Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2018

ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ 3 ކެނޑިޑޭޓެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 20 މެއި 2018 | އާދީއްތަ 04:37
2013 ވަނަ އަހަރުގެ ރިޔާސީ ބަހުސްގައި ރައީސް ނަޝީދާއި، ރައީސް ޔާމީން

2013 ވަނަ އަހަރުގެ ރިޔާސީ ބަހުސްގައި ރައީސް ނަޝީދާއި، ރައީސް ޔާމީން

ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، މަޑުމަޑުން އިންތިހާބުގެ ފޯރި އަންނަނީ ގަދަވަމުންނެވެ. އެމްޑީޕީން ރިޔާސީ އިންތިހާބަށް ނެރޭނެ ކެނޑިޑޭޓަކު ފައްކާކުރުމަށް ޕްރައިމަރީއަށް ތައްޔާރުވާއިރު، ވެރިކަންކުރާ ޕީޕީއެމުން އެ ޕާޓީގެ ރިޔާސީ ޓިކެޓު ތަބަކަކަށްލާފައި ދިނުމަށް ނިންމާފައިވަނީ އެ ޕާޓީގެ މުސްތަޝާރަށެވެ. ޕްރައިމަރީއެއް ބާއްވަން ކިތަންމެ އެ ޕާޓީގެ އާންމު މެމްބަރުން ބޭނުންވިނަމަވެސް، އެކަންކުރުމަށް މުސްތަޝާރު ހުންނެވީ ފުރުސަތު ދެއްވާ ގޮތަކަށް ނޫނެވެ. އެ ޕާޓީގެ އާންމު މެމްބަރުންގެ ތާއީދު އޮތް މިންވަރު ބަލާލުމަށް ވޯޓަކަށް އަހާލަންވެސްކެރޭ ހާލަތަކުއެއް ނޫނެވެ.

ކޮންމެއަކަސް އިންތިހާބަށް ކުރިމަތިލެއްވޭނީ ކޮން ކެނޑިޑޭޓުންނަކަށްކަމާއި، އިންތިހާބަށް ޕާޓީތަކުން ނެރޭނީ ކޮން ކެނޑިޑޭޓެއްކަމަށް ކަނޑައެޅުން ޕާޓީތަކުން އާންމު މެމްބަރުންގެ އަތް މައްޗަށް ދޫކޮށްލާނަމެވެ.

މިހާތަނަށް ތިން ކެނޑިޑޭޓަކު އިންތިހާބުގައި ވާދަކުރައްވާނެކަން ވަނީ ހާމަކޮށްފަ އެވެ. އެއީ އެމްޑީޕީގެ މެމްބަރުންގެ ތާއީދު އޮތް މިންވަރު ބެލުމަށް، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ. އޭގެތެރެއިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ސީދާ ހާމަނުކުރެއްވިނަމަވެސް، ރައީސް ޔާމީންގެ ވާހަކަފުޅުތަކުން އެމަނިކުފާނު ހުންނެވީ އިންތިހާބުގައި ވާދަކުރައްވަންކަން އެނގެ އެވެ.

ރައީސް ޔާމީން ވެރިކަމުގެ ހުވާކުރުމަށް 2013 ވަނަ އަހަރު ބޭއްވި ދަރުބާރުގެ ތެރެއިން، ރައީސް ނަޝީދާއ، ރައީސް ޔާމީން -- ފޮޓޯ: ރައީސް އޮފީސް

އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ނުފެށުުނު ނަމަވެސް، އެމްޑީޕީގެ ޕްރަައިމަރީއަށްް ރައީސް ނަޝީދު ކުރައްވާ ކެމްޕޭނާއި ހަމައިން ވަނީ ވަރަށް ގިނަ ކަންތައްތަކެއް ހާމަވެގެންގޮސްފަ އެވެ. އިންތިހާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވާ އެހެން ކެނޑިޑޭޓުންނާއި، ރައީސް ނަޝީދުގެ ހުރި ތަފާތު ވަރަށް ބޮޑަށް ވަނީ ހާމަވެގެންގޮސްފަ އެވެ. ވަކިން ހާއްސަކޮށް، ރައީސް ނަޝީދާއި، ރައީސް ޔާމީނާ ދެ ބޭފުޅުންގެ ހުރި ތަފާތުތައް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއިއެކު ބުނެދީފަ އެވެ.

ރައީސް ނަޝީދަކީ، ޤައުމުން ބޭރުގައި ހުންނަވަން މަޖުބޫޫރުވެވަޑައިގެންފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ކެމްޕޭންވެސް ކުރިއަށްގެންދަންޖެހިވަޑައިގެންފަައިވަނީ ޤައުމުން ބޭރުގައި ހުންނަވައިގެނެވެ. އެއާ ހިލާފަށް ރައީސް ޔާމީނަކީ ހުރިހާ އާރަކާއި ބާރަކާއެކު ޤައުމުގައި ހުންނެވި ބޭފުޅެކެވެ. ރައްޔިތުންނާއި އެކު ހުންނަވައިގެން ކެމްޕޭޭން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ޒުވާނުންގެ މެނިފެސްޓޯއާއި ގުޅޭގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ޒުވާނުންނާއިއެކު ރައީސް ނަޝީދު -- ފޮޓޯ: ރައީސް ނަޝީދުގެ އޮފީސް

ވެރިޔަކަށް އަންނަ ބޭފުޅެއްގެ ފަރާތުން ރައްޔިތުން އެންމެ އެދޭނެ އެއް ސިފައަކީ، ރައްޔިތުންނާއި ބައްދަލުވެެ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވާ ބޭފުޅަކަށްވުމެެވެ. ރައްޔިތުންނަށް ވާހަކަދެއްކެވޭ، ރައްޔިތުންނާއި ގާތުން ވެރިކަން ކުރައްވާނެ ބޭފުޅެކަށްވުމެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި، ރައީސް ނަޝީދާއި، ރައީސް ޔާމީންގެ ތަފާތު އެންމެ ބޮޑަށް ބުނެދިނީ މިދެންނެވި ހިސާބުންނެވެ.

ވެރިކަމުގެ ފުރަތަމަ ދައުރު ނިންމުމަށްފަހު، ދެ ވަނަ ދައުރަކާއި ކުރިމަތިލައްވާއިރު، ރައީސް ޔާމީނަށް ރާއްޖޭގެ ރަށްތަކަށް ވަޑައިނުގެންނެވޭ މިންވަރަށް، ރައީސް ނަޝީދު ވަނީ ރިޔާސީ ޕްރައިމަރީގައި ވަކިވަކި ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް، އެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފަ އެވެ.

ހދ. ކުޅުދުށްފުޓައް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށުގެ ރައްޔިތުންްނާއި ރައީސް ޔާމީން ސަލާމްކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ނިމުނު ފަަސް އަހަރުގެ ތެރޭގައި ރައީސް ޔާމީން ވަޑައިނުގަންނަވާ ރަށްތައް ގިނަ އެވެ. ރަށަކަށް ވަޑައިގެންނެވި ނަމަވެސް ބަނދަރު މަތީގައި އޮންނަ ޖަލްްސާއެއްގައި އެއްްޗެއް ވިދާޅުވުމަށްފަހު، ރައީސް ޔާމީން އެ ރަށަކުން ފުރާ ވަޑައިގަންނަވަަ އެވެ. އެންމެ ކުޑަމިނުން ވަޑައިގެންނެވި ގިނަ ރަށްރަށުގެ އަތިރިމަތިން އެތެރެޔަށްވެސް ވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް ނިމުނު ހަތްފާއެއްގެ ތެރޭގައި ރާއްޖޭގެ އެތަށް ރަށެއްގެ ރައްޔިތުންނާއި، ބައްދަލުކޮށް، ރައީސް މުހައްމަދު ނަޝީދު ވަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ. ސީދާ ރަައްޔިތު މީހާއަށް ފެންނަގޮތަށް، ވަގުތުން ވީޑިއޯ ކެންފަރެންސް މެދުވެރިކޮށެވެ.

އެއާއި ހިލާފަށް ރައީސް ޔާމީން ރަށަކަށް ވަޑައިގެންނެވި ނަމަވެސް، ވަޑައިގަންނަވަނީ ހަތިޔާރު އެޅި ސިފައިންނާއެކުގައެވެ. ރައްޔިތުން މީހާއަށް، އެމަނިކުފާނާއި ގާތްވެ އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދެއްވަ އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބ. ކަމަދޫ ރައްޔިތުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

މިއީ، ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، ދެ ކެނޑިޑޭޓުންގެ މެދުގައި ހުރި ތަފާތުުގެ ކުޑަ މިންވަރެކެވެެ. އެއް ބޭފުޅަކީ ރައްޔިތުން ދެކެ ބިރުން އުޅުއްވާ ބޭފުޅަކަށްވާއިރު، އަނެއް ބޭފުޅަކީ ރައްޔިތުންނާއި އެކުގައި އުޅުއްވުމަށް ލޯބިކުރައްވާ ބޭފުޅެކެވެ.

ކުރިއަށް މި އޮތް ރިޔާސީ އިންތިހާބަކީ ރައްޔިތުންނަށް މުހިންމު ނިންމުމެއް ނިންމުމަށް ފުރުސަތު ލިބިގެންދާ އިންތިހާބެކެވެ. ޤައުމުގެ މުސްތަޤުބަލާއި، މެދު އެންމެ މުހިންމު ނިންމުން ނިންމަން ރައްޔިތުންނަށް ލިބޭނެ ފުރުސަތުު އެވެ. އެ އިންތިހާބަށް ފަހުގައި ރައްޔިތުންނާއި ކުރިމަތިލާނީ ރައްޔިތުން ނިންމާ ނިންމުމެއްގެ ނަތީޖާ އެވެ. މިނިިވަންކަމާއެކު، އަމިއްލަ ރަށުގައި މުއްސަނދިކަމާއެކު އުޅޭނީތޯ، ނުވަތަ ހުދުމުތާރު ވެރިޔަކަށް އާނ ބަސްބުނެގެން ކޮންމެކަމެއް ވަރިހަމަކޮށްގެން ތިބޭނީތޯ ނިންމުމަށް ރައްޔިތުންނަށް ލިބޭނެ އެންމެ ފަހު ފުރުސަތު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

23 ސެޕްޓެމްބަރު 2017
ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

21 އޯގަސްޓު 2017
ރައީސް ޔާމީންގެ ރައީސްކަމުގެ ޝަރުތު ގެއްލުނީތަ؟

ރައީސް ޔާމީންގެ ރައީސްކަމުގެ ޝަރުތު ގެއްލުނީތަ؟

05 އޯގަސްޓު 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު