Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮކްސްލޭޑް ޗެމްބަލިން

ނޮވެމްބަރު މަހުގެ ކުރިން ޗެމްބަލިންއަށް ނުކުޅެވޭނެ

15 މެއި 2018 | އަންގާރަ 16:38

ޗެމްބަލިންއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 15 މެއި 2018 | އަންގާރަ 16:38
އެލެކްސް އޮކްސްލޭޑް ޗެމްބަލިން

އެލެކްސް އޮކްސްލޭޑް ޗެމްބަލިން

އަންނަ ނޮވެމްބަރު މަހުގެ ކުރިން ލިވަޕޫލް އަދި އިނގިރޭސިވިލާތުގެ މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް ޗެމްބަލިންއަށް ނުކުޅެވޭނެ ކަން ކަށަވަރުވެއްޖެއެވެ.

ޗެމްބަލިންއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އިޓަލީގެ ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޯމާގެ އެލެކްޒެންޑާ ކޮލަރޯވް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައެވެ. މި އަނިޔާގެ ސަބަބުން މެޗުގެ 15 ވަނަ މިނެޓުގައި އޭނާ ވަނީ އަށިގަނޑުގައި ދަނޑުން ބާލާފައެވެ. ލިވަޕޫލްއިން ހާމަކޮށްފައިވާ ގޮތުގައި ޗެމްބަލިންގެ ކަކުލުގެ ލިގަމެންޓަށް ވަނީ އަނިޔާވެފައެވެ. އެނާ ވަނީ މި އަނިޔާއިން ސަލާމަތްވުމަށް ސާޖަރީ އެއް ވެސް ފުރިހަމަކޮށްފައެވެ.

ލިވަޕޫލްގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ޗެމްބަލިންގެ ލިގަމެންޓަށް ވެފައިވާ އަނިޔާއާއެކު އޭނާއަށް މި ސީޒަނުގައި އިތުރު މެޗެއް ނުކުޅެވޭނެ ކަމަށާއި އަދި ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގައި އިނގިރޭސި ގައުމީ ޓީމަށް ވެސް އޭނާއަށް ނުކުޅެވޭނެ ކަމަށެވެ. މި ބަޔާނުގައި ވަނީ އޭނާގެ ރިކަވަރީގެ ކަންކަން ވަރަށް ގާތުން މޮނީޓަރ ކުރެވިގެންދާނެ ކަމަށާއި ފުލް ފިޓްނެސްއަށް ވީހާވެސް އަވަހަށް އޭނާ ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. ހަމައެހެންމެ އަންނަ ސީޒަނުގެ ފުރަތަމަ ތިން މަސް ދުވަސްވެސް އޭނާއަށް ގެއްލޭނޭ ކަމަށެވެ.

ޗެމްބަލިންއަށް އަނިޔާވި ނަމަވެސް ލިވަޕޫލްގެ ޓީމުން ސީޒަން ފެށޭއިރު އެތަން ނުފެންނާނެއެވެ. އެގޮތުން އެ ޓީމުން ވަނީ ޖަރުމަނުގެ އާރްބީ ލީޕްޒީގްއަށް ކުޅެމުން އަންނަ ނަބީ ކެއިޓާ ހޫނު މޫސުމުގެ ޓްރާންސްފާގައި އެ ޓީމާއި ގުޅޭނެ ކަމަށް ހާމަކޮށްފައެވެ. އެގޮތުން ޖުލައި މަހުގެ ފުރަތަމަ ދުވަހު ކެއިޓާ ލިވަޕޫލްގެ ޓީމާއި ގުޅޭނެ ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް ޗެމްބަލިން ނެތުމަކީ އިނގިރޭސި ގައުމީ ޓީމަށް ލިބިގެންދާނެ ބޮޑު ހީނަރު ކަމެކެވެ. މިއަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތް ހިމެނިފައިވަނީ ބެލްޖިއަމް އަދި ޓިއުނީޝިއާގެ އިތުރުން ޕެނަމާއާއެކު ގްރޫޕް ޖީގައެވެ.

ޗެމްބަލިން ނެރުނު ބަޔާނެއްގައި އޭނާ ބުނެފައިވަނީ ސީޒަނުގެ އެންމެ މުހިންމު ބައިގައި ބޮޑު އަނިޔާ ކުރިމަތިވުމަކީ އޭނާ ވަރަށް ހިތާމަކުރާ ކަމެއް ކަމަށް ވަނީ ބުނެފައެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްއަށް އިތުރު މެޗެއް ނުކުޅެވުމާއި ވޯލްޑް ކަޕް ގެއްލުމަކީ ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ޗެމްބަލިންގެ ބަޔާނުގައި ވަނީ މިހާރު އޭނާއަށް ކުރެވޭނެ ކަމަކީ ކުޅުންތެރިންނަށް ސަޕޯޓު ދިނުން ކަމަށާއި ޗެމްޕިއަންސް ލީގުގައި އެ ޓީމަށް ރަނގަޅު ނަތީޖާއަކާއި ހަމަޔަށް ދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އުމުރުން 24 އަހަރުގެ ޗެމްބަލިންއަށް ޗެމްޕިއަންސް ލީގުގައި ނުކުޅެވޭއިރު އޭނާގެ ޓީމު ކަމަށްވާ ލިވަޕޫލް ވަނީ އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. ލިވަޕޫލްގެ ފައިނަލުގައި ނުކުންނާނީ ރެއާލް މެޑްރިޑާއި ދެކޮޅަށެވެ.

އާސެނަލް ދޫކޮށް 35 މިލިއަން ޕައުންޑްގެ ފީއަކަށް ލިވަޕޫލްއަށް ބަދަލުވުމަށް ފަހު ޗެމްބަލިން އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މި ސީޒަނުގެ މިހާތަނަށް ކުޅުނު 41 މެޗުގައި ފަސް ލަނޑު ޖަހާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!

11 އެޕްރީލު 2017
ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!
04 އެޕްރީލު 2017

ބޮޑު ބަދަލުތަކަކާ އެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހުގެ 6 ވަނަ ދުވަހު

04 އެޕްރީލު 2017
ބޮޑު ބަދަލުތަކަކާ އެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހުގެ 6 ވަނަ ދުވަހު
09 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި
07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
06 މާރިޗު 2017

ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި

06 މާރިޗު 2017
ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި
24 ފެބުރުއަރީ 2017

އާމްސްޓްރޯންގްގެ ޝަރީޢަތް ނޮވެމްބަރު މަހަށް ތާވަލުކޮށްފި

24 ފެބުރުއަރީ 2017
އާމްސްޓްރޯންގްގެ ޝަރީޢަތް ނޮވެމްބަރު މަހަށް ތާވަލުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް