Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދު 2018

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

އެމަނިކުފާނުގެ ސިޔާސަތަކީ ރަށުގެ ވަށައިގެން ހިމެނޭ ގުދުރަތީ މުއްސަދިކަމުގެ ފައިދާ އެ ރަށަކަށް ލިބޭ ސިޔާސަތެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 11 މެއި 2018 | ހުކުރު 18:17
ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ

ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ

ކުރިއަށް އޮތް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަޒީރާ މެނިފެސްޓޯގައި ހިމެނޭ، ނޫ އިޤްތިސާދުގެ ސިޔާސަތު ހާމަކުރައްވައިފި އެވެ.

އެ ސިޔާސަތު ހާމަކޮށްދެއްވީ، ކުރިއަށް އޮތް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި، ޕްރައިމަރީގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު ނަޝީދު އެވެ.

ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ރަށުގެ ވަށައިގެން ހިމެނޭ ގުދުރަތީ މުއްސަދިކަމުގެ ފައިދާ އެ ރަށަކަށް ލިބޭ ސިޔާސަތެއް ކަމަށާއި، އަތޮޅު ދުނީގައި ހިމެނޭ ގުދުރަތީ މުއްސަދިކަމުގެ ފައިދާ އެ އަތޮޅަކަށް ލިބޭ ލާމަރުކަޒީ ނިޒާމްގެ ސިޔާސަތެއް ކަމަށެވެ. އަދި އާބާދީ މަރުކަޒުކުރެވި މާލެ ތޮށްޖެހުން ކުޑަކުރުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނާއި، އަދި މެދުރާއްޖެ ތެރޭގައި އެކަށީގެންވާ މުއްދަތަކަށް ޑިއުޓީއާއި ޓެކްސް މާފުކުރެވިފައިވާ އިޤްތިސާދީ މަރުކަޒުތަކެއް މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމްކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މިބަދަލަކާއެކު މި މަރުކަޒުތަކުގައި ވިޔަފާރީގެ ފުރުސަތުތަކާއި އިޤޤތިސާދީ ހަރަކާތްތައް މާލެއަށްވުރެ ލުއިފަސޭހަކުރެވި މާލޭގެ އާބާދީ މާލޭގެ ޖާގައަށް އެކަށީގެންވާ މިންވަރަށް ބަދަލުވާނެ. ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކީ ގަރުބަގަތީއްސުރެ ނެތިދިއުމަށްދަންދެން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒަމްގެ ހިޔާދަށުގައި ދެމި ހުންނަންޖެހޭ މީހެއް"

ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ މުޅި އިޤްތިސާދަށް ލިބޭ އާމްދަނީ ބިނާވެފައިވަނީ ތިމާވެށީގެ މައްޗަށްވާއިރު، އެމަނިކުފާނުގެ މުޅި ސިޔާސަތު ލާމެހިފައިވާނީ ތިމާވެއްޓާއިކަމަށެވެ. އަދި ތިމާވެށި ދިރުވައިކުރިއެރުވުމަކީ އިޤްތިސާދު ކުރިއެރުވުމަށް ވަރަށް މުހިންމުކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ނޫ އިޤްތިސާދުގެ ސިޔާސަތަކީ ލޯ ކާބަން ޑިވޮލޮޕްމަންޓް ސްޓެރަޓަޖީއެއް ކަމަށެވެ. މި ސްޓެރަޓަޖީ ބިނާވެފައިވަނީ ދުމާއި ގެނދަބުޅިއާ ނުލާ ކަމަށާއި، ގަސްތައް ކަނޑާ، ކުޅިތައް ހިއްކާ ފަނާކުރަނަވި ކަންތައްތަކާއި މުޅިން ދުރު ސްޓެރަޓަޖީއެއް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ނޫ އިޤްތިސާދުގެ ބޭނުމަކީ ކޮންމެ ގެޔެއްގެ އާމްދަނީ މައްޗަށް ޖެއްސުންކަމަށާއި، ތަރައްޤީގެ ނާރެހަކީ މާދުރުގައި އޮންނަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއްގެ ބަދަލުގައި ދިރިއުޅޭ ގޯތި ތެރޭގައި ކުރެވޭ ހަރަކާތަކަށް ހެދެންޖެހޭކަމަށެވެ.

"މި އިޤްތިސާދުގައި ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީގެ އަދަދު އިތުރުކުރެވި، ތަކެތީގެ އަގު އަތްފޯރާ ފަށަށް ތިރިކުރެވޭނެ. ކުރާ ވިޔަފާރީގެ ފައިދާ އިތުރުކުރެވޭނެ. މީސްކޮޅު މަދު ރާއްޖޭގެ ކޮންމެ މީހަކު އުފައްދާ މިންވަރު މަތިކުރެވޭނެ އާ ގޮތްތައް ހޯދޭނެ. ސަރުކާރުގެ ވިޔަފާރި ކުޑަކޮށް، ސަރުކާރު ހިންގާ ކުންފުނިތަކުގެ އިސްރާފް މަދުކުރެވޭނެ"

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު