Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރޯދަ ބާޒާރު

ރަމަޟާން މަހަށް އުރީދޫ އިން ވަރަށް ހާއްސަ އޮފަރތަކެއް!

ކޮންމެ ހަފްތާއެއްގައި ވެސް އަގުހުރި އިނާމުތަކެއް ލިބޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 15 މެއި 2018 | އަންގާރަ 17:48
އުރީދޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އުރީދޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރަމަޟާން މަހަށް ހާއްސަ ކޮށްގެން އުރީދޫ އިން ވަރަށް ހާއްސަ އޮފަރތަކެއް ތައާރަފު ކޮށްފިއެވެ.

އުރީދޫގެ ހުރިހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލެވޭ ލަކީޑްރޯއެއް ވަނީ ރޯދަ މަހު ފެށުމަށް ނިންމާފައެވެ. އެގޮތުން ކޮންމެ ހަފްތާއެއްގައި ވެސް އަގުހުރި އިނާމުތަކެއް ލިބޭ މި ލަކީޑްރޯގައި ބައިވެރިވުމަށް، “THAFAATHU POSTPAID” ޖައްސަވާފައި، 929 އަށް ހިލޭ އެސްއެމްއެސް އެއް ފޮނުވުމުން ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގައި އުރީދޫގެ ޚިދުމަތް މިހާރު ބޭނުންކުރައްވާ ކަސްޓަމަރުންނާއި، އަލަށް ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

ކޮންމެ ހަފްތާއެއްގެ ނަސީބުވެރިއަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:

• "50 ގެ ޓީވީ، އަދި ހޯމް ތިއޭޓަރ ކިޓް

• ނިއުރޭޑިއަންޓް ޓީމާއި އެކު، 5 ބޭފުޅުންނަށް ރޯދަ ވީއްލުން

• އައިފޯން X

• ކަނޑުއަޑީގައިވާ އިތާ ރެސްޓޯރަންޓުގައި، ދެ ބޭފުޅަކަށް މެންދުރު ކެއުން

އެންމެ ޚާއްސަ އިނާމުގެ ވެރިފަރާތް ހޮވިގެންދާނީ ރަމަޟާން މަސް ނިމުމުންނެވެ. އެގޮތުން ހޮވިގެންދާ ނަސީބުވެރި ފަރާތަކަށް، ދެބޭފުޅުންގެ ހަތަރު ރޭގެ ހުރުމާއިއެކު، ރާއްޖޭގެ އެންމެ ބޮޑު ކްރޫޒް ހޮޓެލްގައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އާއިލާ އާއި ރައްޓެހިންނަށް %100 އިތުރު ޑޭޓާ ހަދިޔާ ކުރައްވާ

މި ރަމަޟާންމަހު އުރީދޫގެ މަގޭ ޕްލޭން މެދުވެރިކޮށް އާއިލާގެ ބޭފުޅުންނަށް ނުވަތަ ރައްޓެހިންނަށްނަށް ޑޭޓާ ޕެކް ހަދިޔާކުރެއްވުމުން، ހަދިޔާކުރެއްވި ޕެކްގެ ޑޭޓާ އެލަވަންސް ދެގުނަ ވެގެންދާނެއެވެ.

ސޯޝަލް މީޑިއާ ޕެކް

މި ރޯދަމަހު ސޯޝަލް މީޑިޔާ ބޭނުން ކުރެއްވުމަށް އުރީދޫ އިން ގެނެސްދެނީ ވަރަށް ޚާއްޞަ ޕެކްތަކެކެވެ. މިގޮތުން، އެންމެ 99 ރ. އަށް ވަޓްސެއެޕް، ސްނެޕްޗެޓް، ވައިބާ އަދި އިންސްޓަގްރާމް ބޭނުންކުރެއްވުމަށް 3 ޖީބީ ލިބިގެންދާނެއެވެ. މި ޚިދުމަތް ހޯއްދެވުމަށް، *929*2*2# ޖެއްސެވުމަށް ފަހު 929 އަށް ގުޅާލައްވާށެވެ.

ސައުދީ އައިޑީޑީ އަދި ރޯމިންގް:

މި ރަމަޟާން މަހު، ސައުދީ އަށް ގުޅާލުން ފަސޭހަކޮށްދޭ ޕެކޭޖެއްކަމުގައިވާ، ސައުދީ ޕްލޭން 99 އުރީދޫ އިން މިއަދު ވަނީ ތަޢާރަފްކޮށްފައެވެ. އެންމެ 99 ރފ. ގެ މި ޚާއްޞަ ޕްލޭން މެދުވެރިކޮށް ސައުދީގައިވާ އާއިލާ އާއި ރައްޓެހިންނަށް ގުޅާލުމަށް 70 ހިލޭ މިނިޓް ލިބިގެންދާނެއެވެ. ހަމައެއާއި އެކު، ސައުދީ ޕްލޭން އެކްޓިވް ކަމުގައިވާނަމަ، ހިލޭ މިނިޓް ބޭނުންކުރުމަށްފަހުވެސް، މިނިޓަކު އެންމެ 2.99 ރފ. އަށް ސައުދީއަށް ގުޅާލެވޭނެއެވެ. މިޕެކޭޖް ބޭނުން ކުރެއްވުމަށް، “SAUDI” ޖެއްސެވުމަށްފަހު 4123 އަށް އެސްއެމްއެސްއެއް ފޮނުއްވުމުން ނުވަތަ *929*18# އަށް ގުޅާލުމުން، ޕެކް އެކްޓިވޭޓްވާނެއެވެ.

ހަމައެއާއި އެކު، ރަމަޟާން މަހުގެ ތެރޭގައި، ސައުދީއަށް ދަތުރުކުރައްވާ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް، އެގައުމުގައި ރޯމިންގް ބޭނުންކުރައްވާއިރު 15 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެއެވެ.

ސުޕަރނެޓް ބޯނަސް

މި ރޯދަމަހު، އުރީދޫގެ ހަލުވި ސްޕީޑުގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ އައު ކަނެކްޝަން އެއް އިޚްތިޔާރުކުރެއްވުމުން، 30 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެއެވެ.

ކައްކަނީ ކޯއްޗެއް؟

ރޯދަ ކުރުކުރުމަށް، އުރީދޫ އިން މިފަހަރު ގެނެސްދެނީ "ކައްކަނީ ކޯއްޗެއް؟" އެސް.އެމް.އެސް ކުއިޒް އެވެ. ކޮންމެ ދުވަހަކުވެސް، ކައްކަނީ ކޮންއެއްޗެއްކަން ދިމާކުރައްވައިގެން، މި ކުއިޒް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ވަރަށް ހިތްގައިމު އިނާމުތައް ލިބިގެންދާނެއެވެ.

ރޯދަމަހު މުޅިން ހިލޭ ލިބޭ ޚިދުމަތްތައް:

• އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4777 އަށް ފޮނުއްވާ.

• ރީތި ޓިއުންސް ޚިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ އަދި މަދަހަ ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4000 އަށް ފޮނުއްވާ.

• އެސްއެމްއެސް މެދުވެރިކޮށް ދީނީ ނަސޭހަތް ހޯއްދެވުމަށް، GOR ޖެއްސެވުމަށްފަހު 4546 އަށް ފޮނުއްވާ.

• އެސްއެމްއެސް މެދުވެރިކޮށް ކެއްކުމާއި ބެހޭ މައުލޫމާތު ހޯއްދެވުމަށް، GOC ޖެއްސެވުމަށްފަހު 4546 އަށް ފޮނުއްވާ.

ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުން ކުރައްވައިގެން ފިތުރު ޒަކާތް ދެއްކޭނެއެވެ. ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެއެވެ.

އުރީދޫ އިން ރަމަޟާންމަހަށް ހާއްސަ ޕްރޮމޯޝަންތަކާއި ޚިދުމަތްތަކުގެ އިތުރު މައުލޫމާތު އަދި ތަފްސީލް ooredoo.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު

އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު

14 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު