Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަމްބަންޓޮޓާ ބަނދަރު

ހަމްބަންޓޮޓާގެ ބަނދަރު 99 އަހަރަށް ޗައިނާ އަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

29 ޖުލައި 2017 | ހޮނިހިރު 07:32

ޕްރޮޕޯސަލްގެ ދަށުން ޗައިނާގެ ދައުލަތުން ހިންގާ ކުންފުންޏަކަށް 99 އަހަރަށް ބަނދަރު ކުއްޔަށް ލިބޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 29 ޖުލައި 2017 | ހޮނިހިރު 07:32
ޕްރޮޕޯސަލްގެ ދަށުން ޗައިނާގެ ދައުލަތުން ހިންގާ ކުންފުންޏަކަށް 99 އަހަރަށް ބަނދަރު ކުއްޔަށް ލިބޭ

ޕްރޮޕޯސަލްގެ ދަށުން ޗައިނާގެ ދައުލަތުން ހިންގާ ކުންފުންޏަކަށް 99 އަހަރަށް ބަނދަރު ކުއްޔަށް ލިބޭ

ހަމްބަންޓޮޓާގެ ފުންކަނޑުގައި ގާއިމްކުރާ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ ބަނދަރު ތަރައްގީ ކުރުމާއި ކޮންޓްރޯލް ކުރުމުގެ އެއްބަސްވުމުގައި ސްރީ ލަންކާއިން ޗައިނާއާ އެކު ސޮއިކޮށްފިއެވެ.

ޗައިނާގެ އަސްކަރިއްޔާގެ ބޭނުމަށް ބަނދަރުގެ ބޭނުންކޮށްފާނެ ކަމުގެ ކަންބޮޑުވުން ސަރަހައްދީ ގައުމުތަކުން ފާޅުކޮށްފައިވުމާ އެކު މި އެއްބަސްވުން ގާއިމްކުރުން ވަނީ އެތައް މަސްތަކަކަށް ލަސްވެގެން ގޮސްފައެވެ.

ސަރުކާރުން ވަނީ ޗައިނާއިން މިތަން ހިންގާނީ ވިޔަފާރި ބޭނުމަށް އެކަނިކަން ކަށަވަރުކޮށްދީފައެވެ. މި ބަނދަރު ގާއިމް ކުރެވިފައި މި ވަނީ ޔޫރަޕާއި އޭޝިއާގެ ވިޔަފާރި ގުޅުވައިދޭ މައި މަގުގައެވެ.

ސްރީ ލަންކާ ސަރުކާރުން ބުނީ މި އެއްބަސްވުމުގެ ދަށުން ލިބޭ ފައިސާއިން ބޭރުގެ ދަރަނި އަދާކުރުމަށް އެހީއަކަށް ވާނެ ކަމަށެވެ.

ޗައިނާއިން ހުށަހެޅި ޕްރޮޕޯސަލްގެ ދަށުން ޗައިނާގެ ދައުލަތުން ހިންގާ ކުންފުންޏަކަށް 99 އަހަރަށް ބަނދަރު ކުއްޔަށް ލިބޭއިރު ބަނދަރުގެ ކައިރިން 15،000 އޭކަރުގެ ސަރަހައްދެއް އިންޑަސްޓްރިއަލް ޒޯންގެ ގޮތުގައި ޗައިނާއަށް ލިބޭނެއެވެ.

މި ޕްލޭނާއެކު ރަށްފުށުގެ އެތައް ހާސް ބަޔަކު ވަޒަން ދޫކޮށް ދާންޖެހިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު ސަރުކާރުން ބުނެފައި ވަނީ އެ މީހުންނަށް އާ ބިންތަކެއް ލިބޭނެ ކަމަށެވެ.

ތަމަޅައިންނާ އެކު ހިނގަމުންދިޔަ 26 އަހަރަށް ވުރެ ދިގު ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމާއެކު ޗައިނާއިން ވަނީ ސްރީލަންކާގެ އިންފްރާސްޓްރަކްޗަރ ގާއިމް ކުރުމަށް އެތައް މިލިއަން ޑޮލަރެއް ޕަމްޕް ކޮށްފައެވެ.

އިންޑިއާ ކަނޑުގެ މުހިއްމު ތަނެއްގެ ގޮތުގައި ބެލިގެންދާނެ ހަމްބަންޓޮޓާ ބަނދަރަކީ ޗައިނާއާއި ޔޫރަޕާއި ދެމެދު ގުޅުވައިދޭ މައި މަގު ކަމަށްވާ ޗައިނާގެ ސިލްކް ރޯޑްގައި ހިމެނޭ ތަނެކެވެ.

ޗައިނާގެ މި އިސްނެގުން ސަރަހައްދީ ވާދަވެރިންކަމަށްވާ އިންޑިއާ އާއި ޖަޕާނު ފަދަ ގައުމުތަކުން ގެންދަނީ ބަލަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެ ސަރަހައްދު ޗައިނާގެ އަޅުވެތިކަމަށް ގެންގޮސްފާނެކަމުގެ ބިރުހީވާ ކަމަށެވެ. އަދި ޗައިނާގެ ކަނޑުގެ ސިފައިންގެ ބޭސްއެއްގެ ގޮތުގައި އެތަން ބޭނުންކޮށްފާނެ ކަމުގެ ބިރު ވެސް އެބަ އޮތް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި މަޝްރޫއާ މެދު އެންމެ ކަންބޮޑުވާ އެއް ގައުމަކީ އިންޑިއާއެވެ. ލަންކާ ނުވަތަ ރާއްޖޭގައި އެފަދަ ބަނދަރެއް ޗައިނާ އިން ހެދުމަކީ ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިތުރަށް ވަރުގަދަވެގެންދާނެ ކަމެއްގެ ގޮތުގައި ވާދަވެރި އިންޑިއާ އިން ދެކެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
14 މާރިޗު 2017

ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް

14 މާރިޗު 2017
ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް
09 މާރިޗު 2017

ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

09 މާރިޗު 2017
ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް