Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަވައިއަން

ހަވައިގެ އަލިފާން ފަރުބަދައަކުން ލާވާ ވައިގެ ތެރެއަށް ފޮނުވާލައިފި

މިއީ އަލިފާން ވައިގެ ތެރެއަށް ފޮނުވާލި 16ވަނަ ފަހަރު

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 14 މެއި 2018 | ހޯމަ 04:52
ބިގް އައިލެންޑްސްގައި ހުރި ޕާކެއް

ބިގް އައިލެންޑްސްގައި ހުރި ޕާކެއް

އެމެރިކާގެ ހަވައިއަންގެ ސްޓޭޓްގެ ބިގް އައިލެންޑްސް ސިޓީގައި ހުރި އަލިފާން ފަރުބަދައަކުން ހޮނިހިރު ދުވަހު އަނެއްކާވެސް ހޫނު ލާވާ ވައިގެ ތެރެއަށް ފޮނުވާލައިފިއެވެ.

މިއީ ކިލުއެއަގެ ނަން ދެވިފައިވާ އަލިފާން ފަރުބަދަ ލާވާ ވައިގެ ތެރެއަށް ފޮނުވާލި 16 ވަނަ ފަހަރެވެ. މިފަހަރު ލާވާ ފޮނުވާލައިފައި ޖިއޯތާމަލް އެނާޖީ ޕްލާންޓް ކައިރިންނެވެ. މިއީ ކުރީފަހަރު ލާވާ ފޮނުވާލި ދިމާލާއި އެއްމޭލު ދުރުމިނުގައި ވާ ސަރަހައްދެކެވެ.

ލާވާ ވައިގެ ތެރެއަށް ދިޔަ ނަމަވެސް ނަމަވެސް ބިމުގެ ޒަރީއާއިން ދައުރު ވަމުންނެއް ނުދެއެވެ. ނަމަވެސް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ގާތްގަޑަކަށް 000،200 ލީޓަރުގެ ކެމިކަލް ކޮމްޕައުންޑެއް ކަމުގައި ވާ ޕެންޓޭން ވަނީ އެ ސަރަހައްދުން ބޭރު ކޮށްފައެވެ. ޖިއޮލޮޖިސްޓުން ވަނީ ފަރުބަދައިގެ ތެރެއިން ބޮޑެތި ގާތަކާއި ބޯދުންތައް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ބޭރުވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

އެހެން ނަމަވެސް ބިގް އައިލެންޑްސްގައި ފަތުރުވެރި ކަމުން މަންފާ ނަގަމުން ދާ ފަރާތްތަކުން ދަނީ މިހާލަތުގައި ވެސް ފަތުރުވެރިކަމަށް ބުރޫނާރާވޭތޯ ބަލަމުންނެވެ. އެ ސަރަހައްދުގެ ފަތުރުވެރި ކަމާ ބެހޭ މާހިރުން ވިދާޅުވަނީ އަލިފާން ފަރުބަދައިގެ ސަބަބުން ނުރައްކާ ވަނީ ވަރަށް ކުޑަ ހިސާބަކަށް ކަމަށެވެ.

ރައީސް ޑޮނަލްޑް ޓުރަމްޕް ހުކުރު ދުވަހު ވަނީ ހަވައިގެ ފަރުބަދަ ހުރި ހިސާބު ކަމަށްވާ ބިގް އައިލެންޑްސް ގައި ގުދުރަތީ ކާރިސާގެ ހާލަތު އިއުލާން ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

23 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

23 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
20 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ

20 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ
16 ޖޫން 2017

ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް

16 ޖޫން 2017
ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް
13 ޖޫން 2017

ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި

13 ޖޫން 2017
ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު