Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

އަބްދުﷲ ރިޔާޒުގެ ޓެރަރިޒަމް މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފި

15 މެއި 2018 | އަންގާރަ 13:50

2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން މަސައްކަތްކުރި: ދައުލަތް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 15 މެއި 2018 | އަންގާރަ 13:50
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒް (އަތުން ހަނާ އަޅަނީ)

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒް (އަތުން ހަނާ އަޅަނީ)

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމް ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ކުރިން ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ އަބްދުﷲ ރިޔާޒުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމް ދައުވާގެ އަޑުއެހުމެއް ބޭއްވުމަށް ހަމަ ޖައްސާފައި އޮތީ މެންދުރު ފަހު 15:00 ގައިއެވެ. ނަމަވެސް ރިޔާޒް އޭރު އިންނެވީ އޭނާއާއެކު ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތައް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން ބޭއްވި އަޑުއެހުމެއްގަ އެވެ.

Advertisement - newsAdvertisement

މިމައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ރިޔާޒު ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ގުޅިގެން ކުރަމުންދާ ސިޔާސީ މަސައްކަތުން އެކަހެރި ކުރުމުގެ ބޭނުމުގައި ކަމަށެވެ.

މިމަހުގެ ދެ ވަނަ ދުވަހު ބޭއްވި އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ދައުވާ އިއްވަމުން ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން ރިޔާޒް އިތުރު ބަޔަކާ ބައިވެރިވެގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި މަސައްކަތް ކުރަމުން އައިސްފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީން ދައުލަތް ހިންގުމަށް ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްލަހަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ރިޔާޒު އާއި އިތުރު ބަޔަކާ ގުޅިގެން ނެރުވާފައިވާ ކަމަށް ވެސް ދައުލަތުން އިއްވި ދައުވާގައި ބުނެފައިވެ އެވެ.

ރިޔާޒްގެ މައްޗަށް ވެސް މި ކުށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރިޔާޒު ގެންދަވަނީ މިހާރު ވެސް، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ހައި ކޯޓުން ނިންމާފައިވާ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ރިޔާޒުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް ރިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް