Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު އަސްލަމް

ރައީސް ނަޝީދު ކުރިމަތިލައްވަނީ ރައްޔިތުން އެދޭތީ:އަސްލަމް

12 މެއި 2018 | ހޮނިހިރު 03:51

މިއީ ދީން ހިމާޔަތް ކުރުމަށާއި ރައްޔިތުންގެ މިނިވަންކަން ހޯދުމަށް ފަށާ މަސައްކަތެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 12 މެއި 2018 | ހޮނިހިރު 03:51
އަސްލަމް ޖަލްސާގައި ވާހަކަ ދައްކަވަނީ

އަސްލަމް ޖަލްސާގައި ވާހަކަ ދައްކަވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވަނީ ރާއްޖޭގެ ރައްޔިތުން އެމަނިކުފާނު އެރައްޔިތުންނަށް ވެރިކަން ކޮށްދެއްވުމަށް ރައީސް ނަޝީދު ވަޑައިގަންނަވަން ބޭނުންވާތީ ކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ރައީސް ނަޝީދުގެ ކެމްޕެއިން ލޯންޗް ކުރުމަށް ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މިފެށޭ މަސައްކަތަކީ ދަރިންނާ ދަރިންގެ ދަރިންނަށްޓަކައި އާއުއްމީދުތަކެއް ހޯދުމަށް ފަށާ މަސައްކަތެއް ކަމަށާއި މިއީ މުޖުތަމައު ރައްކާތެރިކުރުމަށާއި ޤައުމުގެ މަސްލަހަތު ދަމަހައްޓާ ދިވެހިންގެ ދީން ހިމާޔަތް ކުރުމަށް ފަށާ މަސައްކަތެއް ކަމަށެވެ. އަދި ރައީސް ނަޝީދު ހުންނެވީ އެކަން ކުރައްވަން ތައްޔާރަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ ކެމްޕެއިން މެނޭޖަރެއްގެ ހައިސިއްޔަތުންއެހީތެރިކަން ދެއްވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރައްވާ ކަމަށާއި މިހާރުވެސް މަސައްކަތް ކުރަމުން މިދަނީ ރައީސް ނަޝީދުގެ ލަފާގެ މަތިން ކަމަށެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދާ ދެކޮޅަށް މަސައްކަތް ކުރާމީހުން އުފައްދާ ސުވާލަކީ ކުރިމަތިނުލެވޭ މީހަކު ކުރިމަތިލަނީ ކީއްވެހޭ ކަމަށާއި ޖަވާބަކީ ގިނަރައްޔިތުން ހިތާރުހުމުން ބޭނުންވަނީ ރާއްޖޭގެ ވެރިއަކަށް ރައީސް ނަޝީދު ގެންނަވަން ކަމަށާއި ރައީސް ނަޝީދު ކުރިމަތިލައްވަން އެތައްބަޔަކު އެދޭކަމަށެވެ.

ރައީސް ނަޝީދާ ދެކޮޅަށް އެތައްކަމެއްކޮށް އެމަނިކުފާނާ ދެކޮޅަށް ނާއިންސާފް ޝަރީއަތެއްކޮށް ހުކުމެއް ކުރީމާ ސުޕްރީމް ކޯޓުން އެކަން ބާތިލް ކުރުމުން އެކަން ބަލައި ނުގަތީ ކަމަށާއި އެކަމަށް ބަލައިގެން ފަހަތަށް ޖެހިގެން ތިބެވެން ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ،

އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ ނަންފުޅު 2018 ގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށާއި ޔާމީންގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށެވެ. އަދި ޖަޒީރާ މިޤައުމުގެ ރައްޔިތުންގެ އުއްމީދުތައް ހަޤީގަތަކަށް ހައްދަވައިދެއްވާނެ ވެރިއަކީ ރައީސް ނަޝީދު ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދު ދީނީ އަދި އިޖުމތިމާއީ ކަންކަން ކުރިއަރުވާ ދަމަހައްޓާނެ ކަމަށާއި މިނިވަން ނޫސްވެރިކަމެއް ގެނެސް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދައިދެއްވާނެ ކަމަށެވެ. ކަނޑުފަޅުގެ ނަފާވެރިކަން ހޯދައިދޭނެ ކަމަށާއި ދަތުރުފަތުރަކުން އަނެއްކާވެސް މުޅި ރާއްޖެ ގުޅާލައްވާނެ ކަމަށެވެ. މިފަދަ ޖަޒީރާ ރަށްތަަކުގެ ރައްޔިތުންގެ އެތައް އުއްމީދެއް ހަޤީގަތަކަށް ހަދައިދެއްވާނީ ރައީސް ނަޝީދު ކަމަށާއި އެހެންވީމާ ރައީސް ނަޝީދަށް ޕްރައިމަރީގައި ހުރިހާ ބޭފުޅުން ވޯޓު ދެއްވުން އެދޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް