Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ޕްރައިމަރީ

ރައީސް ނަޝީދުގެ ކެނޑިޑެސީ އިލެކްޝަނުން ބަލައި ނުގަނެފިނަމަ ސުޕްރީމް ކޯޓަށް ހުށަހަޅަނަން: އަސްލަމް

ފުރަތަމަ އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުން ޝަރުތު ހަމަވޭތޯ ބަލާ: އަސްލަމް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 22 މެއި 2018 | އަންގާރަ 08:37
ޖަޒީރާ ރައީސްގެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަސްލަމް

ޖަޒީރާ ރައީސްގެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަސްލަމް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެސީން އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގެންފި ނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

"ޖަޒީރާ ރައީސް"ގެ ނަމުގައި ރައީސް ނަޝީދުގެ ކެމްޕެއިން ކުރިއަށް ގެންދާއިރު، އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ރައީސް ނަޝީދުއަށް ކުރިމަތި ނުލެއްވޭނެ ކަމަށް ބުނެފައި ނުވާކަމަށެވެ.

Advertisement - newsAdvertisement

"އިލެކްޝަންސް ކޮމިޝަނަށްވެސް އެންގުންތައް އެންގޭނީ ގާނޫނީ އިމުގެ ތެރެއިން. އެގޮތުން ދަންނަވާލަން އިންތިހާބުތަކާބެހޭ ގާނޫނުގައި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ވަރަށް ސާފުކޮށް އޮވޭ، އިންތިހާބުތަކަށް ކުރިމަތިލާފައިވާ މީހުންގެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމާއި ލިޔެކިޔުންތައް ރަނގަޅުތޯ ބެލުން. އެއީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ބަލަންޖެހޭ ބެލުންތައް، ދެން ދެން ކުރިމަތި ލާފައިވާ މީހެއް ޝަރުތު ފުރިހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިނަމަ، ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހެޅުމުގެ ފުރުސަތު ކުރިމަތިލި ފަރާތަށް ލިބިދޭ. ސުޕްރީމް ކޯޓުން އެމައްސަލައާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމު ވިދާޅުވީ ކެންޑިޑޭޓުންގެ ކަންތައްތައް ގާނޫނުތަކުގައި ސާފުކޮށް ބަޔާންކޮށްފައިވާ އިރު އޭގެ ބޭރުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ކެމްޕޭން ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށާއި "ޖަޒީރާ ރައީސް"ގެ ކެމްޕެއިން މުޅި ރާއްޖޭގައި ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށެވެ. ޕްރައިމަރީގެ ވޯޓްލާ ދުވަހުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޖަޒީރާ ރައީސްގެ ކެމްޕެއިން ޓީމްތައް ދާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 30 ގައި ބާއްވަން ނިންމާފައިވާއިރު، ކުރިމަތިލައްވާފއިވަނީ ރައީސް ނަޝީދު އެކަންޏެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގައި އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަށް އަންގާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު