Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

އެމްޑީޕީ ޕްރައިމަރީ: 5 މެމްބަރުންގެ ކޮމެޓީއެއް ނަގައިފި

5 މެއި 2018 | ހޮނިހިރު 13:02

އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން ފަސް މެމްބަރުންގެ ކޮމެޓީއެއް ނަގަންޖެހޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 5 މެއި 2018 | ހޮނިހިރު 13:02
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ތައްޔާރުވުމުގެ ގޮތުން އެޕާޓީގެ ގައުމީ މަޖިލީހުން ފަސް މެމްބަރުންގެ ކޮމެޓީއެއް ނަގައިފިއެވެ.

މެއި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން ރިޔާސީ ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދިއުމަށް އެޕާޓީންގެ ގައުމީ މަޖިލީހުން 5 މެމްބަރުންގެ ކޮމެޓީއެއް ނަގަންޖެހޭ ކަމަށެވެ. މެއި މަހުގެ 15 ވަނަ ދުވަހު ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާއިރު، އަސާސީ ގަވައިދާ އެއްގޮތަށް ފަސް މެމްބަރުންގެ ކޮމެޓީ މިހާރު ނަގާފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ ފަސް މެމްބަރުންނަކީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އަދި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދާއި، ޒުވާނުންގެ ރޫހުގެ ރައީސް މީކާއިލް ނަސީމްގެ އިތުރުން އެޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މަނިކެއެވެ. އެ ފަސް މެމްބަރުންގެ ބެލުމުގެ ދަށުން ޕްރައިމަރީ ބޭއްވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތަށް މިހާރުވެސް ވަމުން އަންނަ ކަމަށް އެމްޑީޕީން ބުންޏެއެވެ.

އެމްޑީޕީގެ ޕްރައިމަރީ މެއި 30 ވަނަ ދުވަހު ބާއްވަން ފާސްކުރި ގަރާރުގައި ބުނެފައިވަނީ އެޕާޓީގެ މެމްބަރުންގެ ދަފްތަރަކީ އެ ޕާޓީން ކަނޑައަޅާ ހަމަތަކެއްގެ މަތީން ނިންމާ ދަފްތަރަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންކަމުން ޕްރައިމަރީގައި ވޯޓުލުމުގެ ޙައްގު ލިބޭނީ މެއި މަހުގެ 15 ގެ ނިޔަލަށް އެޕާޓީގެ މެމްބަރޝިޕްކަން ހޯދައިވާފައިވާ މެމްބަރުންނަން ކަމަށް ހަސަން ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާނެ ކެންޑިޑޭޓެއް އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށާއި މޭ މަހުގެ 30 ވަނަ ދުވަހު ޕާޓީގެ ޕްރައިމެރީ ބޭއްވުމަށް އެމްޑީޕީގެ 162 ވަނަ ޤައުމީ މަޖިލީހުން ނިންމުމާ ގުޅިގެން ދަންނަވަމެވެ. މި ޕްރައިމެރީގައި ވޯޓުލުމުގެ ހައްގު ލިބޭނީ 15 މެއި 2018 ގެ ނިޔަލަށް މި ޕާޓީގެ މެމްބަރޝިޕް ހޯދައިފައިވާ މެމްބަރުންނަން" ކަމަށް ޕްރައިމަރީގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މެމްބަރުންގެ ރަޖިސްޓްރީ އާއި ގުޅޭގޮތުން އެމްޑީޕީން ކޮށްފައިވާ އިއުލާންގައި ބުނެފައިވެއެވެ.

އެމްޑީޕީންގެ ޕްރައިމަރީ ބޭއްވުމަށް އެޕާޓީން ފާސްކޮށްފައިވާ ގަރާރުގައި ބުނެފައި ވަނީ އެމްޑީޕީން އެއްބަސްވެ އިގްރާރުވަނީ، މި ހިނގާ 2018 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމަށާއި، އަދި 2018 ވަނަ އަހަރުގެ 30 މެއި ވަނަ ދުވަހުގައި ޕްރައިމަރީގައި ވޯޓަށް އެހުމަށާއި، އެ ވޯޓުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަޑައެޅުމަށާއި، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގައި އެޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވުނު ޕްރައިމަރީއާއި، އަދި 2013 ވަނަ އަހަރު ގެ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ޕްރައިމަރީ ބޭއްވުމުގައި އަމަލުކުރެވުނު ގޮތާއި، އަދި އެޕާޓީގެ ރައީސްގެ ރައީސް ކަމުގެ ޝަރުތުތައް ހަމަ ކަމަށް އެޕާޓީން ބަލައިގަނެ، ކުރިއަށް ގޮސްފައިވާ ގޮތާއި އަދި އެޕާޓީގެ މެމްބަރުންގެ ދަފްތަރަކީ އެ ޕާޓީން ކަނޑައަޅާ ހަމަތަކެއްގެ މަތީން ނިންމާ ދަފްތަރަކަށް ވުމަށާއި، އަދި އެފަދަ އެތައް އެ ބާވަތުގެ ކަންކަމާއި އެކު އެ ޕާޓީގެ ގައުމީ މަޖިލީސް އިތުރަށް އެއްބަސްވެ އިގުރާރު ވަނީ އެ ޕާޓީގެ އިންތިހާބާއިގުޅޭ ގަވައިދުގާ ހިމެނޭ އެންމެހާ ކަންކަން މާނަކޮށް ހިންގާނީ އިސްވެ ދެންނެވެނު، އިހުވެސް އެޕާޓީން އަމަލުކޮށްފައިވާ އުސޫލްތަކާއި ހަމަ ތަކުގެ މަތީންކަމަށާއި، އަދި އެއާއިކު، ގައުމީ މަޖިލީސް އެއްބަސްވެ އިގްރާރު ވަނީ ޕްރަމަރީއިން ކަނޑައެޅޭ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް އިންތިހާބުގައި ބައިވެރިނުވެވޭނެ އެއްވެސް ސަބަބެއް މެދުވެރިވެއްޖެނަމަ، ދެން އެޕާޓީން ކަންކުރާނެ ގޮތެއް ނިންމާނީ ގައުމީ މަޖިލީހުން ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 162 ވަނަ ބައްދަލުވުމުގެ ތެރެއިން

މިފަދަ ނިންމުމެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން ނިންމިއިރު، އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ. އެމަނިކުފާނު މިހާރު ހުންނެވި ޖަލު ޙުކުމެއްގައިކަމުން، އެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު، މި ހާލަތުގައި އެމަނިކުފާނަށް ލިބިއެއް ނުލައްވާނެއެވެ. ކަންމިހެން އޮތް ނަމަވެސް، ސްރީލަންކާގެ ދަ ކެޕިޓަލް މަހާރާޖާ އޯގަނައިޒޭޝަން (ޓީސީއެމްއޯއެލް)ގެ އަހަރީ ޖަލްސާގައި ދެއްވި ތަގުރީރަކަށް ފަހު ރައީސް ނަޝީދު ވަނީ، ފަހު ވަގުތު އެމަނިކުފާނަށް އިތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބު ބާއްވާނެ ކަމާއި، ޖޫން މަހު ކެންޑިޑަސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެކަން އިލެކްޝަން ކޮމިޝަނުން އިޢުލާނު ކޮށްފައިވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ރޫޙު ހުރީ ވެސް ރައީސް ޔާމީން އާއި ދެކޮޅަށް ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށެވެ. ނަމަވެސް އެފަރާތްތަކުން ވަނީ މިހާރު އޮތް އިލެކްޝަންސް ކޮމިޝަނާއި އެކު އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެ ކަމާއިމެދު ސުވާލު އުފައްދާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް