Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރަމަޟާން 1438

ކަރާ ކިލޯއެއްގެ އަގު 80ރ. އަށް އަރައިފި

މާރުކޭޓުގައި ކަރާ ލިބެން ހުރީ މަދުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 24 ޖޫން 2017 | ހޮނިހިރު 08:35
މާރުކޭޓުގައި ތަކެތި ވިއްކުން

މާރުކޭޓުގައި ތަކެތި ވިއްކުން

ރަމަޟާން މަސް ފެށުނު އިރު 15ރ. އަށް ލިބެން ހުރި ކަރާ ކިލޯއެއްގެ އަގު 80ރ. އަށް އަރައިފި އެވެ.

ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާ އިރު، އެންމެ އަގު އުފުލިފައި ވަނީ ކަރާއިންނެެވެ. ރާއްޖޭގެ ކަރާ މާރުކޭޓުގައި ލިބެން ނެތް އިރު، ބޭރުން ގެނެސްގެން ވިއްކާ ކަރާ ވިއްކަނީ، ކިލޯއެއް 80ރ. އަށެވެ.

ރަމަޟާން މަސް ފެށުނު އިރު ކަރާގެ އަގު އުޅެނީ 15ރ. އާ 20ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ލޯކަލް މާރުކޭޓުގައި ލިބެން ހުރި އެެހެން ތަކެތީގެ އަގުތަކަށް ބަލާ އިރު، ކޮޕީ ފަތް ތިން ފަތް ބޮޑި އެއް 20ރ. އަށް އުޅޭ އިރު ކުއްޅަފިލާ ފަތް އުޅެނީ ބޮޑިއެއް 15ރ. އާއި 25ރ. އާ ދެމެދުގެ އަގުތަކެއްގަ އެެވެ.

ޢީދު ދުވަހު، މާރުކޭޓުގެ ގިނަ ސްޓޯލްތަކެއް ބަންދު ކުރާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި، ތަކެތީގެ އަގުތައް ދަށަށް ދާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.

މާރުކޭޓުގައި މިރުހުގެ އަގު 100 ގްރާމް 15ރ. އަށް އުޅޭ އިރު، މިރުސް ކިލޯއެއްގެ އަގު އުޅެނީ 100ރ. އަށެވެ. ލުބޯ ކިލޯއެއްގެ އަގު އުޅެނީ 40ރ. އަށެވެ.

މީގެ އިތުރުން ފަނި ގިރުމަށް ބޭނުން ކުރާ ގިނަ ސާމާނު ވެސް މިއަދު ވެސް މާރުކޭޓުގައި ލިބެން އެބަ ހުއްޓެވެ.

މަސް މާރުކޭޓުގައި ކަނޑުމަސް ކިލޯއެއް އުޅެނީ، 25ރ. އާ 40ރ. އާ ދެެމެދުގެ އަގުތަކެއްގަ އެވެ. ޢީދު ދުވަހު، މަސް ވިއްކާ ގިނަ ފަރާތްތަކުން ވެސް މަސް ނުވިއްކާނެ ކަމަށް އެ ފަރާތްތަކުން ހާމަކުރެ އެވެ.

އެހެން ކަމުން ޢީދު ދުވަހު، މާރުކޭޓުގައި މަސް ލިބެން ހުންނަނީ ވަރަށް މަދުން ކަމަށް ލަފާކުރެވެއެވެ.

ފަރު މަސް މާރުކޭޓުގައި ހުރީ ވަރަށް މަދުންނެެވެ. އެގޮތުން އާއްމުކޮށް މާރުކޭޓުން ލިބެން ހުންނަ، ފާނަ، ގިނި މަސް ފަދަ ބާވަތްތައް މާރުކޭޓުގައި ލިބެން ނެތެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2017

ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!

01 ޖޫން 2017
ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!
31 މެއި 2017

ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި

31 މެއި 2017
ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު