Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބިލިއަޑް

ބޮޑު ބަދަލުތަކަކާ އެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހުގެ 6 ވަނަ ދުވަހު

ސިންގަލްސް އިވެންޓުގެ ބަދަލުގައި މިކްސް ޑަބަލްސް

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2017 | އަންގާރަ 18:08
މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ބިޝާރު

މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ބިޝާރު

ސަރުކާރު ހިއްސާވާ އޮފީސް ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ އޮފީސްތަކަށް ވެސް ފުރުސަތު ދީގެން މިއަހަރުގެ އޮފީސް ބިލިއަޑް މުބާރާތް މެއި މަހުގެ 6 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަނުން ބުނެފި އެވެ.

ބިލިއަޑް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ބިޝާރު ވިދާޅުވީ މިއަހަރުގެ މުބާރާތަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ އަމިއްލަ ފަރާތްތަކުން ހިންގާ އޮފީސް ކުންފުނިތަކަށް މުބާރާތުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު ކަމަށެވެ.

ބިޝާރު ވިދާޅުވީ އެހެން ނަމަވެސް އަމިއްލަ އޮފީސް ތަކަށް މުބާރާތުގައި ބައިވެރި ވެވޭނީ އެ އޮފީހެއްގެ ޕޭރޯލްގައި 100 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ އޮފީސްތަކަށް ކަމަށެވެ.

އަމިއްލަ އޮފީސްތަކަށް ބައިވެރިވެވޭ ގޮތަށް ގެނައި މިބަދަލުގެ އިތުރުން މި މުބާރާތުގައި އަންހެން ކުޅުންތެރިން ވާދަކުރުމުގެ ފުރުސަތުވެސް ވަނީ ދީފަ އެވެ. އެގޮތުން ވީހާ ވެސް ގިނަ އޮފީސްތަކަކުން އަންހެން ކުޅުންތެރިން ބައިވެރިކުރުމަށް ބިލިއަޑް އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

އަންހެން ކުޅުންތެރިންނަށް މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ދިނުމާއި ގުޅޭ ގޮތުން ބިޝާރު ވިދާޅުވީ ރާއްޖޭގައި ބާއްވާ އެކި މުބާރާތްތަކުގައި އަންހެން ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދިނުމަކީ އެ އެސޯސިއޭޝަނުން އަބަދުވެސް އިސްކަމެއްދީގެން ކުރަން މަސައްކަތް ކުރަމުން އަންނަ ކަމެއް ކަމަށާއި އެގޮތުން މިއަހަރަކީ އެކަމަށް މިސްރާބު ހިފައިގެން މަސައްކަތްކުރާ އަހަރެއް ކަމަށެވެ.

ބިޝާރު ވިދާޅުވީ ފިރިހެން ކުޅުންތެރިންނެކޭ އެއް ވަރަކަށް އަންހެން ކުޅުންތެރިންނަށް މި ކުޅިވަރުން ފުރުސަތު ދިނުމަށް ބޭނުންވާ ކަމަށާއި އަދި އެފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް އެ އެސޯސިއޭޝަނުން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

ގައުމީ ޓީމު ވާދަކުރާ ބައެއް އިންޓަނޭޝަނަލް މުބާރާތްތަކަށް އަލިއަޅުވާލަމުން ބިޝާރު ވިދާޅުވީ ގިނަ މުބާރާތްތަކަށް ދިއުމުގެ ފުރުސަތު އަބަދުވެސް ލިބެމުން އަންނަނީ އަންހެން ކުޅުންތެރިންނާއެކު ހިމެނޭ ޑަބަލްސް ޕެއާތަކަށް ކަމަށާއި އެގޮތުން އަންހެން ކުޅުންތެރިން ގައުމީ ލެވެލްގައި ކުޅެމުން ނުދިއުމުގެ ސަބަބުން އެފުރުސަތުތައް ގެއްލެމުންދާ ކަމަށެވެ.

އޮފީސް މުބާރާތުގެ އިތުރުން އެ އެސޯސިއޭޝަނުން އަންނަނީ އަންނަ އެޕްރިލް މަހު އިންޓަރ ރިސޯޓް ބިލިއަޑް މުބާރާތް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. މި މުބާރާތަކީ އެ އެސޯސިއޭޝަނުން ރިސޯޓްތަކުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވަން މަސައްކަތްކުރާ ފުރަތަމަ މުބާރާތެވެ.

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި ހިނގާ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ހުޅުވާލާފައިވާ އިރު، މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 27 ވަނަ ދުވަހެވެ. އަދި މުބާރާތް ކުރިއަށްދާނީ މެއި މަހުގެ 6 އިން 23 ގެ ނިޔަލަށް އެމްޕީބީއޭ ކްލަބު ހައުސްގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު