Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން - އެމެރިކާ

ނިއުކްލިއަރ ޑީލާ މެދު ކޮންމެ ގޮތަކަށް ޓްރަމްޕް ނިންމެވިޔަސް މައްސަލަ އެއް ނެތް: އީރާން

އީރާނާ އެކު ހަދާފައިވާ ނިއުކްލިއަރ ޑީލާ މެދު އެމެރިކާ އިން ނިންމާ ގޮތެއް އަންގާރަ ދުވަހު އިއުލާނު ކުރާނެ

ރާއްޖެ އެމްވީ | 8 މެއި 2018 | އަންގާރަ 13:38
އެމެރިކާގެ ރައީސް (ކ) ގެންދަވަނީ އެއްބަސް ވުމުން ވަކިވާނެ ކަމުގެ އިންޒާރު ދެއްވަމުން

އެމެރިކާގެ ރައީސް (ކ) ގެންދަވަނީ އެއްބަސް ވުމުން ވަކިވާނެ ކަމުގެ އިންޒާރު ދެއްވަމުން

އީރާނާ އެކު ހަދާފައިވާ ނިއުކްލިއަރ ޑީލުން އެމެރިކާ ބޭރު ވާނީތޯ ނުވަތަ ނޫންތޯ އަންގާރަ ދުވަހު ނިންމަވާ އިއުލާނު ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވުމާ ގުޅިގެން، ކޮންމެ ގޮތަކަށް އެމެރިކާ އިން ނިންމިޔަސް އީރާނުން ކަންބޮޑު ނުވާނެ ކަމަށް އީރާނުގެ ރައީސް ވިދާޅުވެއްޖެއެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ، މިކަމުން ކޮންމެ ކަމެއް ކުރިމަތި ވިޔަސް ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި އެކަމުން އީރާން އަރައިގަންނާނެ ކަމަށެވެ.

އެމެރިކާގެ ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން އަންގާރަ ދުވަހު ތެހެރާން ގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ އީރާނުގެ ރައީސް ވިދާޅުވީ، އެމެރިކާ އިން ނިންމާ ގޮތަކުން ކުރިއަށް އޮތް ދެ މަސް ނޫނީ ތިން މަސް ދުވަހުގެ ތެރޭގައި ކޮންމެވެސް ދަތިތަކަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަމުގެ ހައްލު އީރާނުން ހޯދާނޭ ކަމަށެވެ.

ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ގެ ނަން ދެވިފައިވާ ނިއުކްލިއަރ ޑީލުން އެމެރިކާ ވަކި ވުމުގެ ވާހަކަތައް ފެންމަތި ވެފައިވަނިކޮށް ރޫހާނީ ވިދާޅުވި ކަމަށް ވަނީ މި އެއްބަސްވުން އެމެރިކާ އާ ނުލާ އަދި މާ ބޮޑަށް ރަނގަޅު ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެމެރިކާ އިން މި އެއްބަސްވުމުން ވަކި ވިޔަސް އީރާނުން ބުނެފައިވަނީ، އީރާނުން އެދޭ ގޮތައް ކަންކަން ވާނަމަ، ޔޫރަޕް އާއި ރަޝިޔާ އާއި ޗައިނާ އާ އެކު މި އެއްބަސްވުމާ އެއްގޮތައް ކުރިޔަށް ދާން ބޭނުންވާ ކަމަށެވެ.

މި އެއްބަސްވުމުން އެމެރިކާ ވަކިވުމުގެ ވާހަކަފުޅުތައް އެމެރިކާގެ ރައީސް ދައްކަވަމުން ގެންދަވާތީ، އެކަން ހުއްޓުވޭތޯ ޔޫރަޕުގެ ގައުމުތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެމެރިކާ އިން ވަކިވިޔަސް އެއްބަސްވުމާ އެކު ކުރިއަށް ދާން ބޭނުންވާ ކަމަށް ޔޫފަޕްގެ ގައުމުތަކުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

23 މެއި 2017
ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު