Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެލޭޝިއާ އާއްމު އިންތިޚާބު

ބޮޑުވަޒީރު ކަމުގެ ހުވާ މަހާތިރު ބުރާސްފަތި ދުވަހު ކުރައްވާ ގޮތަށް ހަމަޖެހިފައި ނުވޭ

މަހާތީރު ވިދާޅުވެފައި ވަނީ އެމަނިކުފާނު ބުރާސްފަތި ދުވަހު ހުވާ ކުރައްވާ ގޮތައް ހަމަޖެހިފައިވާ ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 10 މެއި 2018 | ބުރާސްފަތި 05:41
އަލަށް އިންތިޚާބުވި ބޮޑުވަޒީރު މަހާތީރު ބުދަ ދުވަހުގެ އާއްމު އިންތިޚާބުގައި ވޯޓު ލައްވަނީ

އަލަށް އިންތިޚާބުވި ބޮޑުވަޒީރު މަހާތީރު ބުދަ ދުވަހުގެ އާއްމު އިންތިޚާބުގައި ވޯޓު ލައްވަނީ

މެލޭޝިއާގައި ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ. މާހާތީރު ބިން މުހަންމަދު، ބޮޑުވަޒީރުކަމުގެ ހުވާ ބުރާސްފަތި ދުވަހު ކުރައްވާނެކަމަށް ވިދާޅުވެފައިވާއިރު، ބުރާސްފަތި ދުވަހު މަހާތީރު ބޮޑުވަޒީރުކަމުގެ ހުވާ ނުކުރައްވާނެ ކަަމަށް މެލޭޝިއާގެ ރަސްގެފާނުގެ ގަނޑުވަރުކޮޅާއި ހަވާލާދީ ޗެނަލް ނިއުސް އޭޝިއާ އިން ބުނެފިއެވެ.

މަހާތީރު ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު މެލޭޝިއާ ގަނޑިން 9:30 ގައި އޮންނާނެ ކަމަށާއި އަދި މި ރަސްމިއްޔާތު ވަގުުތުން ދުރަށް ދައްކާނެ ކަަމަށް ޓީވީ ތަކުން އިޝްތިހާރުވެސް ކޮށްފައިވެއެވެ. މެލޭޝިއާގެ ރަސްގެފާނުގެ ގަނޑުވަރުކޮޅު ނޫނީ އިސްޓަނާ ނެގާރާއަށް ވަދެވެން އޮންނަ މަގުތައް ފުލުހުން ވަނީ ބަންދުކޮށްފައެވެ.

މެލޭޝިއާގެ ފުލުުހުންގެ އޮފިސަރަކު ޗެނަލް ނިއުސްއޭޝިއާ އަށް ވިދާޅުވެފައި ވަނީ "ގަނޑުވަރުކޮޅުގައި ކަމެއް ނުހިނގާ ކަމަށާއި ސަރުކާރެއް އެކުލަވާލުމުގެ ކަމެއް ނުހިނގާ" ކަމަށެވެ.

މީގެ އިތުރުން މެލޭޝިއާގެ ރަސްގެފާނުގެ ގަނޑުވަރުކޮޅުގެ ކޮމިއުނިކޭޝަން އޮފިސަރާ ހަވާލާދީ ދަ މެލޭ މެއިލްގައި ރިޕޯޓުކޮށްފައި ވަނީ "އާ ބޮޑުބަޒީރު ހުވާކުރުމުގެ ރަސްމިއްޔާތަށް އަދި ތާރީޚެއް ކަނޑަނާޅާ" ކަމަށެވެ. އަދި އޭނާ އާ ހަވާލާދީ އިތުރަށް ބުނީ ހުވާކުރުމުގެ ރަސްމިއްޔާތާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި، ނަމަވެސް ބުރާސްފަތި ދުވަހު ހުވާކުރުމުގެ ރަސްމިއްޔާތު ނޯންނާނެކަން ކަށަވަރު ކަމަށެވެ.

މީގެއިތުރުން ބްރޯޑްކާސްޓާ ޓީވީ3 އިން ވެސް ބުނެފައި ވަނީ ރަސްގެފާނު ގަނޑުވަރުކޮޅުން، ބުރާސްފަތި ދުވަހު ހުވާކުުރުމުގެ ރަސްމިއްޔާތެއް ނެތްކަން އަންގާފައިވާ ކަަމަށެވެ.

ބުދަދުވަހު ބޭއްވި އިންތިޚާބު މެލޭޝިއާގެ އިދިކޮޅު ކޯލިޝަނުން (ޕަކަޓަން ހަރަޕަން) ކާމިޔާބު ކޮށްފައިވާއިރު، ބަލިވެވަޑައިގެންނެވި ބޮޑުވަޒީރު ނަޖީބު ރައްޒާގު ނަތީޖާ ގަބޫލުފުޅު ކުރައްވާފަވެ.

ބުރާސްފަތި ދުވަހު ދެއްވި ތަގުރީރެއްގައި ބޮޑުވަޒީރު ރައްޒާގު ވަނީ ބަލިގަބޫލުކުރެއްވުމުގެ އިތުރަށް އިންތިޚާބުގައި އޮޅުވާލުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. މެލޭޝިއާގައި ދިގު މުއްދަތަކަށް ބަރިސަން ނޭޝަނަލްގެ ވެރިއްގެ ގޮތުގައި ބޮޑުވަޒީރުކަން ކުރެއްވި، މަހާތީރު މުހައްމަދު އިދިކޮޅު ލީޑަރަކަށް ހުންނަވައި އޭނާގެ އައު ކޯލިޝަން، ޕަކަޓަން ހަރަޕަންއިން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން 112 ގޮނޑިއަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް، ޤާނޫނު ހަދާ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީ ނަގާފައެވެ.

ބޮޑުވަޒީރު ނަޖީބު ބުރާސްފަތި ދުވަހު ވިދާޅުވީ އެއްވެސް ޕާޓީއަކަށް ސިމްޕަލް މެޖޯރިޓީ ލިބިފައިނުވުމުގެ ސަބަބުން ގައުމުގެ ރަސްގެފާނަށް އާ ބޮޑުވަޒީރަކީ ކޮންބޭފުޅެއްކަން ކަނޑަނޭޅުއްވޭނެ ކަަމަށެވެ. ނަޖީބު އިތުރަށް ވިދާޅުވީ ގައުމަށް ބަދަލުއަންނާނެ ކަން އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށާއި ކަންކަން ރަނގަޅަށް ގެންދަން އެއްބަސްވުމަކަށް އަންނަން ތައްޔާރު ކަމަށެވެ.

މުޅި ދުނިޔޭގައިވެސް އުމުރުފުޅުން އެންމެ ގިނަ ދުވަސްވީ ލީޑަރުކަމުގެ ހުވާ މަހާތީރު މުހަންމަދު ކުރައްވަން ހަމަޖެހިފައިވާއިރު މިހާރު މަހާތީރުގެ އުމުރުފުޅަކީ 92 އަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު