Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓެލެގްރާމް

ޓެލެގްރާމް ބްލޮކް ކުރުމަށް އިރާނުގެ ކޯޓުން ނެރުނު އަމުރަށް ރޫހާނީ ފާޑުވިދާޅުވެއްޖެ

އެ ޤައުމުގެ ކޯޓުން ޓެލެގްރާމް ބްލޮކްކުރުމަށް މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށް އަމުރުކޮށްފައިވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 5 މެއި 2018 | ހޮނިހިރު 17:05
ޓެލެގްރާމް - އިރާންގެ އިތުރުން ރަޝިޔާއިންވެސް ވަނީ އެޕްލިކޭޝަން ބްލޮކްކުރުމަށް ނިންމާފައި

ޓެލެގްރާމް - އިރާންގެ އިތުރުން ރަޝިޔާއިންވެސް ވަނީ އެޕްލިކޭޝަން ބްލޮކްކުރުމަށް ނިންމާފައި

މެސެޖިން އެޕްލިކޭޝަން، ޓެލެގްރާމް ބްލޮކްކުރުމަށް އިރާންގެ ކޯޓުން ނެރުނު އަމުރަށް އެ ޤައުމުގެ ރައީސް ހަސަން ރޫހާނީ ފާޑުވިދާޅުވެއްޖެ އެވެ.

40 މިލިއަނަށްވުރެ ގިނަ އިރާނުގެ ރައްޔިތުން ޓެލެގްރާމް ބޭނުންކުރާއިރު، އެ ޤައުމުގެ ކޯޓުން ޓެލެގްރާމް ބްލޮކްކުރުމަށް މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށް އަމުރުކޮށްފައިވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. އެގޮތަށް އެ ކޯޓުން އަމުރުކޮށްފައިވަނީ ޤައުމީ ސަލާމަތަށާއި، ހުއްދަނެތި މުޒާހަރާކުރުމަށް ރޭވުމުގެ ފުރުސަތު ލިބޭކަމަށް ބުނެ އެވެ.

ކޯޓުގެ ނިންމުމަށް ފާޑުވިދާޅުވެ، ހުކުރު ދުވަހު ރޫހާނީ ކުރެއްވިި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ ޓެލެގްރާމް ބްލޮކްކުރުމަށް ޖުޑީޝަރީން ނިންމި ނިންމުމަކީ އޭނާގެ ސަރުކާރުން ތާއީދުކުރާ ނިންމުމެއް ނޫން ކަމަށެވެ. އަދި އެކަމަށް ހުއްދަދީފައިނުވާނެ ކަމަށްވެސް ރޫހާނީ ވިދާޅުވި އެވެ.

ރޫހާނީ ވިދާޅުވިގޮތުގައި ޓެލެގްރާމް ބްލޮކްކުރުމަށް ކޯޓުން ނިންމި ނިންމުމަކީ ޑިމޮކްރަސީއާއި ނުބައްދަލު ނިންމުމެއް ކަމަށެވެ. އަދި ޓެލެގްރާމް ބޭނުންކުރަނީ އާންމު ރައްޔިތުންކަމަށާއި، އެފަދައިން މުވާސަލާތީ ވަސީލަތެއް ބްލޮކްކުރާއިރު އާންމު ރައްޔިތުންގެ ބަހެއް އެކަމުގައި އޮންނަންޖެހޭނެކަމަށްވެސް ރޫހާނީ ވިދާޅުވި އެވެ.

އިރާނުގެ ޖުޑީޝަރީ ކޮންޓްރޯލްކުރަނީ އެ ޤައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އެވެ. އެ ޤައުމުގެ އުއްތަމަ ފަނޑިޔާރުވެސް އައްޔަނުކުރައްވާފައިވަނީ އާޔަތުﷲ އަލީ ޚާމަނާއީ އެވެ.

ޓެލެގްރާމް ބްލޮކްކުރުމަށް އެ ޤައުމުގެ ކޯޓުން 30 އޭޕްރީލްގައި ނިންމި ނިންމުމަކީ އެގޮތަށް ނިންމި ފުރަތަމަ ނިންމެއް ނޫނެވެ. ނިމުނު 2017 ވަނަ އަހަރުގައި ޓެލެގްރާމް ޗެނަލްތަކުގެ ގިނަ އެޑްމިނިސްޓްރޭޓަރުންތަކެއް އިރާނުގައި ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުންގެ މައްޗަށް ވަނީ ޖަލު ހުކުމްތައްވެސް އިއްވާފަ އެވެ.

ޓެލެގްރާމް ބްލޮކްކުރުމަށް ނިންމި ނިންމުމާއި ގުޅިގެން ހިއުމަން ރައިޓްސް ވޮޗްއިންވެސް ވަނީ ކަންބޮޑުުވުން ފާޅުކޮށްފަ އެވެ. އަދި އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ގޮތުން ކޮށްފައިވާކަމެއްކަމަށް އެ ޖަމާއަތުން ވަނީ ސިފަކޮށްފަ އެވެ.

ޓެލެގްރާމްގެ އިތުރުން، ފޭސްބުކް އަދި ޓުވިޓާރވެސް އެ ޤައުމުން ވަނީ ބްލޮކްކޮށްފަ އެވެ. ނަމަވެސް ވީޕީއެން ސޮފްޓްވެއާރތައް މެދުވެރިކޮށް އަދިވެސް އެ ޤައުމުުގެ ރައްޔިތުން އެ އެޕްލިކޭޝަންތައް ބޭނުންކޮށްހަދަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު