Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިއްދޫގެ މަގުތައް

ދިއްދޫ މަގުތަކުގައި އަޅާފައިވަނީ އެންމެ ދަށް ފެންވަރުގެ ތާރު: ކައުންސިލް

ދިއްދޫ މަގު ހެދުމުގެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 މެއި 2018 | ހޮނިހިރު 05:59
ދިއްދޫ މަގުތަކުގައި ތާރުއަޅަނީ

ދިއްދޫ މަގުތަކުގައި ތާރުއަޅަނީ

ހއ. ދިއްދޫގެ މަގުތަކުގައި އަޅާފައިވަނީ އެންމެ ދަށް ފެންވަރުގެ ތާރުކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވީ ޒަމާނީ ފެންވަރަށް ދިއްދޫގެ މަގުތައް ތަރައްގީ ކުރަންފެށި މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަމަވެސް ތާރުއަޅާފައިވާ ގޮތުން ހިތްހަމަނުޖެހޭ ކަމަށާއި، އެމަސައްކަތް ކޮށްފައިވަނީ ވަރަށް ދަށް ފެންވަރުގައި ކަމަށް ހާޝިމް ވިދާޅުވިއެވެ. އެނާ ވިދާޅުވީ ތާރުއަޅާފައިވާ ގޮތުން ދުއްވާ އެއްޗިއްސައް އެމަގުތަކުން ގޯޅިއެޅުމަށް އުނދަގޫ ކަމަށެވެ. އަދި މަގުތަކުގައި ލާފައިވާ ކުލައަކީ ކޮލެޓީ ވަރަށް ބޮޑަށް ދަށް ކުލައެއް ކަމަށާއި، މިހާރު ވެސް ކުލަ ކެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ހާޝިމް ވިދާޅުވީ މަގުތަކުގެ ފެންވަރު ދަށްވުމުގެ އިތުރަށް އެކަމުގެ ތަކުލީފުތައް ރައްޔިތުންނަށް މިއަދު އުފުލަން ޖެހިފައިވާ ކަމަށެވެ. އޭނަ ވިދާޅުވީ ތާރުއަޅާފައިވާ މަގުތަކާއި ޖެހިގެން އިންވެގެން އޮންނަ މަގު ލެވަލް ވެސް ކޮށްދީފައި ނުވާތީ ވިއްސާރަވެއްޖެ ނަމަ ތާރުނާޅާ މަގުތަކުގައި ވަރަށް ބޮޑަށް ފެންހެދޭ ކަމަށެވެ.

މަގުތައް ހެދުމުގެ މަސައްކަތް ކުރިއިރު ކަރަންޓުގެ ވަރަށް ގިނަ ކޭބަލްތައް ބުރިވެފައިވާކަން ފާހަގަކުރައްވާ ހާޝާމް ވިދާޅުވީ ކޭބަލްތައް ރަނގަޅު ކުރުމަށް ހުރިހާ ހަރަދެއް ކުރީ ރައްޔިތުންގެ އަމިއްލަ ޖީބުން ކަމަށެވެ. އަދި މަގުތަކުގައި ޖަހާފައި ހުރި ބައްތިތައް ވެސް ހެދީ ކައުންސިލްގެ ހަރަދުގައި ކަމަށް ހާޝިމް ވިދާޅުވިއެވެ. ހާޝިމް ވިދާޅުވީ އެހެންބައެއްގެ ފަރުވާކުޑަވުމުގެ ސަބަބުން ރައްޔިތުންގެ އަމިއްލަ ޖީބުން ހަރަދުތައް ކުރަންޖެހި ރައްޔިތުން އެކަމުގެ ތަކުލީފު އުފަންލަން ޖެހުމަކީ ކަންބޮޑުވާ މައްސަލަ އެއް ކަމަށާއި، މިކަމުގެ ބަދަލު ހޯދުމަށް ހުށައަޅާނެ ކަމަށެވެ.

"ގެތަކުގެ ކޭބަލް ބުރިވެގެން ޝަކުވާގެ 20 ފޯމް އެބައޮތް މިހާރު ވެސް ކައުންސިލަށް ހުށައަޅާފަ. ބަދަލު ހޯދުމަށް އަޅުގަނޑުމެންނަށް ކުރެވުނު ކަމެއް ވިއްޔާ ކުރާނަން. ހާޝިމް ވިދާޅުވިއެވެ.

ދިއްދޫ ބޮޑު މަގު ހެދުމަށް ސަރުކާރުން ޕްލޭންކޮށްފައި އޮތީ މަގުގެ މެދުން ހަ ފޫޓްގެ ޖާގައެއް ދޫކުރުމަށްފަހު މަގުގެ ދެފަރާތުން ސާދަ ފޫޓުގެ ޕޭމަންޓެއް ހަދާ ގޮތަށެވެ. ނަމަވެސް މިގޮތައް ބޮޑު މަގު ހެދުމުން ހަނިވާތީ ރައްޔިތުންގެ އެދުމުގެ މަތިން ޕޭމަންޓަށް ޖާގަ ދޫކުރުމަށްފަހު މުޅި މަގުގައި ތާރު އެޅީ ކަމަށް ހާޝާމް ވިދާޅުވިއެވެ. އަދި ބޮޑުމަގުގައި އެއްކޮށް ތާރުއެޅުމުގެ ނަތީޖާއެއް ގޮތުން ތާރުއެޅުމަށް ނިންމާފައިވާ 15 މަގުގެ ތެރެއިން 3 މަގެއްގައި ތާރުނާޅާ މަޝްރޫއު ހުއްޓާލީ ކަމަށް ހާޝިމް ވިދާޅުވިއެވެ.

" ތިން މަގުގަ ތާރުނާޅާތީ މިސުވާލު ކުރީ. ސުވާލު ކުރީމަ ބުނީ ތިން މަގުގަ އަޅަންޖެހޭ ތާރުތައް އެޅީ ބޮޑު މަގުގައޭ. މިއީ މިކަން ވެސް ކޮށްފައި އޮތް ގޮތް. މިބަލަނީ ރިޔާސީ އިންތިހާބަށް މި ތިން މަގުގަ ތާރު އަޅާ ދޭނެ ކަމަށް" ހާޝިމް ވިދާޅުވިއެވެ.

ދިއްދޫގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންދަނީ ސްރީލަންކާގެ ސިއެރާ ކުންފުނިންނެވެ. އަދި މިމަޝްރޫއަށް ގާތްގަނޑަކަށް 53 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި

މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި

05 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު