޅައިމަގު ކައުންސިލް
ށ. ޅައިމަގުގައި ޑެންގީ ހުމާއި ރޯގާ ފެތުރެމުންދާތީ ސްކޫލަށް ކިޔަވަންދާ ދަރިވަރުންގެ އަދަދު މަދުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން ޅައިމަގު މީހަކު ބުނީ ހުމާއި ރޯގާ ވަރަށް ބާރަށް އެރަށުގައި ފެތުރެމުން އަންނަ ކަމަށެވެ.
ޅައިމަގު ކައުންސިލުން ބުނީ އެރަށުގެ ސްކޫލުގައި 150 ދަރިވަރުން ކިޔަވަމުންދާ ކަމަށާއި، ރޯގާ ފެތުރެމުންދާތީ ގިނަ ދަރިވަރުން ސްކޫލަށް ނުފޮނުވާ ކަމަށެވެ. މިމައްސަލަ އެޑިޔުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަން ފާހަގަކުރައްވާ ކައުންސިލުން ބުނީ ސްކޫލުގެ ކިޔެވުން ބަންދު ކުރުމާއި ބެހޭ ގޮތުން އަދިވަކި އެއްޗެއް އަންގާފައި ނުވާ ކަމަށެވެ.
ޑެންގީ ހުމުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވާ ކައުންސިލުން ބުނީ މަދިރި ނައްތާލުމަށް ރަށުތެރެ ފޮގްކޮށްފައިވާ ކަމަށެވެ. ފެން ހެދޭ ޒާތުގެ އެއްޗެހި ނައްތާލައި، ރަށުގެ ތެރޭ ސާފުކޮށް އާންމުން ހޭލުންތެރިކުރާ ކަމަށް ކައުންސިލުން ބުނެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑެންގީ ހުމާއި ރޯގާ އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބާރަށް ފެތުރެމުންނެވެ.









