Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

އިދިކޮޅު އެއްވެސް ލީޑަރަކަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް އިލެކްޝަންސްއިން އަންގައިފި: ރައީސް ނަޝީދު

20 މެއި 2018 | އާދީއްތަ 15:23

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވީ ރައީސް ނަޝީދު އެކަނި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 20 މެއި 2018 | އާދީއްތަ 15:23
ޕްރައިމަރީގައި ވާދަކުރުމަށް ރައީސް ނަޝީދު ފޯމު ފުރުއްވަނީ

ޕްރައިމަރީގައި ވާދަކުރުމަށް ރައީސް ނަޝީދު ފޯމު ފުރުއްވަނީ

އިދިކޮޅު އެއްވެސް ލީޑަރަކަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް ރައީސް ޔާމީން ހޮއްވަވާފައި ތިއްބެވި މެމްބަރުން ހިމެނިވަޑައިގަންނަވާ އިލެކްޝަންސް ކޮމިޝަނުން ނިންމައިފިކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު 4 ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އަދި ރިޔާސީ އިންތިޚާބުގައި ފާޅުގައި ކެމްޕޭން ކުރައްވަމުން ގެންދަވާ ހަމައެކަނި ލީޑަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އާދިއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތު މިހެން ވިދާޅުވެފައިވަނީ، ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ހަމަވެފައިވާ މީހަކަށް ވާންޖެހޭ ކަމަށާއި މިކަންކަމަށް ސިޔާސީ ޕާޓީތަކުން ސަމާލުވާންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން އާދިއްތަ ދުވަހު ބުނުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު އެ އިންތިހާބުގައި އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރާނަމަ އެ މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރާނެ އެވެ. އަދި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕާޓީ ތަމްސީލު ކުރާނެ ކެންޑިޑޭޓެއް ހޮވުމަށްޓަކާއި ޕާޓީއަކުން ޕްރައިމަރީއެއް ބާއްވާނަމަ ނުވަތަ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ނިންމާނަމަ އެކަން އެ ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަންސްގެ ނިންމުމާއި ގުޅޭ ގޮތުން އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބުނާ ކޮންމެ އެއްޗެއް ޤާނޫނަކަށް ނުވާނެކަމަށާއި، އެޕާޓީއިން އަމަލުކުރަނީ ޤާނޫން އަސާސީއާއި، ޤާނޫނުތަކާއި އަދި އެޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތަށް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަނީ އެމްޑީޕީގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށްކަމަށާއި، އެކަން ކުށްވެރިކުރައްވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ރާއްޖެ ޓީވީގެ 60 މިނެޓް ޕްރޮގްރާމްގައި އާދިއްތަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ޤާނޫން އަސާސީގައި ބުނާ ގޮތުން ކެންޑިޑޭޓެއްގެ ކެެންޑިޑެސީ މައްސަލައިގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންކަމަށެވެ. އަދި އެކޯޓުގެ ފުލް ބެންޗުން 1 ފެބްރުއަރީގައި ނެރުނު އަމުރުގައި ރައީސް ނަޝީދު މިނިވަންކުރުމަށް އަމުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިދިކޮޅު އެއްވެސް ލީޑަރަކަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބެލެވޭ ގޮތުގައި އިދިކޮޅު ހަތަރު ލީޑަރުންނަކީވެސް މިވަގުތު ޤާނޫން އަސާސީއަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުންނާއި ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނެވުނު ބަދަލެއްގެ ސަބަބުން އިންތިޚާބުގައި ވާދަކުރުމުގެ ޤާނޫނީ ޝަރުތު ފުރިހަމަ ނުވާ ބޭފުޅުންނަށްވާތީއެވެ. އިދިކޮޅު ހަތަރު ލީޑަރުންނަކީ ރައީސް ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ އިތުރުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމެވެ.

މީގެ ތެރެއިން ރައީސް ނަޝީދާއި ޝައިޚް އިމްރާންއަށް ޖަލު ހުކުމެއް އިއްވާފައިވާތީ އެބޭފުޅުންނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެކަމަސް ސަރުކާރުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ވަނީ އެ 2 ބޭފުޅުން މިނިވަންކުރުމަށް އަމުރުކޮށްފައެވެ. އެއަމުރަށް ސަރުކާރުން ކިޔަމަން ނުވެ، އަމުރު ތަންފީޒު ކުރަން އުޅުނު ފުލުހުން ޖަލަށް ލާފައިވާއިރު، އަމުރުގައި ސޮއެކުރެއްވި އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ވަނީ ޖަލަށް ލާފައެވެ.

ރައީސް މައުމޫނާއި ޤާސިމް އިބްރާހީމްގެ އުމުރުފުޅުން 65 އަހަރަށްވުރެ ދޮށިވުމުން ޤާނޫނު އަސާސީއަށް ގެނެވުނު ބަދަލުގެ ސަބަބުން އެބޭފުޅުންނަށް އިންތިޚާބަށް ކުރިމަތި ނުލެއްވޭނެއެވެ. ޤާސިމް އިބްރާހިމްގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވާއިރު، ރައީސް މައުމޫން ހުންނެވީ ރިޝްވަތާއި ޓެރަރިޒަމްގެ މައްސަލަތަކެއްގައި ބަންދުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާދިއްތަ ދުވަހު ޕްރައިމަރީތަކާއި ބެހޭ ގޮތުން ނޫސް ބަޔާނެއް ނެރެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވީ ހަމައެކަނި ރައީސް ނަޝީދުކަމަށް އެޕާޓީއިން ހާމަކުރުމުންނެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ ރެއެވެ.

ސަރުކާރުންނާއި އިލެކްޝަންސް ކޮމިޝަނުން ރައީސް ނަޝިދަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް ބުނިނަމަވެސް، ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެންމެ ފަހު ވަގުތު ދޭނެކަމަށެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ރޭވިފައިވާ ގޮތަށް އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުން އޮންނާނެކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް