Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ މައްސަލަ

އުތުރު ކޮރެއާ އިން މިސައިލް ހަމަލާ ދިނުން ހުއްޓާލާ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް

އދ ގެ ސެކިޔުރީޓީ ކައުންސިލުން ކުއްލި ބަައްދަލުވުމެއް ބޭއްވީ އުތުރު ކޮރެއާ އިން ޖަޕާނު ސަރަހައްދުން ފޮނުވާލި މިސައިލް އަކާ ގުޅިގެން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 30 އޯގަސްޓު 2017 | ބުދަ 06:35
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް އަސްަކަރީ ބާރުދެއްކުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން

އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް އަސްަކަރީ ބާރުދެއްކުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން

އުތުރު ކޮރެއާ އިން މިސައިލްތައް އުދުއްސާލުން ހުއްޓާލުމަށާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށް އދ ގެ ސެކިޔުރިޓީ ކައުންސިލުން އުތުރު ކޮރެއާ އަށް ގޮވާލައިފިއެވެ.

އުތުރު ކޮރެއާ އިން އަންގާރަ ދުވަހު ޖަޕާނުގެ އުތުރު ސަރަހައްދު ހުރަސްކޮށް ފޮނުވާލި މިސައިލް އާއި ގުޅިގެން އދ ސެކިޔުރިޓީ ކައުންސިލުން އަންގާރަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ބުނީ އުތުރު ކޮރެއާ އިން ޖަޕާނު ސަރަހައްދު ހުރަސްކޮށް މިސައިލް ފޮނުވާލުމަކީ "އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި" އުުތުރު ކޮރެއާ އިން މިހާރުން މިހާރަށް ހަމަނުޖެހުން އުފެދޭ ކަަންކަމުން ދުރުވުމަށް ގޮވާލާ ކަމަށެވެ.

އދ ގެ ސެކިޔުރިޓީ ކައުންސިލުގެ 15 މެމްބަރުންގެ އިއްތިފާގުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ އެ ކައުންސިލުން "ސުލްހަވެރި، ޑިޕްލޮމެޓިކް އަދި ސިޔާސި ހައްލެއް" އުުތުރު ކޮރެއާ މައްސަލައަށް ބޭނުންވާ ކަމަށެވެ.

އދ ގެ ސެކިޔުރިޓީ ކައުންސިލުން އޯގަސްޓް މަހު ވަނީ އުތުރު ކޮރެއާ އާ ދެކޮޅަށް، އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އދ ގެ ސެކިޔުރިޓީ ކައުންސިލުން ވަނީ 2006 އިން ފެށިގެން އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައެވެ.

އުުތުރު ކޮރެއާ އިން އަންގާރަ ދުވަހު ފޮނުވާލި މިސައިލް ވެއްޓިފައި ވަނީ ޖަޕާނުގެ އުތުރުގައިވާ ރަށެއް ކަމުގައިވާ ހޮކައިޑޯގެ އިރުމަތިން 1180 ކިލޯމީޓަރު ބޭރަށެވެ. މިސައިލް ވެއްޓިފައި ވަނީ ވައިގެ ތެރޭގައި މިސައިލް ގޮވައި ތިން ބަޔަށް ބައިބައިވެގެން ކަމަށް ޖަޕާނާއި ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެއެވެ.

އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންޔަންގް އާއި ދުރުނޫން ހިސާބެއްގައި އޮންނަ ސުނާން ކިޔާ ސަރަހައްދަކުން އުދުއްސައިލި މި މިސައިލް ވެއްޓިފައި ވަނީ އެ މިސައިލް ވައްޓާލުމަށް ޖަޕާނުން ފިޔަވަޅެއް ނާޅަނީސް ކަމަށް ޖަޕާނުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު