Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

އީގަލްސް ކުރިޔަށްވުރެ ވަރުގަދަ، މެޗުން މޮޅުވުން މުހިންމު: މާޒިޔާ ކޯޗު

ކުޅުންތެރިންނަށް އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނިން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 22 ޖޫން 2017 | ބުރާސްފަތި 08:02
މާޒިޔާގެ ކޯޗު ސެކުލޮވްސްކީ

މާޒިޔާގެ ކޯޗު ސެކުލޮވްސްކީ

އީގަލްސް ކުރިޔަށްވުރެ ވަރުގަދަ ކަމަށާއި، މެޗުން މޮޅުވުން މުހިންމު ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ސެކުލޮވްސްކީ ބުނެފި އެވެ.

މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ސެކުލޮވްސްކީ ބުނީ އީގަލްސްގެ ފޯވާޑް އަހުމަދު ނާޝިދު (ނައްޓޭ) އާއި މިސްރުގެ ޑިފެންޑަރު އަދި ރިޒްވާން އަށް ވެސް މާޒިޔާއާ ދެކޮޅަށް ކުޅެވޭ ކަމަށާއި، މިއީ މާޒިޔާ އިން ސަމާލުވާންޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ސެކުލޮވްސްކީ ބުނީ އީގަލްސް ކުރިޔަށް ވުރެ މިހާރު ވަރުގަދަވެފައިވާ ކަމަށާއި، މާޒިޔާ ކުޅުންތެރިން ނިކުންނާނީ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ފަހު މެޗު ކާމިޔާބުކުރަން ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އެހެން މެޗުތަކާ މެދު ނުވިސްނާ ކަމަށާއި، ފުރަތަމަ ވިސްނުން ހުރީ އީގަލްސް މެޗަށް ކަމަށެވެ.

މި ސީޒަނުގައި އަނިޔާގެ މައްސަލަތައް ދިމާވަމުން އަންނަ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އާ ބެހޭގޮތުން ސެކުލޮވްސްކީ ބުނީ އޭއެފްސީ ކަޕްގައި ބެންގަލޫރާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި ބެންގަލޫރުގެ ދެ ކުޅުންތެރިޔެއްގެ ފަރާތުން އަސައްކޮ އަށް ހަމަލާތަކެއް ލިބުނު ކަމަށާއި، އެހެންނަމަވެސް އޭނާ އެއަށްފަހު ގައުމީ ޓީމާއެކު ވަގުތުތަކެއް ހޭދަކޮށް މެޗެއް ވެސް ކުޅެފައިވާ ކަމަށެވެ. އެގޮތުން ސެކުލޮވްސްކީ ބުނީ އޭނާ ދެކޭގޮތުގައި އަސައްކޮ ވެސް މިހާރު ވަނީ ފިޓްވެފައެވެ.

މާޒިޔާ އަށް ބޮޑު ބްރޭކެއް ނުލިބޭކަން ފާހަގަކުރަމުން ސެކުލޮވްސްކީ ބުނީ އީގަލްސް އަށް ހަތަރު ހަފްތާއެއްހާ ދުވަހުގެ ބްރޭކެއް ލިބިފައިވާއިރު، މާޒިޔާ އަށް ލިބުނީ ތިން ހަފްތާގެ ބްރޭކެއް ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ގައުމީ ޓީމަށް ކްލަބުގެ 50 އިންސައްތަ ކުޅުންތެރިން ދޫކުރުމަށް ފަހު ބާކީ ތިބި ކުޅުންތެރިންނާ އެކު ކަންތައްތަކެއް ރަނގަޅުކުރުމަށް މަސައްކަތްކުރި ކަމަށެވެ.

އެގޮތުން އޭނާ ބުނީ ގައުމީ ޓީމާއެކު ދަތުރުކުރި މާޒިޔާގެ ހަތަރު ކުޅުންތެރިން މެޗުތައް ކުޅުމުން އެކަމާ ހިތްހަމަޖެހުނު ކަމަށާއި، އެހެންނަމަވެސް ބާކީ ތިބި ތިން ކުޅުންތެރިން އެއްވެސް މެޗެއް ނުކުޅެ ބެންޗުގައި ތިބެންޖެހުމުން އެކަމާ ހިތްހަމަނުޖެހޭ ކަމަށެވެ.

މީގެ އިތުރުން ސެކުލޮވްސްކީ ބުނީ ބްރޭކުގައި އެންމެ ޕޮޒިޓިވްކަމަށްވީ ސީޒަނުގައި ކައިރި ކައިރީގައި މެޗުތަކެއް ކުޅުމަށް ފަހު ކުޑަ ދުވަސްކޮޅެއް ރިކަވާވާން ލިބުން ކަމަށާއި، އެގޮތުން ކުޅުންތެރިންނަށް އާއިލާއާއެކު ވަގުތު ހޭދަކުރުމަށްވެސް ފުރުސަތު ދީފައިވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު