Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރު ޒެނީޝާ

މަސައްކަތުގެ މާހައުލުގައި އަންހެނަކަށް ވީތީ ތަފާތު ގޮންޖެހުންތަކާއި ކުރިމަލިލާން ޖެހޭ: މިނިސްޓަރު ޒެނީޝާ

15 މެއި 2018 | އަންގާރަ 06:51

ވަޒީފާ އަދާކުރާ އަންހެނުންގެ 45 އިންސައްތައަކީ އަންހެނުން

އަމްނާ އިމާދު
އަމްނާ އިމާދު | 15 މެއި 2018 | އަންގާރަ 06:51
ޖެންޑާރ މިނިސްޓަރު ޒެނީޝާ...

ޖެންޑާރ މިނިސްޓަރު ޒެނީޝާ...

ވަޒީފާ އަދާކުރާ އަންހެނުންގެ 45 އިންސައްތައަކީ އަންހެނުން ކަމަށާއި ނަމަވެސް މަސައްކަތުގެ މާހައުލުގައި މަތީ ފަންތިތަކާ ހަމައަށް ވާސިލްވުމުގައި އަންހެނަކަށް ވީތީ ތަފާތު ގޮންޖެހުންތަކާ ކުރިމަތި ލާންޖެހޭ ކަމަށް ޖެންޑާރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

މުޖުތަމައުގައި އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން، އަންހެނުންނަށް ކަރަންޓުގެ މަސައްކަތްތައް ދަސްކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ހިންގި ކޯސްތައް ނިންމި ބައިވެރިންނަށް ސެޓްފިކެޓްތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ މިނިސްޓަރު ޒެނީޝާ ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ. ނަމަވެސް ވަކި ދާއިރާތަކަކީ ހަމައެކަނި ފިރިހެނުންނަށް ކުރިއަށް ދެވޭނެ ދާއިރާތަކެއްގެ ކަމަށް މިމުޖުތަމައުގެ ބައެއް މީހުން ދެކޭ ކަމަށާއި، މިއީ ހިތާމަ ކުރަންޖެހޭ ބޮޑު މައްސަލަ އެއް ކަމަށް މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކަރަންޓާ ގުޅުން ހުރި މަސައްކަތްތަކަކީ ފިރިހެނުންނަށް ހާއްސަ މަސައްކަތެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާކަން ފާހަގަކުރައްވާ މިނިސްޓަރު ޒެނީޝާ ވިދާޅުވީ މިފަދަ ދާއިރާތަކުގައި ފަންނީ ގޮތުން މަސައްކަތްކުރާ އަންހެނުން ވެސް މަދު ކަމަށެވެ. މިއީ އެކަމުގެ ސަބަބުން ގައުމަށް އެކަމަގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ.

މީގެ އިތުރަށް މިނިސްޓަރު ޒެނީޝާ ވިދާޅުވީ ރާއްޖޭގައި މަތީ ފަންތީގައި މަސައްކަތް ކުރާ އަންހެނުން އަދި ވެސް ނިސްބަތުން މަދު ކަމަށާއި، މަތީ ފަންތިތަކާ ހަމައަށް ވާސިލްވުމުގައި އަދިވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތި ލާންޖެހޭ ކަމަށެވެ.

ކަރަންޓުގެ މަސައްކަތްތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ކޯސްތައް ނިންމި 150 ބައިވެރީންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ.

ފެބްރުއަރީ މަހު ސްޓެލްކޯއިން އިފްތިތާހު ކުރި މިކޯސްތަކަކީ ސިލްސިލާކޮށް ކުރިއަށް ގެންދާ ކޯސްތަކެވެ. އަދި މިހާތަނަށް އަށް ބެޗެއް ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ވޯޓާސް ލިސްޓްގެ ތަފާތު ތިން ލިސްެޓެއް، ސައްޚަ ލިސްޓް ނޭނގި ސޮޔެއް ނުކުރެވޭނެ: ޖޭޕީ

18 އެޕްރީލު 2017
 ވޯޓާސް ލިސްޓްގެ ތަފާތު ތިން ލިސްެޓެއް، ސައްޚަ ލިސްޓް ނޭނގި ސޮޔެއް ނުކުރެވޭނެ: ޖޭޕީ
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
31 މާރިޗު 2017

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!
13 މާރިޗު 2017

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް
08 މާރިޗު 2017

އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ

08 މާރިޗު 2017
އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް