Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާޒިމާ ޝަކޫރު

ރައީސް ނަޝީދުގެ ޖަލު ހުކުމް ސުޕްރީމް ކޯޓަކަށްވެސް ބާތިލެއް ނުކުރެވޭނެ، އިންތިހާބުގައި ވާދައެއްވެސް ނުކުރެވޭނެ: އާޒިމާ

7 މެއި 2018 | ހޯމަ 17:44

ސުޕްރީމްކޯޓުން ކުރާ ނިހާއީ ޙުކުމެއް އަލުން ބަދަލުކުރުމުގެ ބާރު ޤާނޫނީ ގޮތުން ސުޕްރީމްކޯޓަށްވެސް ލިބިގެން ނުވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 7 މެއި 2018 | ހޯމަ 17:44
އާއިޝަތު އާޒިމާ ޝަކޫރު - ނަޝީދަށް އިންތިހާ އަށް ޒާތީވެފައި ހުންނެވި ކަން ވާހަކަ ތަކުން ގެންދަވަނީ ހާމަ ކުރައްވަމުން

އާއިޝަތު އާޒިމާ ޝަކޫރު - ނަޝީދަށް އިންތިހާ އަށް ޒާތީވެފައި ހުންނެވި ކަން ވާހަކަ ތަކުން ގެންދަވަނީ ހާމަ ކުރައްވަމުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓަށްވެސް ބާތިލެއް ނުކުރެވޭނެކަމަށާއި، އެމަނިކުފާނަށް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދައެއްވެސް ނުކުރެވޭނެކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.

ހަމައެކަނި ސަރުކާރުގެ ހަބަރުތައް ގެނެސްދޭ ދައުލަތުގެ މީޑއާގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތް ކަމަށެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދު އަދިވެސް ހުންނެވީ ސުޕްރީމް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމްގައި ކަމަށާއި، އެ ހުކުމް ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އާޒިމާ ވިދާޅުވިގޮތުގައި ސުޕްރީމް ކޯޓަށްވެސް ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލެއް ނުކުރެވޭނެ އެވެ. އެގޮތުން ސުޕްރީމްކޯޓުން ކުރާ ނިހާއީ ޙުކުމެއް އަލުން ބަދަލު ކުރުމުގެ ބާރު ޤާނޫނީ ގޮތުން ސުޕްރީމް ކޯޓަށްވެސް ލިބިގެން ނުވާކަމަށް އާޒިމާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ނިންމުމަކީ ފައިނަލް ނިންމުމެއް. އެހެންވީމަ 1 ފެބްރުއަރީގެ އަމުރުގައިވެސް އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން ސުޕްރީމްކޯޓުން ނިންމާފައި އޮތް ނިންމުމެއް، އަމުރަކުންނެއް ބާޠިލެއް ނުކުރެވޭނެ. އަދި ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގަ ސުޕްރީމް ކޯޓުގެ ޙުކުމެއް އަލުން އަޑުއަހާފައި އަލުން ބަދަލުކުރެވޭނެ އެއްވެސްކަހަލަ ޤާނޫނީ ފުރުސަތެއް ނެތޭ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑަކުއެއް."

އާޒިމާ ދެއްވި ޤާނޫނީ ލަފާތަކުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް މިހާތަނަށް ލިބިފައިވާއިރު، އާޒިމާ ވިދާޅުވީ އދ.ގެ ވޯކިންގ ގުރޫޕުން ނިންމިއަސް ރައީސް ނަޝީދަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށެވެ. ސަބަބެއްކަމަށް އާޒިމާ ވިދާޅުވީ ރާއްޖޭގެ ޤާނޫނުތަކުގެ ތެރެއިން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ނަޝީދަށް ލިބިދީފައި ނެތުމުންނެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ޒާތީ ވެފައިވާ ކަން ތަފާތު ޕޯޑިއަމް ގައި އާޒިމާ ދައްކަވާ ވާހަކަތަކުން ގިނަ ބަޔަކަށް ފާހަގަ ކުރެވިފައިވާ އިރު، އާޒިމާ ދެއްވި ޤާނޫނީ ލަފަޔަކާއެކުގައި ޖީއެމްއާރާއެކުގައިވެފައިވާ އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ދައުލަތުން ވަނީ ބޮޑު ބަދަލެއްދޭންޖެހިފަ އެވެ. އާޒިމާ އެ އެއްބަސްވުން ބަތިލްކުރިއިރު ވިދާޅުވީ އެއީ ފެށުނު އިރުވެސް ބާތިލް އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުން ބާތިލްކުރިނަމަވެސް އޭގެ ބަދަލުދޭން ނުޖެހޭނެ ކަމަށެވެ. އޭގެއިތުރުން ނެކްސްބިޒްއާކުގައި ވެފައިވާ އެއްބަސްވުން ބާތިލްކުރީ އާޒިމާގެ ލަފަޔަށެވެ. އޭގެ ސަބަބުންވެސް ދައުލަތުން ބޮޑު ބަދަލެއްދައްކަން ޖެހުނު އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް