Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންޓޮއިން ގްރީޒްމަން

ގްރީޒްމަންއާއެކު ބާސާއިން މަޝްވަރާތައް ކުރިޔަށް ގެންދިޔަ!

7 މެއި 2018 | ހޯމަ 15:30

ގްރީޒްމަންއާއެކު މަޝްވަރާތައް ކުރިޔަށް ގެންދިޔައީ އޮކްޓޯބަރު މަހުގެ ތެރޭގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 މެއި 2018 | ހޯމަ 15:30
އެންޓޮއިން ގްރީޒްމަން

އެންޓޮއިން ގްރީޒްމަން

އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަންއާއެކު މަޝްވަރާތައް ކުރިޔަށްގެންދިޔަ ކަމަށް ބާސެލޯނާއިން އެއްބަސްވެއްޖެއެވެ.

މި ސީޒަނަށްފަހު ގްރީޒްމަން އެޓްލެޓިކޯ ދޫކޮށްލާނެ ކަމަށް ބެލޭވޭއިރު އޭނާ އަންނަ ސީޒަނުގައި ފެނުން އެކަށީގެންވަނީ ބާސާއިން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމޯ ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ގްރީޒްމަންއާ ދިމާވި ކަމަށާއި އޭނާގެ އޭޖެންޓާއެކު ވެސް މަޝްވަރާތައް ކުރިޔަށް ގެންދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ އެޓްލެޓިކޯގެ ރައީސް އެންރިކޭ ސެރޭޒޯއާއެކު ވެސް ގާތް ގުޅުމެއް އޮންނަ ކަމަށާއި އެ ކްލަބާއި ބާސާއާ ދެމެދު ވެސް އޮންނަނީ ރަނގަޅު ގުޅުމެއް ކަމަށެވެ.

ސްޕެއިންގެ ބައެއް ނޫސްތަކުން ވަނީ އޭނާ ބާސާއަށް ބަދަލުވުމަށް އެ ޓީމާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބުނެ ހަބަރު ފަތުރާފައެވެ. އެގޮތުން ބައެއް ރިޕޯޓުތަކުގައި ވާގޮތުން އާޑާ ޓުރާން އެ ޓީމު ދޫކޮށްލުމާއެކު ހުސްވެފައިވާ 7 ނަމްބަރު ޖާޒީ އެ ޓީމާއި އަލަށް ގުޅުނު ފިލިޕޭ ކުޓީނިއޯއަށް ދީފައި ނުވަނީ ގްރީޒްމަންއަށް އެ ނަމްބަރު ދިނުމުގެ ގޮތުން ކަމަށެވެ.

އެޓްލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަނީ 2022 ވަނަ އަހަރު ކަމަށްވާއިރު އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ކޮންޓްރެކްޓްގައި ކަނޑައަޅާފައި ވަނީ 200 މިލިއަން ޔޫރޯއެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ ޖުލައި މަހަށް ފަހު މި އަދަދު 100 މިލިއަން ޔޫރޯއަށް ދަށްވެގެން ދާނެއެވެ.

އެޓްލެޓިކޯ މެޑްރިޑުގައި ހުރެ މުބާރާތްތައް ކާމިޔާބު ނުކުރެވޭތީ ގްރީޒްމަން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. ބާސާގެ އިތުރުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ވެސް އަންނަނީ އުމުރުން 26 އަހަރުގެ ފޯވާޑުގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމާއި ގުޅިގެން އެ ޓީމުން ބުނެފައިވަނީ ގްރީޒްމަންގެ އަގަކީ 200 މިލިއަން ޔޫރޯ ކަމަށެވެ.

ބާސާގެ ރައީސް ގްރީޒްމަންއާއެކު މަޝްވަރާތަކެއް ކުރިޔަށް ގެންދިޔަ ކަމަށް އެއްބަސްވެފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެޓްލެޓިކޯ އިން ވަނީ އެ ކްލަބުގެ ހުއްދަ ހޯދުމަކާއި ނުލައި އެ ކްލަބުގެ ވާދަވެރި ބާސެލޯނާއިން ގްރީޒްމަންއާ މަޝްވަރާކުރި ކަމަށް ބުނެ އެ މައްސަލަ ފީފާއަށް ހުށަހަޅާފައެވެ. ހަމައެހެންމެ ބާސާގެ ޑިރެކްޓަރު ވެސް ވަނީ މިފަދަ ކަމެއް ހިނގާފައިވާ ކަމުގެ އިޝާރާތެއް ދީފައެވެ. ފީފާއިން ވެސް ވަނީ އެޓްލެޓިކޯއިން މިފަދަ މައްސަލައެއް ހުށަހެޅިކަން ކަށަވަރު ކޮށްދީފައެވެ.

އެހެން ނަމަވެސް އެޓްލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ބުނެފައިވަނީ ގްރީޒްމަން އެޓްލެޓިކޯ ދޫނުކޮށްލާނެ ކަމަށެވެ. ސިމިއޯނޭ ބުނެފައިވަނީ އޭނާއަކީ ތަފާތު މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިޔެއް ކަމަށާއި އޭނާ އާއި ސަޕޯޓަރުންނާ ދެމެދު ވެސް ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް ކަމަށެވެ. އޭނާ ބުނީ ހަގީގަތަކީ މިހާރު އޭނާއަކީ އެޓްލެޓިކޯއަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި މުސްތަގުބަލުގައި ވާނެ ގޮތެއް އެއްވެސް ވަރަކަށް ނޭނގޭ ކަމަށެވެ. މީގެކުރިން ދިން އިންޓަވިއުއެއްގައި ސިމިއޯނޭ ބުނެފައިވަނީ ގްރީޒްމަން އެހެން ޓީމަކަށް ބަދަލުވާން ބޭނުންވާނަމަ އެކަމަށް ހުރަސް ނާޅާނެ ކަމަށެވެ.

ފްރާންސްގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ފޯވާޑް ރެއާލް ސޮސިއެޑާޑް ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވެފައި ވަނީ 2014 ވަނަ އަހަރުއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ޖުލައި 2017

ޑެހެއާ ކުރިޔަށް އޮތް ސީޒަނުގައިވެސް ފެންނާނީ ޔުނައިޓެޑުން: މޮރީނިއޯ

23 ޖުލައި 2017
ޑެހެއާ ކުރިޔަށް އޮތް ސީޒަނުގައިވެސް ފެންނާނީ ޔުނައިޓެޑުން: މޮރީނިއޯ
17 ޖުލައި 2017

ކުރިޔަށްވުރެ ޔޫވީ ރަނގަޅުވާނެ، ވެލެންސިއާ އަތުން ބޭނުމީ މޮޅުވާން: ނަޒީހު

17 ޖުލައި 2017
ކުރިޔަށްވުރެ ޔޫވީ ރަނގަޅުވާނެ، ވެލެންސިއާ އަތުން ބޭނުމީ މޮޅުވާން: ނަޒީހު
10 ޖުލައި 2017

ކުރިޔަށް އޮތް ސީޒަނުގައިވެސް ރޮނާލްޑޯ ފެންނާނީ ރެއާލް އިން: ރިޕޯޓް

10 ޖުލައި 2017
ކުރިޔަށް އޮތް ސީޒަނުގައިވެސް ރޮނާލްޑޯ ފެންނާނީ ރެއާލް އިން: ރިޕޯޓް
08 ޖުލައި 2017

އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި

08 ޖުލައި 2017
އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި
22 ޖޫން 2017

އީގަލްސް ކުރިޔަށްވުރެ ވަރުގަދަ، މެޗުން މޮޅުވުން މުހިންމު: މާޒިޔާ ކޯޗު

22 ޖޫން 2017
އީގަލްސް ކުރިޔަށްވުރެ ވަރުގަދަ، މެޗުން މޮޅުވުން މުހިންމު: މާޒިޔާ ކޯޗު
24 މެއި 2017

މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ

24 މެއި 2017
މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ
17 މެއި 2017

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

17 މެއި 2017
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު
02 މެއި 2017

އޮޒިލްގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި

02 މެއި 2017
އޮޒިލްގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި
30 އެޕްރީލު 2017

ގެއްލިގެންދިޔައީ މޮޅުވާން މަޖުބޫރު މެޗެއް: ފެސްކޯ

30 އެޕްރީލު 2017
ގެއްލިގެންދިޔައީ މޮޅުވާން މަޖުބޫރު މެޗެއް: ފެސްކޯ
15 އެޕްރީލު 2017

އެމްއޯސީން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމް ނިންމާލައިފި

15 އެޕްރީލު 2017
އެމްއޯސީން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް