Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރަމަޟާން 1439

ކަރާ ކިލޯ އެއް 25ރ. އަށް ދަށްވެއްޖެ

ރަމަޟާން މަސް ފެށުނު އިރު ކަރަލުގެ އަގު ހުރީ 35ރ. އަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 20 މެއި 2018 | އާދީއްތަ 12:46
ލޯކަލް މާރުކޭޓްގައި ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް

ލޯކަލް މާރުކޭޓްގައި ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް

މާރުކޭޓުގައި ކަރާގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފި އެވެ. ކަރާ ކިލޯއެއް މާރުކޭޓުން މިހާރު ލިބެން ހުރީ 25ރ. އަށެވެ.

ކަރާގެ އަގު ހެޔޮވެފައިވަނީ ކަރާ ލިބޭ މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ކަރާގެ އަގު ވަރަށް ބޮޑުތަން ހެޔޮވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

ރަމަޟާން މަސް ފެށުނު އިރު ކަރާ ކިލޯއެއް އުޅުނީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެހެން ނަމަވެސް ހަތަރު ދުވަހުގެ ތެރޭގައި ކަރާގެ އަގު ވަނީ 10 ރުފިޔާ ދަށަށް ޖެހިފަ އެވެ. މާރުކޭޓުގައި އެންމެ ގިނައިން ލިބެން ހުރީ އއ. ތޮއްޑޫ ކަރަލެވެ.

ބާޒާރުގައި ލިބެން ހުރި އެހެން ތަކެތީގެ އަގުތަކަށް ބަލާ އިރު ފަޅޯ ކިލޯއެއް އުޅެނީ 30ރ. އަށެވެ. ދޮންކެޔޮ އުޅެނީ އެއްވައް 04ރ. އަށް އަދި ތިން ވައް 10ރ. ގެ މަގުންނެވެ. ކަނޑޫދޫ މިރުސް އުޅެނީ 100 ގްރާމް 35ރ. އަށެވެ. ފޭރު ކިލޯއެއް އުޅެނީ ކިލޯއެއް 65ރ.އަށެވެ. ކެރެޓް ކިލޯއެއް 20ރ އަށް ލިބެން ހުރި އިރު ބޭރު އަނބު އުޅެނީ ކިލޯއެއް 65ރ. އަށެވެ. މާރުކޭޓުގައި އޮރެންޖު ލިބެން ހުރީ 02.50ރ އަށެވެ. ކާށި ލިބެން ހުރީ 04ރ. އާއި 10ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ރޯދަ މަހު އެންމެ ހޯދުމަށް އުނދަގުލީ ހިކަނދި ފަތާއި ކޮޕީ ފަތް ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2017

ދައުލަތުގެ ޚަޒާނާގެ ރިޒާވް އަނެއްކާ ވެސް ދަށްވެއްޖެ!

02 ނޮވެމްބަރު 2017
ދައުލަތުގެ ޚަޒާނާގެ ރިޒާވް އަނެއްކާ ވެސް ދަށްވެއްޖެ!
27 ސެޕްޓެމްބަރު 2017

ފަތުރުވެރިކަމުން ރާއްޖޭގެ އިޤްތިސާދަށް ވަންނަ ފާއިދާ ދަށްވެއްޖެ

27 ސެޕްޓެމްބަރު 2017
ފަތުރުވެރިކަމުން ރާއްޖޭގެ އިޤްތިސާދަށް ވަންނަ ފާއިދާ ދަށްވެއްޖެ
07 ސެޕްޓެމްބަރު 2017

ޓީ-ބިލާއި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު ދަށްވެއްޖެ

07 ސެޕްޓެމްބަރު 2017
ޓީ-ބިލާއި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު ދަށްވެއްޖެ
03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
24 ޖޫން 2017

ކަރާ ކިލޯއެއްގެ އަގު 80ރ. އަށް އަރައިފި

24 ޖޫން 2017
ކަރާ ކިލޯއެއްގެ އަގު 80ރ. އަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު