Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނިޕަހް ވައިރަސް

ނުރައްކާތެރި ވައިރަސް ނިޕަހް އިންޑިޔާއިން ފެނި އެތައް ބަޔަކު މަރުވެއްޖެ!

ވައިރަސްއަށް މިހާތަނަށް ވެކްސިނެއް ހޯދިފައެއް ނުވޭ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 21 މެއި 2018 | ހޯމަ 18:54
ނިޕަހް ވައިރަސް ފެތުރޭ އެންމެ ބޮޑު ވަސީލަތަކީ ވާތައް

ނިޕަހް ވައިރަސް ފެތުރޭ އެންމެ ބޮޑު ވަސީލަތަކީ ވާތައް

ފަރުވާ ދޭނެ ވެކްސިނެއް މިހާތަނަށް ހޯދިފައި ނުވާ ނިޕަހް ވައިރަސް އިންޑިޔާއިން ފެނިފައިވާއިރު އެތައް ބަޔަކު އެ ބަލި ޖެހިގެން މަރުވެއްޖެއެވެ.

ދެކުނު އިންޑިއާގައި މިހާތަނަށް ނުވަ މީހަކު މަރުވެފާވާއިރު އޭގެ ތެރޭގައި ބައެއް މީހުން މަރުވެފައި ވަނީ ނިޕަހް ވައިރަސް ޖެހިގެން ކަމަށް ޔަގީންވާ ކަމަށާއި އަނެއްބައި މީހުން މަރުވެފައި ވަނީ އެ ބަލީގެ ސަބަބުން ކަމަށް ޝައްކު ކުރެވޭ ކަމަށް އެ ސަރަހައްދުގެ ސިއްހީ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ފާއިތުވި ސާދަ ދުވަސް ތެރޭގައި ތިން މީހުން މަރުވެފައި ވަނީ ވައިރަސް ނިޕަހް ޖެހިގެން ކަން މިހާރު ވަނީ ޔަގީން ވެފައެވެ. އިތުރު ހަ މީހެއްގެ ނަތީޖާ ހޯމަ ދުވަހު މެންދުރުފަހު ލިބޭނެއެވެ.

އިންޑިއާގެ ކޮޒިކޯޑް ސިޓީގައި ފަންސަވީސް މީހުން ގައިން ވައިރަހުގެ އަލާމާތްތައް ފެނިގެން ވަނީ އެޑްމިޓް ކޮށްފައެވެ.

ނިޕަހް އަކީ ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ފޯރާ ވައިރަސްއެކެވެ. މި ވައިރަސްއަށް އެއްވެސް ކަހަލަ ވެކްސިނެއް މިހާތަނަށް ހޯދިފައި ނުވާއިރު ނިޕަހް ޖެހޭ މީހުންގެ ތެރެއިން 70 އިންސައްތަ މީހުން މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާ ކުރާގޮތުން ދުނިޔެއަށް ފެތުރުމުގެ ފުރުސަތު އޮތް ދިހަ ބާވަތެއްގެ ބަލިމަޑުކަމުގެ ތެރެއިން މި ވައިރަސް އިންޖެހޭ ބަލި އުޅެނީ އެންމެ ކުރީގައެވެ.

މި ވައިރަސް ޖެހިގެން ބަލިވި މީހުންނަށް ފަރުވާ ދެމުން ދިޔަ ނަރުހަކަށް ބަލި ޖެހި އޭނާގެ ފުރާނަ ގެއްލުނު ކަމަށް ކެރަލާގެ ސިއްހަތާއި ބެހޭ ސެކްރެޓަރީ ތަޖީވް ސަނަދަންދާން ވިދާޅުވިއެވެ.

"އަހަރުމެން މިހާރު މި ބަލި ޖެހިފަވާ ކަމަށް ޝައްކު ކުރެވޭ އެންމެންގެ ގައިން ލެއާއި ހަށިގަނޑުގެ ފުލުއިޑްސް ވަނީ ޕޫންގައި ހުންނަ 'ނެޝަނަލް އިންސްޓިޓިއުޓް އޮފް ވާރޮލޮޖީ' އަށް ތަހްލީލު ކުރަން ފޮނުވާފަ. އެތަނުން ލިބުނު ނަތީޖާއިން ތިން މީހުން މަރުވެފައި ވަނީ މިބަލި ޖެހިގެން ކަން ޔަގީން ވެއްޖެ" ތަޖީވް ވިދާޅުވިއެވެ. "މި ބަލި ޖެހިއްޖި ނަމަ ޚާއްސަ ސަމާލުކަމެއް ކޮންމެ މީހަކަށްވެސް ވަކިން ދޭން ޖެހޭ އެހެންކަމުން އަހަރުމެން މިދަނީ މި ބަލި ފެތުރުން ހުއްޓުވޭތޯ ވަރަށް މަސައްކަތް ކުރަމުން"

މި ބަލި ފެތުރެނީ މައިގަނޑު ގޮތެއަގައި ވާލުގެ ޒަރީއާ އިންނެވެ.

ނިޕަހް ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރު އޫރުގެ ހަށިގަނޑުންނެވެ. އެ ފަހަރު އޫރާ ކައިރިން މަސައްކަތް ކުރި މެލޭޝިއާއި ސިންގަޕޫރުގެ މީހުންގެ ގަޔަށް ވަނީ މި ބަލި އަރާފައެވެ. ގާތްގަނޑަކަށް އެފަހަރު 300 މީހުން ބަލީގެ ޝިކާރައަކަށް ވީއިރު 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ނިޕަހް ވައިރަސް އިން ސަލާމަތްވުމަށް ބަލި ޖެހިފައިވާ ޖަނަވާރާ ދުރުހެލި ވެގެން އުޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނަސޭހަތް ތެރިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ

07 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ

02 ޖޫން 2017
އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

29 މެއި 2017
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު