Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރުސީއެމް

އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި ބައެއްގެ މައްޗަށް ދައުވާ ކޮށްދޭން އެޗްއާރުސީއެމް އިން އެދިއްޖެ

16 މެއި 2018 | ބުދަ 11:39

އަބްދުﷲ ރަޝީދު މަރުވީ މިިދިޔަ އޮކްޓޯބަރު މަހު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 16 މެއި 2018 | ބުދަ 11:39
ޖަލު ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މަރުވި އަބްދުﷲ ރަޝީދު:- އެ މައްސަލާގައި ބައެއް މީހުނަށް ދައުވާ ކުރަން ވަނީ ފޮނުވާފަ

ޖަލު ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މަރުވި އަބްދުﷲ ރަޝީދު:- އެ މައްސަލާގައި ބައެއް މީހުނަށް ދައުވާ ކުރަން ވަނީ ފޮނުވާފަ

މާފުށީގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް( އެޗްއާރުސީއެމް) އިން ތަހްގީގު ކުރުމަށްފަހު ބައެއް މީހުންގެ މައްޗަށް ދައުވާ ކޮށްދޭން ޕްރޮސެކިއުޓަރ ޖެނަރަލް(ޕީޖީ)ގައި އެދިއްޖެ އެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެޗްއާރުސީމްއިން ޕީޖީއަށް އެ މައްސަލަ ފޮނުވީ ނިމިގެންދިޔަ ހަފްތާގެ ތެރޭގަ އެވެ. ނަމަވެސް އެޗްއާރުސީއެމްގެ ތަހްގީގަށް ފަހު އެ މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދިފައިވަނީ ކޮން ބައެއްގެ މައްޗަށް ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ. އެހެން ނަމަވެސް އެޗްއާރުސީއެމް އިން ކުރި ތަހްގީގުގައި އަބްދުﷲ ރަޝީދުގެ މަރުވެފައިވަނީ ބައެއްގެ އިހްމާލުން ކަން ވަނީ އެނގިފަ އެވެ.

Advertisement - newsAdvertisement

އަބްދުﷲ ރަޝީދުގެ އަންހެނުން ޝެހެނާޒު އަބްދުއްރަހީމް:- އަބްދުﷲ ރަޝީދުގެ މަރުވީ ބައެއްގެ އިހްމާލުން ކަމަށް އާއިލާއިން ގަބޫލުކުރޭ

މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި އެޗްއާރްސީއެމްގެ ރައީސާ އައިމިނަތު އީނާޒު ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިހުމާލުން ގ.ކީމަ އުމުރުން 51 އަހަރުގެ އަބްދުﷲ ރަޝީދު މަރުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ފަށާފައިވަނީ އެ ކޮމިޝަނުގެ އިސްނެގުމުގެ މަތިން ކަމަށެވެ. އެހެން ނަމަވެސް އެމައްސަލައާ ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް އެ ކޮމިޝަނުން އޭރު ހާމަ ކޮށްފަ އެއް ނުވެ އެވެ. މައްސަލަ ބަލާ ކަމަށް އެޗްއާރުސީއެމުން ހާމަ ކުރީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ސަރުކާރަށާއި އެޗްއާރުސީއެމް އަށް ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށެވެ.

މޭޑޭ މުޒާހަރާގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޖަލައްލާފައި ހުއްޓާ ރަޝީދު މަރުވެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު އެވެ. ރަޝީދުގެ ހުކުމް ތަންފީޒުކޮށް ނިމެން އޮތީ އަންނަ އަހަރުގެ ފެބްރުއަރީ މަހަށެވެ. ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ކަރެކްޝަނުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ރަޝީދު މަރުވެފައިވަނީ އެތެރެހަށީގެ ގުނަވަންތަކުގައި އިންފެކްޝަން އުފެދި، ފުއްޕާމެއާއި ކިޑްނީ ފެއިލް ވުމުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، އޭނާގެ އަންހެނުން ޝެހެނާޒު އަބްދުއްރަހީމް ބުންޏެވެ. ރަޝީދުގެ އައިލާއިން ބުނެފައިވަނީ، އޭނާގެ މަރުގެ މައްސަލާގައި ކަރެކްޝަނުގެ އިހުމާލުތަކެއް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ބަލިވެ، އެތައް ދުވަހެއްވީ އިރުވެސް އެންމެ އެކަށީގެންވާ ފަރުވާ ފޯރުކޮށްދީފައިނުވުމާއި އެންމެ ފުރިހަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށެވެ. އައިލާއަށް ކަންކަން ކުރަންވީގޮތް އެންމެ ފުރިހަމައަށް ކަރެކްޝަނުން ކިޔާދީފައިނުވާ ކަމަށް އައިލާއިން ބުނެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް