Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާމްސްޓްރޯންގްގެ ޝަރީޢަތް

އާމްސްޓްރޯންގްގެ ޝަރީޢަތް ނޮވެމްބަރު މަހަށް ތާވަލުކޮށްފި

އޭނާގެ މައްޗަށް ކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ދަޢުވާއެއް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 24 ފެބުރުއަރީ 2017 | ހުކުރު 13:42
ލޭންސް އާމްސްޓްރޯންގް: އޭނާގެ މައްޗަށް ކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ދަޢުވާއެއް

ލޭންސް އާމްސްޓްރޯންގް: އޭނާގެ މައްޗަށް ކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ދަޢުވާއެއް

މަނާބޭސް ބޭނުންކުރިކަމަށް އިޢުތިރާފުވުމުން، އުމުރުދުވަހަށް ކުޅިވަރުން ދުރުކޮށްފައިވާ މަޝްޙޫރު ސައިކްލިސްޓް، ލޭންސް އާމްސްޓްރޯންގްގެ ޝަރީއަތް އަންނަ ނޮވެމްބަރު މަހު ފެށުމަށް ތާވަލުކޮށްފިއެވެ.

އާމްސްޓްރޯންގްގެ މައްޗަށް ދައުވާކޮށްފައިވަނީ، އާންމުންގެ ފައިސާއިން ހިންގާ ޔޫއެސް ޕޯސްޓަލް ސަރވިސްގެ ޓީމުގައި އޭނާ މަސައްކަތް ކުރިއިރު މަކަރު ހެދުމާއި އޮޅުވާލިކަމުގެ ތުޙުމަތުގައި އޭނާގެ އަތުން ބަދަލުގެ ގޮތުގައި 100 މިލިއަން ޑޮލަރު ހޯދުމަށެވެ.

މި މައްސަލައިގައި އާމްސްޓްރޯންގެ މައްޗަށް ފުރަތަމަ ދަޢުވާ ކޮށްފައިވަނީ، 2010 ވަނަ އަހަރު އޭނާގެ ޓީމުގައި ކުރިން ހިމެނުނު ފްލޮއިޑް ލޭންޑިސްއެވެ. އޭނާ މި ދައުވާ ކޮށްފައިވަނީ އެމެރިކާގައި އަމަލުކުރާ ފެޑެރަލް ފޯލްސް ކްލެއިމްސް އެކްޓްގެ ދަށުން، އާމްސްޓްރޯންގްގެ ސަބަބުން އެމެރިކާގެ ސަރުކާރަށް ގެއްލުންތަކެއް ވެފައިވާ ކަމަށް ތުޙުމަތުކޮށެވެ.

އަދި 2012 ވަނަ އަހަރު އާމްސްޓްރޯންގް މަނާބޭސް ބޭނުންކުރިކަން ސާބިތުވެ، އޭނާ އޭރު ކާމިޔާބުކޮށްފައިވާ 7 ޓުއަރ ޑި ފްރާންސްގެ ލަޤަބު އޭނާގެ އަތުން އަތުލުމާއެކު، 2013 ވަނަ އަހަރުގެ ޖަނަވަރީ މަހު އެމެރިކާ ސަރުކާރުން ވެސް ވަނީ މި މައްސަލައިގެތެރެއަށް ވަދެފައެވެ.

މި ދައުވާ އެމެރިކާ ސަރުކާރަށް ކާމިޔާބު ކުރެވިއްޖެ ނަމަ، ބަދަލުގެ ގޮތުގައި ލިބޭ އަދަދުން 25 އިންސައްތަ ފްލޮއިޑް ލޭންޑިސް އަށް ލިބޭނެއެވެ.

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2018

ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!

14 ނޮވެމްބަރު 2018
ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
15 މެއި 2018

ނޮވެމްބަރު މަހުގެ ކުރިން ޗެމްބަލިންއަށް ނުކުޅެވޭނެ

15 މެއި 2018
ނޮވެމްބަރު މަހުގެ ކުރިން ޗެމްބަލިންއަށް ނުކުޅެވޭނެ
03 ޖެނުއަރީ 2018

ހަތަރު މަހަށްފަހު ޑެމްބެލޭ އެނބުރި ކުޅުމުގެ ތެރެއަށް

03 ޖެނުއަރީ 2018
ހަތަރު މަހަށްފަހު ޑެމްބެލޭ އެނބުރި ކުޅުމުގެ ތެރެއަށް
05 ނޮވެމްބަރު 2017

ވިމެންސް ފުޓްބޯލް ލީގު ޑިސެމްބަރު މަހަށް ފަސްކޮށްފި

05 ނޮވެމްބަރު 2017
ވިމެންސް ފުޓްބޯލް ލީގު ޑިސެމްބަރު މަހަށް ފަސްކޮށްފި
04 ނޮވެމްބަރު 2017

ނަވާޒް ޝަރީފްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ދެ ދައުވާގެ އަޑުއެހުންތައް ނޮވެމްބަރު މަހުގެ 7 އާ ޖެހެންދެން މެދުކަނޑާލައިފި

04 ނޮވެމްބަރު 2017
ނަވާޒް ޝަރީފްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ދެ ދައުވާގެ އަޑުއެހުންތައް ނޮވެމްބަރު މަހުގެ 7 އާ ޖެހެންދެން މެދުކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު