Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރަމަޟާން 1438

މާރުކޭޓުގައި މެލަން ތިޔާގި، ކަރާ ލިބެން ހުރީ ވަރަށް މަދުން!

މެލަން ކިލޯ އެއް އުޅެނީ 45ރ. އަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 21 ޖޫން 2017 | ބުދަ 06:25
ލޯކަލް މާރުކޭޓުގައި ބޮޑުކެކުރީގެ ވައްތަރުތައް ވިއްކަން ބަހައްޓާފައި

ލޯކަލް މާރުކޭޓުގައި ބޮޑުކެކުރީގެ ވައްތަރުތައް ވިއްކަން ބަހައްޓާފައި

މާރުކޭޓުގައި ގިނަ ވިޔަފާރިވެރިން އަންނަނީ ބޮޑުކެކުރީގެ ވައްތަރުތައް ބާވަތްތައް ވިއްކަމުންނެވެ. ބޮޑުކެކުރީގެ ވައްތަރުތައް އަގު މިހާރު މާރުކޭޓުގައި އުޅެނީ، ކިލޯއެއް 45ރ. އާއި 50ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. މާރުކޭޓުގައި މެލަން އެންމެ ގިނައިން ލިބެން ހުރީ، ތޮއްޑޫ އާއި ކެލާ އާއި ހޯރަފުށީންނެވެ. މެލަންގެ ޑިމާންޑް ބޮޑު ކަމަށާއި ދުވާލަކު ގާތްގަނޑަކަށް 20 ކިލޯ ވިއްކާލެވޭ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. ރަމަޟާން މަސް ފެށިގެން މިހާ ހިސާބަށް އައިއިރު މެލަންގެ އަގަށް މާބޮޑު ބަދަލުތަކެއް އައިސްފައި ނުވާ ކަމަށް މަސް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

ލޯކަލް މާރުކޭޓުގައި ކަރާ ވިއްކާ ފަރާތްތައް މަދުވެފައިވާ އިރު، ކަރާ ލިބުން ދަތިވެފައި ވަނީ، ތޮއްޑޫ އިން ކަރާ ލިބުން ދަތިވުމުގެ ސަބަބުން ކަމަށް ކަރާ ވިއްކާ ފަރާތްތަކުން ބުނެ އެވެ. ތޮއްޑޫއަކީ ކަރާ އެންމެ ގިނައިން އުފައްދާ ރަށެވެ. ކަރާ ކިލޯއެއް މާރުކޭޓުގައި ލިބެން ހުރީ، 45ރ. އާއި 50ރ އާ ދެމެދުގެ އަގުތަކެއްގަ އެވެ. ކަރާގެ އަގު އުފުލުނު ނަމަވެސް ކަރާގެ ޑިމާންޑަށް މާބޮޑު ބަދަލެއް ނާންނަ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.

Advertisement - businessAdvertisement

ލޯކަލް މާރުކޭޓުގައި ކަރާ ލިބުމަށް ދަތިވެފައި ވަނީ، ވިއްސާރަ ވުމުގެ ސަބަބުން، ތޮއްޑޫ ކަރާ ދަނޑުތައް ހަލާކުވެ، ތޮއްޑޫ ކަރާ ވެޔޮތަކަށް ބަލިޖެހި ކަރާތައް ހަލާކުވުމުގެ ސަަބަބުންނެވެ. ކަރާއަށް ޖެހޭ ބަލީގެ ސަބަބުން، ކަރާތައް އަވަހަށް އަލާކުވެގެންދެ އެވެ. ތޮއްޑޫގައި ކަރާ ހައްދާ 99 ދަނޑުވެރިންގެ ކަރާ ވެޔޮތަކަށް މި ބަލި ޖެހިފައިވާ ކަމަށް ތޮއްޑޫ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ކަރާގެ އަގުތައް ރަމަޟާން މަސް ފެށުނު އިރު ހުރީ 18ރ. އާއި 20ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ކަރާގެ އަގު 15ރ. އަށް ވެސް ދަށަށް ދިޔަ އެވެ. އެހެން ނަމަވެސް ކަރާގެ އަގު އަނެއްކާ ވެސް ވަނީ އުފުލިފަ އެވެ.

މާރުކޭޓުގައި ފަތުގެ ބާވަތްތަކަކީ ވެސް، ވަރަށް ގިނަ ފަރާތްތަކުން ގަންނަ ބާވަތްތަކެކެވެ. އެގޮތުން ލެޓިއުސްގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

މާރުކޭޓުގައި ލެޓިއުސް ކިލޯއެއްގެ އަގު އުޅެނީ، 80ރ. އަށެވެ. މީގެ ކުރިން މާރުކޭޓުގައި ލެޓިއުސް ކިލޯއެއްގެ އަގު އުޅުނީ 150ރ. އަށެވެ. ކުއްޅަފިލާ ފަތް ބޮޑި އެއް 10ރ. އަށް ހުރި އިރު ކޮޕީ ފަތް އުޅެނީ ތިން ފަތް ބޮޑިއެއް 20ރ. އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި މާރުކޭޓު ކަރާއިން ފުރިފައި!

މުޅި މާރުކޭޓު ކަރާއިން ފުރިފައި!

22 މެއި 2018
ކަރާ ކިލޯ އެއް 25ރ. އަށް ދަށްވެއްޖެ

ކަރާ ކިލޯ އެއް 25ރ. އަށް ދަށްވެއްޖެ

20 މެއި 2018
ތޮއްޑޫއިން މި ރޯދަ މަހު ތިން ލައްކަ ކިލޯގެ ކަރާ މާލެ ގެންނާނެ

ތޮއްޑޫއިން މި ރޯދަ މަހު ތިން ލައްކަ ކިލޯގެ ކަރާ މާލެ ގެންނާނެ

15 މެއި 2018
ކަރާ ކިލޯއެއްގެ އަގު 80ރ. އަށް އަރައިފި

ކަރާ ކިލޯއެއްގެ އަގު 80ރ. އަށް އަރައިފި

24 ޖޫން 2017
މުޅި މާރުކޭޓުގައި ކަނޑޫދޫ މިރުސް!

މުޅި މާރުކޭޓުގައި ކަނޑޫދޫ މިރުސް!

20 ޖޫން 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު