Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު 2018

ރައްޔިތުން ގޮތެއް ނިންމުމުން، ރައީސް ޔާމީންގެ ނިންމުމަށް ބަދަލުގެންނަންޖެހޭނެ: ރައީސް ނަޝީދު

18 މެއި 2018 | ހުކުރު 18:30

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަމަށް ނިންމާފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 18 މެއި 2018 | ހުކުރު 18:30
ބ. ތުޅާދޫގައި ބޭއްވި ޖަލްސާގެ ބައިވެރިންނާއި މުހަތަބުކޮށް ރައީސް ނަޝީދު ވާހަކަދައްކަވަނީ

ބ. ތުޅާދޫގައި ބޭއްވި ޖަލްސާގެ ބައިވެރިންނާއި މުހަތަބުކޮށް ރައީސް ނަޝީދު ވާހަކަދައްކަވަނީ

ރައީސް އަބްދުﷲ ޔާމީން މީގެކުރިންވެސް ހަރު ބަސްތައް ވިދާޅުވެ ނިންމެވި ނިންމެވުންތައް ފަހުވަގުތު ބަދަލުކުރަންޖެހިވަޑައިގެންނެވިކަމަށާއި، އެމަނިކުފާނުގެ ކެނޑިޑަސީއާއި މެދު ރައްޔިތުން ގޮތެއް ނިންމުމުން ރައީސް ޔާމީންގެ ނިންމުމަށްވެސް ބަދަލުގެންނަންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބ. ތުޅާދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަމަށް ނިންމާފައިވާކަމަށެވެ. އަދި އދ. އިންވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެކަމަށް 2 ފަހަރު ނިންމާފައިވާ ކަމަށާއި، ގޮތެއް ނުނިންމާވަނީ އެމްޑީޕީގެ އާންމު މެމްބަރުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި އެމްޑީޕީގެ އާންމު މެމްބަރުން އެ ނިންމުން ނިންމަވައިދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement
"މި ޕާޓީ އަދި އޮތީ އަޅުގަނޑުގެ ކެނޑިޑެސީއާއި ގުޅޭގޮތުން ގޮތެއް ނުނިންމާ. އަޅުގަނޑު ޕާޓީގެ ކިބައިން އެދެނީ ތިޔަބޭފުޅުން ގޮތެއް ނިންމައިދިނުމަށް. ސުޕްރީމް ކޯޓުން ގޮތެއް ނިންމަވާފައި އޮތީ. އދ. އިން ގޮތެއް ނިންމައިފި."

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ބޭނުންފުޅުވެވަޑައިނުގަންނަވާނެ ކަމަށެވެ. ސަބަބެއްކަމަށް އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުން ބަލިވާނެކަން ރައީސް ޔާމީނަށްވެސް އެނގިވަޑައިގެންނެވުން ކަމަށެވެ.

އެ މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އަދި ދިވެހި ސަރުކާރުން އެގޮތަށް ނިންމިނަމަވެސް އެމްޑީޕީގެ މެމްބަރުންގެ ނިންމުން ދިވެހި ރައްޔިތުންނަށާއި، ބައިނަލްއަޤުވާމީ ފަރާތްތަކަށް ސާފުވާންޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީން ކުރީގައި ވިދާޅުވާ ވާހަކަތަކަށް އަބަދުވެސް ބަދަލު ގެންނަ ކަމަށާއި، އެ ބަދަލު ގެންނަނީ ގިނަ ރައްޔިތުންތަކެއް ބަސްބުނުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސް ޔާމީން އަޅުގަނޑާއި ވާދަކުރެއްވުމަށް އެދިވަޑައެއް ނުގަންނަވާނެ. ނަމަވެސް ކުރިއަށް މި އޮތް އިންތިހާބަކީ ރައީސް ޔާމީނާއި އަޅުގަނޑަށްވުރެ މާ ބޮޑު އިންތިހާބެއް. މި އިންތިހާބަކީ ދިވެހިރާއްޖޭގެ ރައްޔިތުން ރާއްޖެއާއި ގުޅޭގޮތުން އެންމެ މުހިންމު އެއް ނިންމުން ނިންމާނެ އެއް އިންތިހާބު. އަޅުގަނޑުމެންގެ ރާއްޖެ މި ވަނީ ރޭޒަރު ތިލައެއްގެ މިލަމަތީގައި"

ޤައުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އިޖުތިމާއީ ބޮޑެތި މައްސަލަތަކެއްވެސް އެބަހުރިކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މީހުން މެރުން އިންތިހާއަށް އިތުރުވެފައިވާއިރު، އެ މައްސަލަތައް އެންމެ އެކަށޭނެ ގޮތެއްގައި ތަހުޤީޤްކޮށް އިންސާފު ހޯދައިދެވިފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެއިތުރުން ދަރަނި ނަގަމުންގޮސް، ރާއްޖެ ވަނީ ދަރައި ވިކިފައިކަމަށާއި، އެކަމަށްވެސް ބަދަލުތައް ގެންނަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް