Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ސަރ އެލެކްސް ފަރގަސަން ބޮލުގެ އޮޕަރޭޝަނެއް ކޮށްފި

6 މެއި 2018 | އާދީއްތަ 02:23

ފަރގަސަން ވަނީ 26 އަހަރު ޔުނައިޓެޑަށް ކޯޗުކޮށްދީފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 6 މެއި 2018 | އާދީއްތަ 02:23
ސަރ އެލެކްސް ފަރގަސަން

ސަރ އެލެކްސް ފަރގަސަން

އިނގިރޭސި ލީގުގެ އެންމެ ކާމިޔާބު އެއް ޓީމުކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސަރ އެލެކްސް ފަރގަސަން ބޮލުގެ އޮޕަރަޝަނެއް ހޮނިހިރު ދުވަހު ކޮށްފިއެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފަރގަސަންގެ ބޮލުގެ އޮޕަރޭޝަނެއް ކުރަން ޖެހުނީ 'ބްރެއިން ހެމަރޭޖް'އެއްގެ ސަބަބުންނެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ ފަރގަސަންގެ ސަރޖަރީ ދިޔައީ ރަނގަޅަށްކަމަށާއި، އެހެން ނަމަވެސް ފަރުވާއަށްޓަކައި އަރާމުކުރަން ޖެހޭކަމަށެވެ. އަދި އެއްކޮށް ހާލު ރަނގަޅުވާން ދުވަސްކޮޅެއް ނަގާނެކަމަށްވެސް ޔުނައިޓެޑުން ބުންޏެވެ.

26 އަހަރުވަންދެން ޔުނައިޓެޑްގެ ކޯޗުކަން ކޮށްދިން ފަރގަސަން ވަނީ އެޓީމަށް 38 ތަށި ހޯދައިދީފައެވެ. އުމުރުން މިހާރު 76 އަހަރުވެފައިވާ ފަރގަސަން ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ދީފައިވަނީ 2013 ވަަނަ އަހަރުގައެވެ. އިނގިރޭސި ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު ކޯޗުގެ ލަޤަބު ހޯދާފައިވާ ފަރގަސަން ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް އިނގިރޭސި ޕްރިމިއަރ ލީގު 13 ފަހަރު ހޯދައިދީފައެވެ.

ފަރގަސަން އެންމެ ފަހުން އާއްމުންނަށް ފެނިފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފަޑްގައި އާސެނަލްގެ ކޯޗު އާސެން ވެންގާއަށް ހަނދާނީ ތައްޓެއް ހަވާލުކުރަން ގޮސް ހުއްޓައެވެ.

ފަރގަސަންގެ އާއިލާއިން ވަނީ ފަރގަސަންއަށް އާއިލާއާއިއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނުމަށް ގޮވާލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ޖޫން 2017

2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން

05 ޖޫން 2017
2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން
24 މެއި 2017

ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

24 މެއި 2017
ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި
13 މެއި 2017

ސާބާ މުބާރާތަކީ މި ސަރަހައްދަށް ބަލާނަމަ ވޯލްޑް ކަޕް: ޒިލާ

13 މެއި 2017
ސާބާ މުބާރާތަކީ މި ސަރަހައްދަށް ބަލާނަމަ ވޯލްޑް ކަޕް: ޒިލާ
12 އެޕްރީލު 2017

ބަޓްރާގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ

12 އެޕްރީލު 2017
ބަޓްރާގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ
05 އެޕްރީލު 2017

މިނިވަން ޗެމްޕިއަންޝިޕާއި މާލޭ ލީގުގެ ސްޕޮންސަރަކަށް އެސްޓީއޯ

05 އެޕްރީލު 2017
މިނިވަން ޗެމްޕިއަންޝިޕާއި މާލޭ ލީގުގެ ސްޕޮންސަރަކަށް އެސްޓީއޯ
04 އެޕްރީލު 2017

އަތޮޅު މުބާރާތުގެ ގަދަ ހަތަރަކަށް ސްޕޮންސަރުން ހަމަޖެހޭނެ: ބައްސާމް

04 އެޕްރީލު 2017
އަތޮޅު މުބާރާތުގެ ގަދަ ހަތަރަކަށް ސްޕޮންސަރުން ހަމަޖެހޭނެ: ބައްސާމް
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
21 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ

21 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ
16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
09 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް