Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

އެމްޑީޕީ ޕްރައިމަރީ: ރައީސް ނަޝީދަށް ތާއީދު ހޯދުމަށް މަސައްކަތްކުރައްވާ ބައެއް ފަރާތްތަކާ ބައްދަލު ކުރައްވައިފި

6 މެއި 2018 | އާދީއްތަ 04:46

މި ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 6 މެއި 2018 | އާދީއްތަ 04:46
ކެމްޕެއިން ޕްރޮގްރާމްގެ ތެރެއިން ރައީސް ނަޝީދު ވޮލެންޓިއަރުންނާއި ބައްދަލުކުރައްވަނީ

ކެމްޕެއިން ޕްރޮގްރާމްގެ ތެރެއިން ރައީސް ނަޝީދު ވޮލެންޓިއަރުންނާއި ބައްދަލުކުރައްވަނީ

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޕްރޮގްރާމްގެ ތެރެއިން އެމަނިކުފާނަން ތާއީދު ހޯއްދެވުމަށް މަސައްކަތްކުރާ ބައެއް އަތޮޅުތަކުގެ ވޮލިންޓިއަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

އެންޑީޕީގެ ޕްރައިމަރީ މެއި މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، މެއި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ޕްރައިމަރީގައި ވާދަކުރައްވާނެ ކެނޑިޑޭޓުންނަން ކުރިމަތިލުމުގެ ފުރުޝަތު ހުޅުވާލަން ވަނީ ނިންމާފައެވެ. އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އެޕާޓީގެ 162 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާއިން ގަރާރެއް ފާސްކޮށްފައިވާއިރު، އެ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދުގެ ކެމްޕެއިން ޕްރޮގްރާމްގެ ތެރެއިން ހޮނިހިރު ދުވަހުގެ ރޭ މާބުލް ކެފޭގައި ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވެފައި ވަނީ އައްޑޫ ފުވައްމުލަކު އަދި ހދ. ހއ. ށ. އަތޮޅުގައި އެމަނިކުފާންގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ ވޮލެންޓިއަރުންނެވެ. މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ލަންކާގައި ހުންނަވައި ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިން ކެމްޕެއިން ވޮލެންޓިއަރުންނާއި ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުވުންތަކުގައި ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީޙުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވެސް ވަނީ ބައިވެރިވަޑައިގެންފައެވެ. އެހެން ނަމަވެސް މި ހަރަކާތްތަކާއި ގުޅޭގޮތުން އަސްލަމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރު އަސްލަމް ވޮލެންޓިއަރުންނާއި ބައްދަލުކުރަނީ

ޕްރައިމަރީގެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދިއުމަށް އެޕާޓީންގެ ގައުމީ މަޖިލީހުން 5 މެމްބަރުންގެ ކޮމެޓީއެއް މިހާރު ނަގާފައިވާ ކަމަށެވެ. އެ ކޮމެޓީ އަކީ އެޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން ރިޔާސީ އިންތިހާބާގެ ޕްރައިމަރީއަށް ނަގަންޖެހޭ ކޮމެޓީއެއް ކަމަށް ހަސަން ވިދާޅުވިއެވެ.

އެ ކޮމެޓީގައި ހިމެނޭ ފަސް މެމްބަރުންނަކީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އަދި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދާއި، ޒުވާނުންގެ ރޫހުގެ ރައީސް މީކާއިލް ނަސީމްގެ އިތުރުން އެޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މަނިކެވެ. އެ ފަސް މެމްބަރުންގެ ބެލުމުގެ ދަށުން ޕްރައިމަރީ ބޭއްވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރުވެސް ވަމުން އަންނަ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ޕްރައިމަރީ މެއި 30 ވަނަ ދުވަހު ބާއްވަން ފާސްކުރި ގަރާރުގައި ބުނެފައިވަނީ އެޕާޓީގެ މެމްބަރުންގެ ދަފްތަރަކީ އެ ޕާޓީން ކަނޑައަޅާ ހަމަތަކެއްގެ މަތީން ނިންމާ ދަފްތަރަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންކަމުން ޕްރައިމަރީގައި ވޯޓުލުމުގެ ޙައްގު ލިބޭނީ މެއި މަހުގެ 15 ގެ ނިޔަލަށް އެޕާޓީގެ މެމްބަރޝިޕްކަން ހޯދައިވާފައިވާ މެމްބަރުންނަން ކަމަށް ހަސަން ވިދާޅުވިއެވެ.

ކެޕްޕެއިން ޕްރޮގްރާމްގައި ބައިވެރިވި ބައެއްް ވޮލެންޓިއަރުން

ރައީސް ނަޝީދުގެ ކެމްޕެއިން ޕްރޮގްރާމް ފަށާފައިވާއިރު، އެމަނިކުފާނު މިހާރު ހުންނެވީ ޖަލު ޙުކުމެއްގައިކަމުން، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު، މި ހާލަތުގައި އެމަނިކުފާނަށް ލިބިވަޑައެއް ނުގަންނަވާނެއެވެ. ކަންމިހެން އޮތް ނަމަވެސް، ސްރީލަންކާގެ ދަ ކެޕިޓަލް މަހާރާޖާ އޯގަނައިޒޭޝަން (ޓީސީއެމްއޯއެލް)ގެ އަހަރީ ޖަލްސާގައި ދެއްވި ތަގުރީރަކަށް ފަހު ރައީސް ނަޝީދު ވަނީ، ފަހު ވަގުތު އެމަނިކުފާނަށް އިންޚާބުގައި ވާދަ ކުރެވޭނެ ކަމަށް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބު ބާއްވާނެ ކަމާއި، ޖޫން މަހު ކެންޑިޑަސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެކަން އިލެކްޝަން ކޮމިޝަނުން އިޢުލާނު ކޮށްފައިވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ރޫޙު ހުރީ ވެސް ރައީސް ޔާމީން އާއި ދެކޮޅަށް ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށެވެ. ނަމަވެސް އެފަރާތްތަކުން ވަނީ މިހާރު އޮތް އިލެކްޝަންސް ކޮމިޝަނާއި އެކު އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެ ކަމާއިމެދު ސުވާލު އުފައްދާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް