Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުހުތާޒްގެ ބޭސްފަރުވާ

ކުރީގެ ޕީޖީ މުހުތާޒްގެ ގަޔަށް 3 ވަނަ އިންޖެކްޝަން ޖަހައިފި

ބޭސްފަރުވާގެ ކަންކަން ފެށުނީއްސުރެ ކަރެކްޝަންސްއިން ކަންކަން ކުރަމުން ގެންދަނީ ޒިންމާދާރުކަން ކުޑަކޮށް: އާއިލާ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 15 މެއި 2018 | އަންގާރަ 11:58
ކުރީގެ ޕީޖީ މުހުތާޒް އޭޑީކޭގައި

ކުރީގެ ޕީޖީ މުހުތާޒް އޭޑީކޭގައި

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިންގެ ގަޔަށް ބާރުގަދަ 3 ވަނަ އިންޖެކްޝަން މިއަދު ޖަހައިފިއެވެ.

އޭޑީކޭގައި މުހުތާޒް އެޑްމިޓްކޮށްގެން މިއަދު 3 ވަނަ އިންޖެކްޝަން ޖަހާފައިވާއިރު، އޭނާއަށް ފަރުވާ ދިނުމަށްޓަކައި އަދި ހޮސްޕިޓަލުގައި ބާއްވާނެއެވެ.

Advertisement - newsAdvertisement

މުހުތާޒްއަށް ދޭން ޖެހޭ އެކަށީގެންވާ ބޭސްފަރުވާ ސަރުކާރުން ފޯރުކޮށްނުދިނުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ވަމުން އަންނަކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ. މުހުތާޒް ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއި ގުޅިގެން އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ މުހްތާޒްގެ ބޭސްފަރުވާގެ ކަންކަން ފެށުނީއްސުރެ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުން ގެންދަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް، ސިޔާސީ ކުލަ އޭގައި ވަރަށް ބޮޑަށް ޖައްސައިގެންކަމަށެވެ. އަދި ކަރެކްޝަނަލް ސަރވިސްއިން އަބަދުބެސް ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރާކަމުގައި ބުނިނަމަވެސް، މުހުތާޒްގެ ސިއްހީ ހާލަތު ގޯސްވެފައިވަނީ ކަރެކްޝަންސްއިން ޑޮކްޓަރުންގެ އިރުޝާދުތަކާއި ކަނޑައެޅިގެން ހިލާފަށް މުހުތާޒާއި މެދު އަމަލުކޮށްފައިވާތީ ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.

އެގޮތުން، ތަކުރާރުކޮށް 3 ޑޮކްޓަރުންނަށް ވުރެ ގިނަ ޑޮކްޓަރުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ފެތުމަށާއި ކޮންމެ ދުވަހަކު ހިނގުމަށް ފުރުސަތު ދިނުމަށް އިރުޝާދުދެއްވި ނަމަވެސް، އެކަންކަން ކުރުމުގެ މަގު ކަރެކްޝަންސްއިން ފަހިކޮށްދީފައިނުވާކަން އާއިލާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން ސްޕެޝަލް ޕްރޮޓެކްޝަން ހަމަޖައްސައިދީފައިވާކަމަށް ބުނިނަމަވެސް އަދި ބުރަމަސައްކަތާއި ގުދުވެ ކުރަންޖެހޭ މަސައްކަތް ނުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވީ ނަމަވެސް މުހްތާޒް ބޭއްވިފައިވަނީ ވައި ދައުރުކުރާނެ ގޮތެއް ނެތް، ކަރަންޓު އަދި ފަންކާއެއް ނެތް، ގޮޅިއެއްގައި އެކަހެރިކޮށް ރާއްޖޭގައި ތިބި އެންމެ ނުރައްކާތެރި ކުއްވެރިން ތިބޭ ޔުނިޓްގައިކަމަށް އާއިލާއިން ބުނެއެވެ. އަދި މިގޮޅިއަކީ ގިނަ އަދަދަކަށް ހިކަނދި، ކުރަފި، ރަތް ހިނި އަދި ތަފާތު ސޫފި ވަންނަތަނަކަށްވާތީ މުހުތާޒް އަމިއްލައަށް މަދުވެގެން ހަފްތާއަކު އެއްފަހަރު މުޅި ގޮޅި ދޮވެ ސާފުކުރަންޖެހޭކަމަށާއި އަދި ނިދުމަށް ބޭނުންކުރާ ބެޑްޝީޓް އަދި ބާލިސް އުރަ މަދުވެގެން ހަފްތާއަކު 1 ފަހަރު އަތުން ދޮންނަންޖެހޭކަމަށް އާއިލާއިން ފާހަގަކުރެއެވެ. އެހެންނަމަވެސް ކަރެކްޝަންސްއިން މިއީ ބުރަ އަދި ގުދުވެގެން ކުރަންޖެހޭ މަސައްކަތެއްކަމަށް އެއްވެސް ވަރަކަށް ޤަބޫލު ނުކުރާކަމަށް އާއިލާއިން އަންގާރަ ދުވަހު ނެރުނު ބަޔާނުގައިވެއެވެ.

މިއަދު މުހުތާޒްގެ ގަޔަށް ޖެހި އިންޖެކްޝަންއަށް އިޝާރާތްކޮށް އާއިލާއިން ބުނީ މުހްތާޒް 3 ވަނަ ފަހަރަށް އެޑްމިޓްކުރުމަށްފަހު އެޖެހި އިންޖެކްޝަނަކީ މުހްތާޒްގެ ބޭސްފަރުވާ ސިޔާސީ ކުރުމުގެ ވަރުގަދަ ހެއްކެއް ކަމަށެވެ. އަދި މުހުތާޒް މައިބަދައަށް އެންމެ ފުރަތަމަ މިމައްސަލަ ދިމާވި ދުވަހުން ފެށިގެން ޑޮކްޓަރުންގެ ލަފާއާއި އެއްގޮތަށް ކަރެކްޝަނަލް ސަރވިސް އިން އަމަލުކުރިނަމަ 2 ވަނަ އިންޖެކްޝަން އަދި 3 ވަނަ އިންޖެކްޝަނެއްވެސް މުހުތާޒްގެ ގަޔަށް ޖަހަން ނުޖެހުނީސްކަމަށް އާއިލާއިން ދެކޭކަމަށްވެސް އާއިލާގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން މުހުތާޒްއަށް ފާޅުގައި ދެމުންދާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލުމަށްފަހު މިވަގުތުން ފެށިގެންވެސް ޑޮކްޓަރުން ދެއްވާފައިވާ އިރުޝާދުތަކާއި އެއްގޮތަށް މުހުތާޒް ބަލަހައްޓަވާ ދެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އާއިލާއިން ގޮވާލާކަމަށް ބަޔާނުގައިވެއެވެ. އަދި ސްޕެޝަލް ޕްރޮޓެކްޝަން ޤައިދީންނަށް ލިބިދޭ ހުރިހާ ފަސޭހަތަކެއް ތަފާތު ކުރުމެއް ނެތި މުހުތާޒްއަށް ހަމަޖައްސައިދިނުމަށް ވެސް އާއިލާއިން ވަނީ ގޮވާލާފައެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުކަމަށް ކަނޑައަޅައި ކުރީގެ ޕީޖީ މުހުތާޒް 17 އަހަރަށް ޖަލަށް ލާފައިވަނީ ރައީސް ޔާމީން ހައްޔަރުކުރަން މާމިގިލީ ކޯޓުން ސައްހަ ނޫން ކޯޓު އަމުރެއް ނެރެން އުޅުނު ކަމަށް ބުނެ، އެމައްސަލައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު