Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން - އެމެރިކާ

އިރާނުގެ ގާނޫނުހަދާ މަޖިލީހުގައި އެމެރިކާގެ ދިދަ އަންދާލައިފި

9 މެއި 2018 | ބުދަ 17:42

މިއީ ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި އެއްޗެއް އަންދާލި ފުރަތަމަ ފަހަރު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 9 މެއި 2018 | ބުދަ 17:42
އިރާނުގެ ރައީސް ހަސަން ރޫހާނީ، ކޮންމެ ކަމެއް ކުރިމަތި ވިޔަސް ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި އެކަމުން އީރާން އަރައިގަންނާނެ ކަމަށް ރޫހާނީ ވަނީ ވިދާޅުވެފައި

އިރާނުގެ ރައީސް ހަސަން ރޫހާނީ، ކޮންމެ ކަމެއް ކުރިމަތި ވިޔަސް ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި އެކަމުން އީރާން އަރައިގަންނާނެ ކަމަށް ރޫހާނީ ވަނީ ވިދާޅުވެފައި

އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ އިން ވަކިވާނެ ކަމަށް އިއުލާންކުރުމާ ގުޅިގެން، އިރާނުގެ ހިތްހަމަ ނުޖެހުން އެމެރިކާ އަށް ބޮޑުވެފައިވާއިރު، ބުދަ ދުވަހު އިރާނުގެ ގާނޫނުހަދާ މަޖިލީހުގައި އެމެރިކާގެ ދިދަ އަންދާ އެމެރިކާ އަށް ނުރުހުމުގެ ބަސްތައް އަމާޒުކޮށްފިއެވެ.

ބުދަ ދުވަހު އިރާނުގެ ގާނޫނުހަދާ މަޖިލީހުގައި ކަރުދާހުން ހަދާފައިވާ އިރާނުގެ ދިދައިގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަލިފާން ރޯކޮށް އަންދާލިއިރު އިރާނުގެ އޮފިޝަލުން ބުނަމުން ގެންދަނީ ޔޫރަޕްގެ ގައުމުތަކުން އިރާނުގެ ނިއުކްލިއާ އެއްބަސްވުން ހިމާޔަތް ކުރުން މަތީ ދެމިތިބޭނެ ކަމަށެވެ.

އިރާނުގެ ގާނޫނު ހަދާ މަޖިލީހުގައި އެމެރިކާގެ ދިދަ އަންދާލިއިރު އަލިފާން ރޯވެފައިވާ ދިދަ ހިފަހައްޓައިގެން ހުރި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކީ ޝީއީންގެ ދީނީ އިލްމުވެރިއެކެވެ.

އެމެރިކާގެ ދިދަ އިރާނުގައި އެންދުމާއި އަދި އެމެރިކާ އަށް ފާޑުކިޔުމަކީ އިރާނުގެ ސިޔާސީ މައިދާނުގައި އާންމު ކަމެއް ނަމަވެސް، މިއީ ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި އެއްޗެއް އަންދާލި ފުރަތަމަ ފަހަރެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅޭގޮތުން އެގައުމާއި އެކު ވެފައިވާ އެއްބަސްވުމުން ވަކިވުމަށް އެމެރިކާއިން ނިންމިއިރު، އަންގާރަ ދުވަހު މިކަން އިޢުލާނުކުރައްވަމުން، ރައީސް ޓްރަމްޕް ވަނީ އިރާނާއި، އިރާނަށް އެހީވާ ހުރިހާ ގައުމަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވެސް ނިންމަވާފައެވެ.

2015 ވަނަ ވަނައަހަރު އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އިރާނާއެކު ގާއިމު ކުރެވުނު ނިއުކްލިއާ އެއްބަސްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ގެންދެވީ ވަރަށް ފާޑުވިދާޅުވަމުން ކަމަށްވާއިރު، މި އެއްބަސްވުމުގެ ދަށުން އިރާނުންގެ ނިއުކްލިއާ ހަރަކާތްތައް ވަނީ ލިމިޓުކުރެވިފައެވެ. އަދި އޭގެ ބަދަލުގައި އިރާނަށް ވަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބިފައެވެ.

ރާނާއި ދުނިޔޭގެ ބައެއް ބާރުތަކާ ދެމެދު ވެވުނު ނިއުކްލިއާ އެއްބަސްވުން ނެތިނުކޮށްލުމަށް ނުވަތަ އެ އެއްބަސްވުުމުގައި ދެތިބުމަށް އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޮންސަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ދާދިފަހުން ވަނީ ގޮވާލައްވާފައެވެ. 2015 ގައި އިރާނާއެކު ވެވުނު އެއްބަސްވުމުގައި ހިމެނޭ ގައުމުތަކަކީ އެމެރިކާ، ޔޫކޭ، ރަޝިއާ، ފްރާންސް، ޗައިނާ އަދި ޖަރުމަނެވެ. އިރާނުގެ ނިއުކްލިއާ އެއްބަސްވުމާމެދު ފްރާންސުން ބުނެފައި ވަނީ ޔޫކޭ އާއި ޖަރުމަނާއި އަދި ފްރާންްސްއިން ދެމިތިބޭނެ ކަަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް