Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ހުކުމް ކުރުން ބުރާސްފަތި ދުވަހުގެ މެންދުރުފަހު!

10 މެއި 2018 | ބުރާސްފަތި 04:00

ތިން ފަހަރަށް ޝަރީއަތް ފަސްކުރި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 10 މެއި 2018 | ބުރާސްފަތި 04:00
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދައުލަތުން އުފުލި، ރަސްމީ ހައިސިއްޔަތަކުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާއާ ގުޅިގެން ހުކުމް ކުރަން ބުދަ ދުވަހު ބާއްވަން އުޅުނު ޝަރީއަތުގެ މަޖިލިސް ނުބޭއްވި ފަސްކޮށްފި އެވެ.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ހުކުމްތަކެއް ނެރުވި ކަމަށް ބުނެ ކޮށްފައިވާ މި ދައުވާގެ އަޑުއެހުންތައް ނިމި، ހުކުމް ކުރުމަށް ބާއްވަން އުޅުނު ޝަރީއަތުގެ މަޖިލިސް ބާއްވަން ތިން ފަހަރަށް ފަސްކޮށްގެން ވެސް ނުބޭއްވުމުންނެވެ.

Advertisement - newsAdvertisement

މި ޝަރީއަތުގެ މަޖިލިސް ބޭއްވުމަށް އެންމެ ފުރަތަމަ ހަމަ ޖެއްސެވީ ބުދަ ދުވަހުގެ ހަވީރު 4:00ގައި އެވެ. އެހެން ނަމަވެސް އިރުއޮއްސި 7:00ގައި ޝަރީއަތުގެ މަޖިލިސް ފަސްކުރުމަށްފަހު 8:00ގައި ބާއްވަންވެސް ހަމަ ޖެއްސެވި އެވެ. އަދި އޭގެ ފަހުން 9:30ގައި ބާއްވަން ވެސް ހަމަ ޖެއްސުމަށްފަހު އެންގީ މައްސަލައިގެ އަޑުއެހުން ބުދަ ދުވަހުގެ 3:00ގައި ބޭއްވުމަށެވެ. ޝަރީއަތުގެ މަޖިލިސް ކެންސަލް ކުރީ ކީއްވެ ކަމެއް ކޯޓުން ރަސްމީކޮށް ނުބުނި ނަމަވެސް އަލީ ހަމީދަށް ސިއްހީ މައްސަލަތަކެއް ދިމާވެގެން އެމަނިކުފާނު އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު ކަން ކޯޓުން އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ދިފާއީ ވަކީލު މަހްފޫޒު ސައީދު ވިދާޅުވި އެވެ. އެހެން ކަމުން ޝަރީއަތުގެ މަޖިލިސް ކުރިއަށް ނުގެންދެވުނީ އަލީ ހަމީދުގެ ސިއްހީ ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗަށް ގެންދަވަން ޖެހުމުންކަމަށް ބެލެވެ އެވެ. އަދި ގިނަ އިރުތަކަކަށް ޝަރީއަތުގެ މަޖިލިސް ފަސްކުރަމުން ދިޔައީ އެމަނިކުފާނު ކޯޓަށް ހާޒިރުކުރެވިއްޖެ ނަމަ ހުކުމް ކުރުމަށް ކަމަށް ވެސް ބެލެވެ އެވެ.

އަލީ ހަމީދަށް އައިޖީއެމްއެޗްގައި އޮކްސިޖަން ގުޅައިގެން ފަރުވާ ދީފައިވާއިރު މީގެ ކުރިން ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި އަލީ ހަމީދުގެ ދިފާއީ ވަކީލު ވިދާޅުވީ މާފުށީގައި އަލީ ހަމީދު ކޮންމެ ރެއަކުވެސް ނިދިކުރައްވަނީ އޮކްސިޖަން ގުޅައިގެން ކަމަށެވެ.

ހަ ގަޑިއިރަށް ވުރެ ގިނައިރަށްފަހު މި ޝަރީއަތުގެ މަޖިލިސް ކެންސަލްކުރިއިރު ދައުވާ ލިބޭ އުއްތަމަ ފަނޑިޔާރު މެންދުރު ފަހު 3:00 ފެށިގެން އިންނެވީ ކްރިމިނަލް ކޯޓުގައި ގޮނޑިއެއްގައި ކަމަށް އެމަނިކުފާނުގެ ދިފާއީ ވަކީލު ހިސާން ހުސެއިން ވިދާޅުވި އެވެ. 10:40 ހާއިރު ޝަރީއަތުގެ މަޖިލިސް ކެންސަލްވިކަން ކޯޓުން އަންގާފައިވާއިރު އެކަމާމެދު އާއިލާއާ ހަވާދީ ވަކީލުން ވަނީ ކަންބޮޑުވުން ބާއްވާފަ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ސިއްރުން ކުރިއަށް ގެންދިޔަ ނަމަވެސް ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ހުޅުވާލައިގެން ބާއްވަން ޝަރީއަތުން ވަނީ ނިންމަވާފަ އެެވެ.

އަބްދުﷲ ސައީދުގެ މައްޗަށް އުފުލި ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް މިދިޔަ އަންގާރަ ކޮށްފައިވާއިރު ތިން މައްސަލައެއްގައި މިހާރުވެސް ހުކުމް ނުކޮށް އަދި އެބަ އޮތެވެ. އަދި އަލީ ހަމީދުގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްފައިވާއިރު އެއިން އެއްވެސް މައްސަލައެއްގައި އަދި ހުކުމް ނުކުރެ އެވެ. އެހެން ނަމަވެސް މި ދެ ބޭފުޅުންވެސް ތިބީ އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް