Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު 2018

ޖަޒީރާ ރައީސްގެ ކެމްޕެއިން ބ އަތޮޅުގައި ބާރަށް ކުރިޔަށް!

ކެމްޕެއިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 18 މެއި 2018 | ހުކުރު 13:42
ހިތާދޫގައި ރައީސް ނަޝީދަށް ތާއިދުކުރައްވާ ފަރާތްތަކާއި ކެމްޕެއިން ޓީމުން ބައްދަލުކުރަނީ

ހިތާދޫގައި ރައީސް ނަޝީދަށް ތާއިދުކުރައްވާ ފަރާތްތަކާއި ކެމްޕެއިން ޓީމުން ބައްދަލުކުރަނީ

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ބ. އަތޮޅުގެ އެކި ރަށްތަކަށް ހުކުރު ދުވަހުވެސް ޒިޔާރަތްކޮށްފިއެވެ.

މި ކެމްޕެއިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރެވެ. ނިޒާރުގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ފަރާތްތައް މި ދަތުރުގައި ބައިވެރިވެއެވެ.

ޖަޒީރާ ރައީސްގެ ނަމުގައި ހިންގަމުންދާ މި ކެމްޕެއިންގެ ހަރަކާތްތައް މިއަދު ފަށާފައިވަނީ ބ. ދޮންފަނުންނެވެ. ދޮންފަނުގެ އެމްޑީޕީއަށް ސަޕޯޓްކުރައްވާ ރައްޔިތުންނާއި މި ޓީމުން ބައްދަލުކޮށްފައިވާއިރު މިއަދު އެ ޓީމުން ވަނީ ބ. އޭދަފުށްޓައް ވެސް ގޮސްފައެވެ. މި ދެ ރަށުގައިވެސް ވަނީ ރައީސް ނަޝީދުގެ ކެމްޕެއިން ޕޯސްޓަރުތައް ހިއްޕުމަށްފަހު އެ ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި ބައްދަލުކޮށްފައެވެ.

އެ އަތޮޅުގެ ހިތާދޫގައި ވެސް ޖަޒީރާ ރައީސްގެ ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވާއިރު ހުކުރު ދުވަހުގެރޭ ތުޅާދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ތުޅާދޫއިން ވަނީ ޖަޒީރާ ރައީސްގެ ކެމްޕެއިން ޓީމަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ހަމައެހެންމެ ކެމްޕެއިން ޓީމުން ވަނީ އިއްޔެ އެ އަތޮޅުގެ މާޅޮހާއި ކަމަދޫގެ އިތުރުން ކުޑަރިކިލު އަދި ދަރަވަންދޫއަށްވެސް ޒިޔާރަތްކޮށްފައެވެ. މި ރަށްރަށުގެ ރައްޔިތުންނާއި ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވާއިރު ކެމްޕެއިން ޓީމުން ވަނީ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް، ކެމްޕެއިނާއި ގުޅޭ އިތުރު މައުލޫމާތު ދީފައެވެ.

ޖަޒީރާ ރައީސްގެ ކެމްޕެއިން ހަރަކާތްތައް ދަނީ ބާރަށް ކުރިއަށެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގައި އެހަރަކާތްތައް ކުރިއަށްދާއިރު ހަފްތާ ބަންދާ ދިމާކޮށް މާލެއިން އަތޮޅުތަކަށް ޓީމުތައް ދަނީ ދަތުރު ކުރަމުންނެވެ. ބ އަތޮޅުގެ އިތުރުން ހުވަދު އަތޮޅުގައި ވެސް އެ ކެމްޕެއިންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު