Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު 2018

ވޯޓު ކަރުދާސްކޮޅުގައި އަޅުގަނޑުގެ ނަން ބޭއްވުމާއިމެދު އެންމެފަހު ނިންމުން ނިންމާނީ ރައްޔިތުން: ރައީސް ނަޝީދު

11 މެއި 2018 | ހުކުރު 17:43

އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ތާއީދު ބޮޑު، އަދި އެންމެ މެމްބަރުން ގިނަ ޕާޓީ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 11 މެއި 2018 | ހުކުރު 17:43
2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ

2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އެމަނިކުފާނުގެ ނަން ބޭއްވުމާއިމެދު އެންމެފަހު ނިންމުން ނިންމާނީ ރައްޔިތުންކަމަށާއި، އެމްޑީޕީން އިހުތިޔާރްކުރާ ކެނޑިޑޭޓަކަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ އެއްވެސްގޮތެއް ނޯންނާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެމަނިކުފާނުގެ ކެމްޕޭން ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ތާއީދު ބޮޑު، އަދި އެންމެ މެމްބަރުން ގިނަ ޕާޓީކަމަށެވެ. އަދި އެމްޑީޕީގެ އާންމު މެމްބަރުން އިހުތިޔާރުކުރާ ކެނޑިޑޭޓަކަށް އިންތިހާބުގައި ވާދަނުކުރެވޭނެ އެއްވެސްގޮތެއް ނޯންނާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވިގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިހާތަނަށް ރާއްޖޭގެ ރައްޔިތުން ނިންމާނެ އެންމެ މުހިންމު ނިންމުން ނިންމާނެ އިންތިހާބުކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު، މުހިންމުވާ ގިނަ ސަބަބުތައް އެމަނިކުފާނު ވިދާޅުވެދެއްވާފަ އެވެ.

"ތަކެތީގެ އަގު ދަނީ އުފުލެމުން. އާމްދަނީ މަދުވެއްޖެ. ޖީބަށް އެއްގޮތަކަށްވެސް ނުކަތާވަރުވެއްޖެ. ގޭގެ ކުލި ދެއްކނީ ކިރިޔާ. ބާނާ މަސްކޮޅުގެ އަގު ވެއްޓިއްޖެ. ޓުވަރިސްޓުން އަންނަ އަދަދު މަދުވެއްޖެ. ދިވެހިރާއްޖޭގެ އިޤްތިސާދު މާބޮޑުތަނުން މަޑުޖެހިއްޖެ. ވެރިންކުރާ ވައްކަމާއި، ފަސާދަ އިންތިހާއަށް އިތުރުވެއްޖެ. ހަނގުރާމަވެރި ޖަމާއަތްތަތަކާއި ދިވެހިން ގުޅެން ފަށައިފި. ދިވެހި ޒުވާން ޖިންސުންލަތީފުން ހަނގުރާމަވެރިންގެ ޖާރިޔާއިންގެ ގޮތުގައި ވިއްކަން ފަށައިފި. ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަލާކުކޮށްފި. ރަށްރަށާއި ސިޓީތައް ހިންގުމުގެ ތެރެޔަށް ދިވެހިން އަތްބާނާ އެތަންތަނުގެ ހިންގުން ހުއްޓުމަކަށް ގެނެސްފި. ރާއްޖެ އިންތިހާއަށް ދަރަނިވެރިވެއްޖެ."

ތަރައްޤީގެ މަޝްރޫއުތަކަށް އަބަދުވެސް ރާއްޖެއިން ލޯނު ނަގާކަން ފާހަގަކޮށް، ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖެއިން ލޯނު ނަގަމުން އަންނަނީ ކުރާ މަސައްކަތުގެ އަގާއި އެއްހަމައަށް އަދި އަނބުރާ ދެއްކޭނެފަދަ ލޯނުތަކެއް ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން އެ ހަމަ ދޫކޮށްލާފައިވާކަމަށާއި، މިއަދު ގިނަ ލޯނުތައް ނަގަމުން ދާނީ ޗައިނާއިންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމޭރުމުން ވާހަކަކުރިއަށްގެންދަވަމުން ރައީސް ނަޝީދު ވިދާޅުވީ ނަގަމުންދާ ގިނަ ލޯނުތައް ނަގަމުންގެންދަނީ އަނބުރާ ނުދެއްކޭނެފަދަ ގޮތަކަށް ކަމަށާއި، އެހިސާބުން ލޯނު ނުދެއްކުމާއެކު އޭގެ ބަދަލުގެ ގޮތުގައި ޗައިނާގެ ބޭންކުތަކުން ރާއްޖޭގެ ބިންތަކަށް ވެރިވެގަތުމަށް މަސައްކަތްކުރާކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ މަސްލަހަތުވެސް ގެއްލިގެންދާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ޗައިނާގެ ބާރު ފޯރާ ބިން ރާއްޖޭގައި އޮވެއްޖެނަމަ އެކަމުގައި އިންޑިއާ ނުހަނު ނުތަނަވަސްވޭ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް އަޅުގަނޑު ނިޔަތްގަނެމިހުރީ އެ އިންތިހާބުގައި ބައިވެރިވެ އަދި އެ އިންތިހާބް ކާމިޔާބްކުރުމުގެ ނިޔަތުގައި. ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއް އުފައްދާ، އެ ވެރިކަމުގެ ދަށުން ރައްޖެ ހިންގާ ރާއްޖޭ އިސްލާހްކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސްކޮޅުގައި. އަޅުގަނޑުގެ ނަން ބޭއްވުމާއިގުޅޭ އެންމެފަހުބަސް ބުނާނީ ތިޔަ ބޭފުޅުން"

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް