Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ސިޔާސީ މަސްރަހު

ސިޔާސީ ވެރިންގެ ހަތިޔާރަކަށް އަނެއްކާ ވެސް ދީނާއި ގައުމިއްޔަތުގެ ކާޑު!

ދެކޮޅު ޖަލްސާތަކުން ވެސް އިވެނީ ތަކުބީރުގެ އަޑު

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2018 | ހުކުރު 18:46
"މަގޭ ދީނާ މަގޭ ގައުމާ ނުކުޅެއްޗޭ"ގެ ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާ

"މަގޭ ދީނާ މަގޭ ގައުމާ ނުކުޅެއްޗޭ"ގެ ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާ

ދީނާއި ގައުމިއްޔަތަކީ ކޮންމެ ގައުމެއްގައި ވެސް މުހިންމު އެއްޗެކެވެ. ދީނާއި ގައުމިއްޔަތުގެ ނަމުގައި ވަރަށް ގިނަ ގައުމުތަކެއްގައި ބޮޑެތި ހަނގުރާމަތައް ކޮށްފައި ވެއެވެ. މިހާރު ވެސް ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވެއެވެ. ދީނީ ސިޔާސަތާއި ގައުމިއްޔަތުގެ ނަމުގައި އާންމު ރައްޔިތުމީހާގެ ސިކުނޑިއަށް ވެރިވެގަތުމަކީ ފަސޭހަ ކަމެކެވެ. އެކަން ސިޔާސީ ފަރާތްތަކަށް ވެސް އެނގެއެވެ. ރާއްޖޭގައި ވެސް މިކަން އޮތީ މިހެންނެވެ. ދީނާއި ގައުމިއްޔަތުގެ ކާޑަކީ ސިޔާސީ ފަރާތްތަކުން ވަރަށް ހާއްސަ ދަނޑިވަޅުތަކުގައި ވަރަށް މޮޅަށް ބޭނުންކުރައްވާ ކާޑެކެވެ. މި ދުވަސްވަރަކީ ވެސް އަނެއްކާ އެ ދެކާޑުގެ ބޭނުން ނުހަނު ފުރިހަމަ ގޮތުގައި ސިޔާސީ ފަރާތްތަކުން ހިފަމުންދާ ދުވަސްވަރެކެވެ.

"މަގޭ ދީނާއި މަގޭ ގައުމާ ނުކުޅެއްޗޭ" ބުނެލާ ކޮންމެ ފަހަރަކު ހިތަށް ޝުއޫރުތަކެއް ވެރިވެގެން ދަނީ އެއީ ކޮންމެހެން ތިމާ މާބޮޑު ދީންވެރިންއަކަށް ނުވަތަ ގައުމިއްޔަތުން ފުރިވެގެންވާ މީހަކަށް ވާތީއެއް ނޫނެވެ. އެއީ އިންސާނާގެ ސިކުނޑި އަށް ގުދަރަތީ ގޮތުން ވެސް އަސަރުކުރުވާ ކަމަކަށް ވީތީއެވެ. އޭގެ ހެއްކަކަކީ ތިމާގެ ވަނާތައް ހާމައަށް ދައްކަމުން ވެސް ދީން ރައްކާތެރިކުރުމަށް ޕޯޑިއަމްތަކުގައި ގޮވާލާ އަޑާ އެކު އަތްތިލަބަޑީގެ އަޑު ގަދަވެގެންދާ ކަމެކެވެ. ސިޔާސީ ވެރިންނަށް މިކަން ވަރަށް ރަނގަޅަށް އެނގެއެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު ރާއްޖޭގެ ސިޔާސީ ތިލަފަތް އެއްކޮޅުން އަނެއްކޮޅަށް ބަދަލުވެގެން ދިޔައިރު ސަރުކާރު ކުޑަކަކޫ މައްޗަށް ޖެހުނު ވަގުތު އެންމެ ބޮޑު ބޭނުމެއް ހިފަން ފެށީ ވެސް ދީނާއި ގައުމިއްޔަތުގެ ކާޑެވެ. ދެގަޑިން ދެގަޑިން ކާ ބޭހެއް ހެން ނިއުސް ކޮންފަރެންސްތައް ބާއްވައި މިވެނި ގޮތަކަށް ވެއްޖެ ނަމަ ރާއްޖެ އިން އިސްލާމް ދީނު ފޮހެވިގެންދާނެ ކަމަށް ބުނެ ސިޔާސީ ވެރިން ވާހަކަ ދައްކަމުން ގެންދިޔައެވެ. ދިވެހިންނަށް ވިސްނައިދެމުން ގެންދަނީ މި ނޫން ސަރުކާރެއް އަތުވެއްޖެ ނަމަ ގާދޫ ކޮލުން އިސްލާމް ދީން ބޭރުވެގެންދާނެ ވާހަކައެވެ.

މި ވާހަކަތައް މި ގޮތުގައި އޮއްވައި އިދިކޮޅު އެންމެ ވަރުގަދަ ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކާ އެކު ސަރުކާރުގެ ވެރިންނަށް ހީވީ އީދު އައިހެންނެވެ. ރައީސް ނަޝީދުގެ ޓްވީޓުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިނިވަންކުރުމަށް ބޭރުއެޅުމަށްޓަކައި، އިންޑިޔާގެ އަސްކަރިއްޔާއިން ބެކްކުރާ މަންދޫބަކު ފޮނުވަން ގޮވާލައްވާފައިވެ އެވެ.

އެ ވާހަކައާ އެކު ސަރުކާރުން އެކަން ތަރުޖަމާ ކުރީ، އަބަދުވެސް ސަރުކާރުން ކަންކުރާ ސްޓައިލްގައި ޓްވިސްޓްކޮށްލައިގެންނެވެ. ސަރުކާރުގެ ތަރުޖަމާއަކީ ރައީސް ނަޝީދު ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖެ އައިސް ރާއްޖެ އަޅުވެތިކުރުމުގެ ވާހަކައިގެ ގޮތުގަ އެވެ. ސަރުކާރުގެ ސަޕޯޓަރުންނަށް މި ވާހަކަ ކަމުދިޔަ އެވެ.

ސަރުކާރުން ބާއްވާ ޖަލްސާތައް އަމާޒުކޮށްފައި ވަނީ އިސްލާމް ދީނާއި ގައުމުތަކުގެ ވާހަކައަށެވެ. ދިވެހިންގެ ހިތްތަކަށް އަސަރުކުރާނެ ހެން ދީނޭ ގައުމިއްޔަތޭ ކިޔައިގެން، ދޫހެލޭ ބޭފުޅުން ލައްވައި ދަނީ ވާހަކަ ދައްކަވަމުންނެވެ. މާޒީގައި ގައުމު އަޅުވެތި ދުވަސްތަކުގެ ވާހަކަ ދައްކައި މާތް ﷲ ގެ ކުޅަދުންވަންތަކުމުގެ ވާހަކަތައް ދަނީ ހަނދާން ކޮށްދެމުންނެވެ. ޚުދު ރައީސް އަބްދުﷲ ޔާމީންގެ ވާހަކަފުޅު ވެސް ބައްޓަންކުރައްވަނީ އެފަދަ ގޮތަކަށެވެ. ނަމަވެސް ހަގީގަތަކީ ދީނާއި ގައުމިއްޔަތުގެ ކާޑަކީ ސިޔާސީ ކާޑެއް ކަމެކެވެ. އިދިކޮޅުފައި ވެސް ސަރުކާރުގައި ތިބި ފަދަ ދިވެހި ރައްޔިތުންނެވެ. އިސްލާމްދީން ގަބޫލުކޮށްގެން ތިބި މީހުންނެވެ. ދީނީ އިލްމުވެރިންނެވެ. އިދިކޮޅުގައި ލާދީނީ މީހުން ތިބި ނަމަ ސަރުކާރު ފަޅީގައި ވެސް ފާފަވެރިން އެބަ ތިއްބެވެ. ދެ ފަޅީގައި ވެސް ވަގުން އެބަ ތިއްބެވެ. ތިލަފަތަކުން ކިރާލައިފި ނަމަ ފަހަރުގައި ކޮންމެ ވެސް އެއްފަޅިއަކަށް މީހުން ގިނަ ވެދާނެއެވެ. ނަމަވެސް މާތް ރަސްކަނލާންގެ ކޯފާ ފޮނުއްވަނީ ނުވަތަ ސަވާބާއި އަޒާބު ދެއްވަނީ ޑިމޮކްރަސީގައި އޮންނަ ފަދައިން މެޖޯރިޓީއަކަށް ބަލައިގެންނެއް ނޫނެވެ. ނުވަތަ މާތް ﷲ ވޮޑިގެން ވަނީ އެއިރެއްގައި އޮންނަ ސަރުކާރަކާ އެކުގައި ކަމަށް ބުނުމަކީ ވެސް ހަމަޖެހޭ ކަމެއް ނޫނެވެ.

ޕީޕީއެމްއިން ނުބުނި ނަމަވެސް، ކަންކަން ތަގުދީރުކުރައްވަނީ މާތް ﷲ ކަން އެނގެ އެވެ. ފެބްރުއަރީ 1 އެއީ ރޭވުމެއް ކަމަށްވާ ނަމަ އެ ރޭވުން ރޭވުމުގައި ވެސް ބަޔަކު ވާގި އެދޭނީ ﷲ ގެ ކިބައިންކަން ޔަގީނެވެ. ހަމަ އެހެންމެ ބާރުގެ ބޭނުންކޮށް އެ ރޭވުން ރައީސް ނާކާމިޔާބު ކޮށްލުމުގައި ވެސް ވާގި އެދޭނީ މާތް ﷲ ގެ ކިބައިންކަން އެއީ ނޭނގޭ ކަމެއް ނޫނެވެ. ސުޕްރީމް ކޯޓްގެ އަމުރަށް ތަބާނުވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރުންނާއި ކުރީގެ ރައީސް މައުމޫނު ހައްޔަރުކުރެވުމަކީ ބަޣާވާތް ރޫޅާލެވުން ކަމަށް ގަބޫކުކޮށް، އަދި އެކަން އެގޮތަށް ހިނގީ ﷲ ގެ ތަގްދީރުން ކަމަށް ގަބޫލުކުރާނަމަ، ސުޕްރީމް ކޯޓްގެ އަމުރަކީ ވެސް ތަގުދީރުން މިންވަރުކުރެއްވި ގޮތް ކަމަށް ރައީސް ޔާމީން ގަބޫލުކުރައްވަންޖެހޭނެ އެވެ.

އެހެންކަމުން ދީނާއި ގައުމުތަކުގެ ކާޑަކީ ވަކި ބަޔަކަށް އޮތް އެއްޗެ ނޫނެވެ. ސަރުކާރާ އެކުގައި ވެސް ތިބީ ދިވެހި ރައްޔިތުންނެވެ. ހަމަ އެފަދައިން އިދިކޮޅުގައި ވެސް ތިބީ ގައުމިއްޔަތު ހިތުތެރޭގައި ކެކިކެކި އަރައި ތިބި ދިވެހިންނެވެ. އިސްލާމްދީނުގެ މަތީގައި ތިބި ދިވެހިންނެވެ. އޭގެ ހެއްކަކީ އިދިކޮޅު އެއްވުންތަކުގައި ވެސް ހޫރަނީ ފެއްސާއި ރަތާއި ހުދުގެ ދިދަ ކަމެވެ. ދުއާކުރަނީ މާތް ﷲ ކަމެވެ. ކިޔަނީ ހަމަ އެ އާޔަތްތައް ކަމެވެ. ގުގުމަނީ ﷲ އަކްބަރުގެ އަޑެވެ. ވަކި ބަޔަކު ވެރިކަމަށް އައުމުން ގާދޫ ކޮލުން ދީން ބޭރުވެ ދިވެހިންގެ ހިތުން ގައުމިއްޔަތު ގެއްލި ބޭރުގެ އަޅުވެތިކަމަށް ދާނެ ކަމަށް ގަބޫލުކުރުމަކީ މޮޔަ ހިޔާލެކެވެ. އިދިކޮޅުގައި ވެސް ތިބީ ވެރިކަން ކޮށްފައި ތިބި ފަރާތްތަކެވެ. އެފަރާތްތަކުގެ ވެރިކަމުގައި ވެސް ދީން ދެއްކީ އިސްލާމްދީން ހިމާޔަތްކުރުމުގެ ވާހަކައެވެ. ގައުމިއްޔަތު ދިފާއުކުރުމުގެ ޝިއާރުތަކެވެ. އެހެންކަމުން ދީނީ ކާޑަކީ ވަގުތީ ކާޑެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

26 މާރިޗު 2017
މިކަން ސިޔާސީ ނުކުރާށެވެ!

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު