Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުގެ ނިއުކްލިއަރ މައްސަލަ

އިރާނާއެކު ވެވުނު ނިއުކްލިއާ އެއްބަސްވުމުގައި ދެމިތިބުމަށް އިނގިރޭސިވިލާތުން އެމެރިކާ އަށް ގޮވާލައިފި

8 މެއި 2018 | އަންގާރަ 05:14

އިރާނުގެ ނިއުކްލިއާ އެއްބަސްވުން އެމެރިކާގެ ރައީސް ޓްރަމްޕް ސިފަ ކުރައްވާފައި ވަނީ "މޮޔަ" އެއްޗެއްގެ ގޮތުގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 8 މެއި 2018 | އަންގާރަ 05:14
އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޮންސަން މީގެ ކުރިން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން

އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޮންސަން މީގެ ކުރިން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން

އިރާނާއި ދުނިޔޭގެ ބައެއް ބާރުތަކާ ދެމެދު ވެވުނު ނިއުކްލިއާ އެއްބަސްވުން ނެތިނުކޮށްލުމަށް ނުވަތަ އެ އެއްބަސްވުުމުގައި ދެތިބުމަށް އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޮންސަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ގޮވާލައްވައިފިއެވެ.

އެމެރިކާ އަށް ދަތުރުފުޅު ކުރައްވަމުން ގެންދަވާ ޖޮންސަން އެމެރިކާގެ ޓީވީ ޗެނަލެއް ކަމަށްވާ ފޮކްސް ނިއުސްގެ ފޮކްސް އެންޑް ފްރެންޑްސް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ 2015 ގައި އިރާނާއެކު ވެވުނު އެއްބަސްވުމަކީ ހުރިހާ ގޮތަކުން ފުރިހަމަ އެއްބަސްވުމެއް ނޫންކަމަށެވެ. އަދި ގައުމުތަކުން "އިރާނާ މެދު ހަރުކަށިވާން ޖެހޭ ކަަމަށާއި އެ އެއްބަސްވުމުގައި ހުރި މައްސަލަތައް ހައްލުކުރަން ޖެހޭ ކަމަށެވެ." ޖޮންސަންގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ އިރާނާ އެކު އެއްބަސްވުމެއް ނެތްނަމަ އިރާނުން ނިއުކްލިއާ ހަތިޔާރު ތަރައްގީ ކުރާނެ ކަމަށާއި އަދި އިރާނު ހިމެނޭ ސަރަހައްދު ހަމަނުޖެހުމެއްގެތެރެއަށް ވެއްޓޭނެ ކަމަށެވެ. އިރާނާ އެކު ވެފައިވާ އެއްބަސްވުުމުގެ ދަށުން އެގައުމަށް ހިންގޭނީ މަދު ނޫނީ ލިމިޓެޑް ނިއުކްލިއާ ހަރަކާތްތަކެެކެވެ. މީގެ ރައްދުގައި އިރާނާމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބިގެން ދާނެއެވެ.

2015 ގައި އިރާނާއެކު ވެވުނު އެއްބަސްވުމުގައި ހިމެނޭ ގައުމުތަކަކީ އެމެރިކާ، ޔޫކޭ، ރަޝިއާ، ފްރާންސް، ޗައިނާ އަދި ޖަރުމަނެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ނުވެއެވެ. އެހެންނަމަވެސް އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އާއި ނެޝެނަލް ސެކިޔުރިޓީ އެޑްވައިޒަރު ޖޯން ބޮލްޓަން އާއި އަދި ކޮންގްރެސްގެ ފޮރިން ޕޮލިސީ ލީޑަރުންނާ ބައްދަލު ކުރައްވާނެއެވެ.

އިރާނުގެ ނިއުކްލިއާ އެއްބަސްވުން އެމެރިކާގެ ރައީސް ޓްރަމްޕް ސިފަ ކުރައްވާފައި ވަނީ "މޮޔަ" އެއްޗެއްގެ ގޮތުގައެވެ. އިރާނުގެ ނިއުކްލިއާ އެއްބަސްވުމަށް އެމެރިކާ އިން އަމަލު ކުރުން މަތީ ދެމިތިބޭނެތޯ މި މެއި 12 ގެ ކުރިން ރައީސް ޓްރަމްޕް ނިންމަވާނެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

30 އޯގަސްޓު 2017

އުތުރު ކޮރެއާ އިން މިސައިލް ހަމަލާ ދިނުން ހުއްޓާލާ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް

30 އޯގަސްޓު 2017
އުތުރު ކޮރެއާ އިން މިސައިލް ހަމަލާ ދިނުން ހުއްޓާލާ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް
21 އޯގަސްޓު 2017

އިރާނުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދޭނީ ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން ހަލާކު ކުރުމަށް ފުރުސަތު ނުދިނުމަށް: އެމެރިކާ

21 އޯގަސްޓު 2017
އިރާނުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދޭނީ ނިއުކްލިއާ އެއްބަސްވުން އެމެރިކާ އިން ހަލާކު ކުރުމަށް ފުރުސަތު ނުދިނުމަށް: އެމެރިކާ
29 ޖުލައި 2017

ހަމްބަންޓޮޓާގެ ބަނދަރު 99 އަހަރަށް ޗައިނާ އަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

29 ޖުލައި 2017
ހަމްބަންޓޮޓާގެ ބަނދަރު 99 އަހަރަށް ޗައިނާ އަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
27 ޖުލައި 2017

އެމެރިކާއަށް ނިއުކްލިއާ ހަމަލާއެއް ދޭން ޖެހިދާނެ: އުުތުރު ކޮރެއާ

27 ޖުލައި 2017
އެމެރިކާއަށް ނިއުކްލިއާ ހަމަލާއެއް ދޭން ޖެހިދާނެ: އުުތުރު ކޮރެއާ
13 ޖޫން 2017

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް

13 ޖޫން 2017
އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް
15 މެއި 2017

ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ

15 މެއި 2017
ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ
02 މެއި 2017

އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ

02 މެއި 2017
އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް