Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގދ ތިނަދޫ

ގދ. ތިނަދޫ ތާރުއެޅި މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމްކޮށްފައި ނެތް: މެންބަރު އަބްދުﷲ

ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވީ ނަމަވެސް މަސައްކަތް ކުރިއަށް ނުދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 މެއި 2018 | އާދީއްތަ 09:49
ތިނަދޫގެ ތާރު އަޅާފައިވާ މަގުގައި ފެން ހެދިފައި

ތިނަދޫގެ ތާރު އަޅާފައިވާ މަގުގައި ފެން ހެދިފައި

ގދ ތިނަދޫގައި ތާރުއަޅާފައިވާ މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމްކޮށްފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މެންބަރު އަބްދުﷲ ވިދާޅުވީ ތިނަދޫ ތާރުއެޅި މަގުތަކުގައި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، އަމަލީ މަސައްކަތް ނުފަށާތާ އެތަކެއް ދުވަހެއް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ.

މިމައްސަލައަށް އަވަސް ހަލެއް ބޭނުންވާކަން ފާހަގަކުރައްވާ މެންބަރު އަބްދުﷲ ވިދާޅުވީ ވާރޭ ވެހޭއިރަށް ތާރުއެޅި މަގުތައް ފެންބޮޑުވެ އެކަމުގެ ތަކުލީފު ރައްޔިތުންނަށް އުފުލަންޖެހޭ ކަމަށެވެ. ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ ބޮޑު މައްސަލައެއް ކަމަށް މެންބަރު އަބްދުﷲ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުރި ވިއްސާރާގައި ގދ. ތިނަދޫގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފުލުހުން ވަނީ ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ.

ގދ ތިނަދޫގެ 18 މަގެއް ތާރުއަޅައި ތަރައްގީކުރީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއާ ސިއެރާ ކުންފުނިންނެވެ. މިމަޝްރޫއަށް 80 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު