Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރިޔަންކާ- ވިލް ސްމިތު

ޕްރިޔަންކާ އާއި ވިލް ސްމިތު ޔޫޓިއުބްގެ ޝޯއަކަށް

މި ޝޯ ފަށާނެ ދުވަހެއް އަދި ހާމަ ނުކުރޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 6 މެއި 2018 | އާދީއްތަ 05:16
ވިލް ސްމިތު އަދި ޕްރިޔަންކާ

ވިލް ސްމިތު އަދި ޕްރިޔަންކާ

ޕްރިޔަންކާ ޗޮޕްރާ އާއި ވިލް ސްމިތު ޔޫޓިއުބްގެ އޮރިޖިނަލް ޝޯއެއް ގެނެސްދިނުމަށް ސޮއިކޮށްފިއެވެ.

މިޝޯއަކީ އެކި ގައުމުތަކަށް ގޮސްގެން ނަގަން ޖެހޭ ޝޯއަކަށްވާއިރު މި ޝޯގައި ދުނިޔޭގެ މަޝްހޫރު ސިޔާސީ ލީޑަރުންނާއި ތިމާވެއްޓަށް މަސައްކަތް ކުރާ ފަރާތްތަކާއި އެނޫންވެސް މަޝްހޫރު ފަރާތްތަކާއެކު އެމީހުން މަސައްކަތް ކުރާ ދާއިރާއަކާއި ގުޅިގެން އިންޓަވިއުތައް ގެނެސްދޭނެއެވެ. އަދި އެމީހުން ކާމިޔާބު ފަރާތަކަށް ވުމަށް ކުރި މަސައްކަތްތައް ވެސް މި ޝޯގައި ކިޔައިދޭނެއެވެ.

އިފް އައި ކުޑް ޓެލް ޔޫ ޖަސްޓް ވަން ތިންގ ގެނަމުގައި ގެނެސްދޭ މިޝޯ ފަށާނެ ދުވަހެއް އަދި ޔޫޓިއުބްއިން ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް މިޝޯ ގެނެސްދޭނީ ޝޯ ފަށާތާ ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި ދުވަހުގައި ކަމަށް އިންޑީއާގެ ނޫހެއް ކަމަށްވާ އިންޑިއަން އެކްސްޕްރެސް އިން ވަނީ ޔޫޓިއުބްގެ ޗީފް ބިޒްނަސް އޮފިސަރ ރޮބާޓާއި ހަވާލާދީފައެވެ.

" ޔޫޓިއުބް އަކީ އަބަދުވެސް އިންސާނީ ހައްގުތައް ކުރިއަރުވާ އިންސާނުންނާއި ގުޅުން ހުރި ގިނަ ވާހަކަތައް ގެނެސްދޭ ސްޓްރީމިން ޗެނަލެއް. އަދި ޔޫޓިއުބުން އެހެން އިންސާނުން އިސްޕަޔާ ކުރުމާއި ސްމާޓް ކުރުމަށް މަސައްކަތްތަކެއް ކުރޭ." އޭނާ އެނޫހަށް ދީފައިވާ އިންޓަވިއުގައި ވަނީ ބުނެފައެވެ.

ޕްރިޔަންކާ މިހާރު ކުރަމުން އަންނަ މަސައްކަތަކީ އޭނާގެ ހޮލީވުޑްގެ ޑްރާމާ ކުއެންޓިކޯގެ ތިންވަނަ ސީޒަން ޕްރޮމޯޓް ކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން އޭނާ ވަނީ ހިންދީ ފިލްމެއް ކަމަށްވާ ބާރަތުގެ ޓީމާ ވެސް ގުޅިފައެވެ. ޚަބަރުތައް ބުނާގޮތުގައި ޕްރިޔަންކާ ކުއެންޓިކޯ ދޫކޮށްލުމަށް ނިންމާފައިވަނީ ބާރަތު ކުޅުމަށެވެ. ޕްރިޔަންކާ ބުނި ގޮތުގައި އެ ފިލްމްގެ ކްރޫއާ އޭނާ ގުޅޭނީ އަންނަ އޮގަސްޓް މަހު އެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ "ބާރަތު" ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ. އޭނާއަށް ބޮލީވުޑްގެ ފިލްމުތަކަށް މާ ބޮޑަށް ދުރަށް ދެވޭތީ ބޮލީވުޑަށް މިދުވަސްވަރު އިސްކަން ދިނުމަށް ނިންމާފައިވާކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
16 ފެބުރުއަރީ 2017

ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟

16 ފެބުރުއަރީ 2017
ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު