Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑިއޭގޯ ސިމިއޯނީ

ހަތަރު މެޗުގެ ސަސްޕެންޝަނަކާއެކު ސިމިއޯނޭއަށް ފައިނަލް ގެއްލިއްޖެ

5 މެއި 2018 | ހޮނިހިރު 12:21

ރެފްރީގެ ނިންމުންތަކާއި ހިތްހަމަނުޖެހުމުގެ ސަބަބުން ޒުވާބުކުރުމާއި ގުޅިގެން ސިމިއޯނޭ ބެންޗުން ވެސް ފޮނުވާލި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 މެއި 2018 | ހޮނިހިރު 12:21
ޑިއޭގޯ ސިމިއޯނޭ

ޑިއޭގޯ ސިމިއޯނޭ

ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލް ހިމެނޭގޮތަށް ހަތަރު މެޗަށް އެޓްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ސަސްޕެންޑްކޮށްފިއެވެ.

ސިމިއޯނާއާ ދެކޮޅަށް ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ޔުއެފާއިން ފިޔަވަޅު އަޅާފައިވަނީ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އާސެނަލްއާ ދެކޮޅަށް އެޓްލެޓިކޯ ކުޅުނު މެޗުގައި އޭނާގެ އަމަލުތައް ހުރި ގޮތާއި ގުޅިގެންނެވެ. މި މެޗުގެ 13 ވަނަ މިނެޓުގައި ރެފްރީގެ ނިންމުންތަކާއި ހިތްހަމަނުޖެހުމުގެ ސަބަބުން ޒުވާބުކުރުމާއި ގުޅިގެން ސިމިއޯނޭ ވަނީ ބެންޗުން ވެސް ފޮނުވާލިއިރު އޭނާ ރެފްރީއާ ޒުވާބުކުރީ އެ ޓީމުގެ ޑިފެންޑަރު ސިމޭ ވިރްލާސްކޯއަށް ދެއްކި ރަތް ކާޑާއި ގުޅިގެންނެވެ.

ޔުއެފާއިން ވަނީ މެޗުގެ އޮފިޝަލަކާއި ދެކޮޅަށް ސިމިއޯނޭ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި ކަމަށް ބުނެފައެވެ. ހަމައެހެންމެ އޭނާގެ ފަރާތުން ފެނިފައިވަނީ ކޯޗެއްގެ ފަރާތުން ފެންނަން ނުޖެހޭ އަމަލެއް ކަމަށާއި އަދި އޭނާ ވަނީ ދަނޑު މައްޗަށް އެއްޗެހި ވެސް އުކާފައި ކަމަށް ޔުއެފާއިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ޔުއެފާއިން ވަނީ އޭނާ ހަތަރު މެޗަށް ސަސްޕެންޑްކޮށް 10000 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ. އާސެނަލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އޭނާ ސަސްޕެންޝަނުގެ ފުރަތަމަ މެޗު ފުރިހަމަކޮށްފައިވާއިރު މި މަހުގެ 16 ވަނަ ދުވަހު މާސޭއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗުގައި ވެސް ކުޅުންތެރިންނަށް އިރުޝާދު ދިނުމަށް ސިމިއޯނޭއަށް ބެންޗުގައި ނުހުރެވޭނެއެވެ.

އާސެނަލްގެ ދަނޑަށް އެއްޗެހި އުކުމާއި ގުޅިގެން ޔުއެފާއިން ވަނީ އެޓްލެޓިކޯ ވެސް 10000 ޔޫރޯއިން ޖޫރިމަނާ ކޮށްފައެވެ. މިއީ ސިމިއޯނޭއާ ދެކޮޅަށް ޔުއެފާއިން ފިޔަވަޅު އެޅި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ.

އެޓްލެޓިކޯ އަދި އެ ޓީމުގެ ކޯޗާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާއިރު އެ ޓީމުން ވަނީ ފައިނަލްގެ ޖާގައެއް ހޯދާފައެވެ. އެޓްލެޓިކޯ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން އާސެނަލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެ ޓީމު އާސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 އިން އެއްވަރުވިއިރު އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު އެޓްލެޓިކޯއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ފައިނަލްގައި އެ ޓީމު ނުކުންނާނީ ފްރާންސްގެ މާސޭއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

01 މާރިޗު 2017

ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން

01 މާރިޗު 2017
ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން
26 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް

26 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް